އެއް ޖިންސުން ގުޅުން ހިންގަން ތާއިދު ކުރާ މީހުންނާއި ހަނގުރާމަ ކުރަން ޖެހޭނެކަމަށް ގައުމީ ފަތުވާ ބެހޭ ކޮމެޓީން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އީޔޫގެ ޕާލިމެންޓުން ފާސްކުރި ގަރާރާ ގުޅޭގޮތުން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

މުހައްްމަދު ރަޝީދު ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގައިގެން ނެތި ފަނާވެ ދިޔަ ރަށެއްގެ ވާހަކަ ގުރުއާނުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ ސަދޫމްގެ ވާހަކައެވެ. މިހާރު ނަމަ އެއީ ޖޯޑަން އާއި އިސްރާއީލާއި ދެމެދު ޑެޑް ސީއެވެ.

"އަންހެނުން އަންހެނުންނާ ގުޅުން ހިންގީ. ފިރިހެނުން ފިރިހެނުންނާ ގުޅުން ހިންގީ. ލޫތުގެފާނު އެތައް ފަހަރަކު އެމީހުންނަށް ނަސޭހަތްތެރިވެ އެކަން ގަބޫލު ނުކުރުމުން އެ ގައުމުގެ މައްޗަށް ކޯފާ ފޮނުއްވީ. އުޑުން އަލިފާނުގެ ހިލައިގެ ވާރޭ ވެއްސެވީ. ދެން ޖިބްރީލުގެފާނު ފޮނުއްވާ އެކަލޭނގެފާނުގެ ފިޔަފުޅުން ޖައްސަވައި ސަދޫމް ކިޔާ ރަށް ބަންޑުން ޖެއްސެވީ. ދެން އެ ތަނުގައި އުފެދުނީ ލޭގެ ކަނޑެއް. އެއީ މިހާރުގެ ޑެޑްސީ،" ޝެއިހް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޝެއިހް މުހައްމަދު ރަޝީދު ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގުމަށް ތާއިދު ކުރާ މީހުން އެކަމުގެ މިނިވަންކަމަށް ގޮވާލާ ރައްޖޭގައި ބޭރުގައި ތިބެގެން ވާހަކަދައްކާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ބޭރު ތަންތަނަށް ގޮސް އެކަންތައްކަން މިނިވަންކަން ހޯދާށޭ މިކިޔަނީ. ސުބްހާނަﷲ މިއީ ކޮންފަދަ ބޮޑު ފާފައެއްތޯ. އަޅުގަނޑުމެން ޖެހޭނެ މިކަމާއި ހަނގުރާމަ ކުރަން. އެއްވެސް ހާލެއްގައި މަޑުން ތިބެގެން ނުވާނެ ދިވެހި ރައްޔިތުންގެ ތެރޭގައި މިކަހަލަ ކަމެއް ފަތުރަން އުޅޭކަމުގައި ވާނަމަ". ޝެއިހް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޝެއިހް މުހައްމަދު ރަޝީދު ވަނީ މިފަދަ މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢައިސާ

    ދެން އީޔޫ އާ ހަނގުރާމަ ކުރަންވީ

  2. ވގ

    ތިފަތުވާމަޖިލިސްމީހުނައްވިސް އިވުނީ ނަމާދުޙަރާމޭބުނިއަޑުއެކަނިތޯ އެއީކޮންބަޔަކައްކަމެއްނޭގެ އުތަ

  3. ޢަދުރޭ

    ޠޔާމީން އަައި ދިމާލަށް ދޯ

  4. މިސްރު

    ތިފަތުވާކޮމެޓީއަށް ލައްކަ ތަންތަން ނުފެނޭ ލައްކަ އެއްޗެހި އަޑްނިއިވޭ އެހެންވީމާ މިޤައުމުގެ ހިގާ ޖަރީމާތައް އަޑްނިއިވި ނުފެންނަނީ.

  5. އާ

    އިސްލާމީ ޝަރީއަތް ތަންފީޛް ނުވާ ތަނެއްގަ ހުރިހާ ނުބައިމަމެް އާންމުވާނެ.