ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު މަގާމުން ދުރުކުރި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން އަރީފަށް ވެސް މިހާރު އަންގާފައިވާ ކަމަށް ވެއެވެ.

އަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެއްވައެވެ.

އަރީފް ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަގާމުން ދުރުކުރީ ކުށްވެރިންތަކެއް ދޫކޮށްލަން ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުން އޭނާ އާއި ގުޅަން ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ނުވުމުން ކަމަށް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މީނަގެ ބަރުތައް ނަގާފިޔޭކިޔައިގެން ދުރާލާ ރ ޓީވީން ކިޔަންފެށީ މީނަލައްވާ ފަކަޗަ ހައްދައިގެންކަން އޭރުވެސް އަހުރެމެނަށް ޝައްކުވިއެވެ. އެއިރު އަދި ސަރުކާރަށް ވާނުވާ ނޭގެއެވެ. މީނައަށްހުރީ ސަރުކާރުން އޭރުވެސް ޢިތުބާރުކޮށްފައެވެ. ނަމަވެސް ސްޕްރީމްކޯޓުން ގޯސްހެދިހިސާބުން ރ ޓީވީ ކުރިން ކީއެއްޗެއް ދިމާވަންފެށިއެވެ. މީނަހުރީ ގުއިއުޅީގަ ޖެހިފަކަން ކަށަވަރުވިއެވެ. ފުލުހުންގެވެރިޔާއަށް ޖަވާބުދަރީނުވެ ހީކރީ މީނަ ބާރާއެކު ހުންނާނޭކަމުގައެވެ. އަޅުތަކުންގެ ތަދުބީރަށްވުރެ ﷲގެ ތަޤުދީރު ގަދަފަދަވާނޭކަން މީނައަށް ނޭގުނެވެ.

  2. ާނ

    ޖުޑީޝަލް ބަގާވާތް ރަނގަޅަށް ތަހުގީގުކޮށް ނިމޭއިރު މިކަލޭގެ ކަޓަާފާނެ ކަމާމެދު ޝައްކު. އަދީބުވެސް ބުނީ ލޯންޗް ގޮއްވާލިދުވަހު ތިމަންނަ އޮތީ ރޯގާޖެހިފަޔޯ. އެކަމް އޭނާ އޮތީ ބޮންގޮއްވައިގެން ރައީސް މަރުވާތަން ބަލަން މީހަކާ އިންނަވަރު ބޮޑު ޓީވީއެއް ކުރިމަތީ މޭޒުމައްޗަށް ދެފައި ކޮޅަށް ނަގައިގެން ތަޅުވާލަ ތަޅުވާލަ. މީނާ ވެސް މިހެދީ ހަމައެހެން. ރައީސް އެތައްފަހަރަކު ގުޅީމަވެސް ފޯނަށްބަލަން ހުރެ އެއަށް ޖަވާބު ނުދީ މިއޮތީ ކޮޓަރީގައި ހަމަ އެވަރު ޓީވީއަށް ބަލަން ވެރިކަން ވެއްޓޭ މަންޒަރު ބަލަން. އެކަމަކު މީނާ އަކީ އިސްވެ އެކަހަލަ ގައުމުގެ މަސްލަހަތާ ގުޅުން ހުންނަ ކަންކަމުގައި ރައީސްއަށް ގުޅަން ޖެހޭމީހާ. ދެން އިމަޖެންސީ ގައި މީހުން އުފުރަން ފެށީމާ ނިކުމެ މިބުނަނީ ނިދިފަޔޯ. ކަލޭ ލަދުކޮބާ މުޅި ޕޮލިހަށްވެސް ހުތުރުކޮށްފި. މަބުނާނީ ފަންގި ނަގާ ވަރަކުން ކެޔޮ ކައިފަ ހުރިވަރު އެނގޭނެއޭ.