ޑްރަގު ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ސުލޫކީ މައްސަލަ އަލުން ރިވިއު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ގާޒީ މަހާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ކަނޑައެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނިކޮށް ޖިނާއީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަހާޒު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވި ލިޔުމަކާ ގުޅިގެން 2015 ވަނަ އަހަރުއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި މަހާޒްގެ މައްސަލަ އަލުން ރިވިއު ކުރަން ނިންމާފައިވަނީ ގާޒީ މަހާޒުގެ ފަރާތުން އެކަމަށް އެދުމުންނެވެ.

އެ މައްސަލަ އަލުން ރިވިއު ކުރުމަށް ކޮމިޓީ އެއް ވަނީ އެކުލަވާލާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ރައީސް މުހައްމަދު ނަޝީދާއި، ހިސާން ހުސެއިން އާއި ޑރ.އަލީ ޝަމީމްގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާއިޒު

    ތިއީ އެމް ޑީ ޕީ ސަޕޯޓަރެެއް. ތިމައްސލަ ރިވިއުކޮށް އޭނާގެ ސަސްޕެންޝަން އުވާލަން ޖެހޭނެ.

    1
    4
  2. Juhaa

    ތަނެއްދޮރެއް ނުދަންނަ ބުރާންޗެއްވެސް އެ ކޮމިޓީއަށް ލާފައި އެބައިން.