އދ. މާމިގިލީ އެއާޕޯޓްގެ ފަޔަރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 4:20 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހަތަރު ދިވެހިންނަށް ކަަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ އެ އެއާޕޯޓްގައި މަސައްކަތުން ކުރަމުންދާ ހަތަރު މުވައްޒަފަކަށެވެެ. މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ

މައުލޫމާތު ލިބޭގޮތުގައި، މި ހާދިސާ ހިންގާފައިވަނީ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭނުންކުރާ އަލިފާން ނިއްވާ ލޮރީ ކޮންޓްރޯލް ނުވެގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ބޯފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބޭއިރު، އަނިޔާވި ދެން ތިބި ތިން މީހުންގެ ފައި ބިންދައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަން އަދި އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރުކޮށް ނުދެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުން މާލެ ފޮނުވާލުމުގެ މަސައްކަތްތައް ކުރަަމުން އަންނަކަމަށް އެރަށު ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ހިސާބައް ވުރެ ބާރަށް ދުއްވައްޏާ ވާނީ ތިހެން. ފަޔަރުގެ ޕިކަޕަކާ ސައިކަލެއް ޖެހި.