ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގެ ބައެއް މުވައްޒަފުންނަށް ޗުއްޓީ ދީފިއެވެ.

އެޑިއުކޭޝަނުން މިއަދު ސްކޫލްތަކުގެ ޕްރިސިޕަލުންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ ގޭގައި ތިބެގެން ސްކޫލްތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި މަސައްކަތްތައް ބެލެހެއްޓުމުގެ ކަންކަން އިންތިޒާމު ކުރުމަށް އެދޭ ކަމަށެވެ.

މިގޮތަށް ޗުއްޓީ ލިބޭނެ ގޮތަށް ހަމަޖައްސާފައިވަނީ 55 އަހަރުން މަތީގެ މުވައްޒަފުންނާއި ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ މުވައްޒަފުންނާއި ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މުވައްޒަފުންގެ އިތުރުން މާބަނޑު މުވައްޒަފުންނެވެ. އެހެން ކަމުން މި ހާލަތްތައް މެދުވެރިވެގެން ޗުއްޓިއަށް އެދޭ މުވައްޒަފުންނަށް ޗުއްޓީ ލިބިގެން ދާނެއެވެ.

މި ދެންނެވި ހާލަތްތައް ދިމާވެފައިވާ މުވައްޒަފުންނަށް މާދަމާއިން ފެށިގެން ޗުއްޓީ ލިބޭނެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ މުވަައްޒަފުންނަށް ޗުއްޓީ ދިނުމަށް ނިންމާފައިވަނީ ހަލުވި ކަމާއި އެކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެންނެވެ.

ސްކޫލްތައް މިހާރު ބަންދު ކޮށްފައިވުމާއި އެކި ސްކޫލްތައް ދެން ހުޅުވުމާއި ހަމައަށް މި މުވައްޒަފުންނަށް ޗުއްޓީ ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި ވަޒީފާއަށް ނުނިކުށް ކަމުގައި ވިއަސް އެދުވަސްތަކަކީ ވަޒީފާގައި އުޅުނު ދުވަސްތައް ކަމަށް ބެލެވޭނެ ކަމަށް އެޑިއެކޭޝަނުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ޅަދަރި މައިންނަކަށް ނޯވޭތަ ތި ލުޔެއް. އަހަރު ނުވާ ޅަ ދަަރިންނަށް ހަމަ މައިމީހާއަށް ޖެހޭ ކޮންމެ ކަމެއް ޖެހޭނެ ދޯ

  2. އަނދުން

    ސްކޫލުތަކުގަ ތިބި އުޑެއްބުޑެއް ނުދަންނަ އެލް.ޓީން ތައް ތީޗަރުން އެބަ ހިފަހައްޓާ.ގަޑިހަމަކުރަން ރުއްސަވާ އެހެން ޓީޗަރެއްގެ ދަށުވެގެން އުޅެން ޖެހިފަ ވަނީ. ނާގާބިލް މީހުން ވަކިކުރަންވީނު. ރެހެންދި އެބު އުޅޭ މީގެ މީހަކު.

  3. ނުހާ

    ކުދިން ގޮވައިގެން ސްކޫލުގަ ކިޔަވައި ދިނުމަށްވުރެ މާ ނުބައި މިހާރު 6 ގަޑި އިރު ހުސްވަގުތު ކޮޅެއްވެސް ނުދީ މަސައްކަތް ކުރުވަނި

  4. ރައީސުގެ މީހާ

    އަސްލު މަސަތްކަތެއް ޖެހުނީމަ އަންނި ފިލައިފި... މިހާރު ސޯލިހު އެކަނި..

    އެކަމަކު ކެންޕެއިންތަކާއި، ޖަލްސާތަކަށް ވަރަށް ފޯރި ދައްކާފަ އަންނި އަރާނެ..

    ރައީސް ދައްކަން ޖެހޭ ވާހަކަ ވެސް އޭނާއަށް ފުރުސަތުނުދީ ދައްކާނެ.

    އަސްލު ރައިޔަތުންނާއި ގުޅުން ހުރި މަސަތްކަތެއްޖެހުނީމަ ފިލައިފި. މީ އަސްމީނާގެ ގޮތަކީ.

    އެހެންމީހުން މަސަތްކަތް ކޮށް ކަމެއް ހާސިލުވާން ކާރިވާއިރަށް ޕޯޑިއަމްތަކާއި ޖަލްސާތަކަށް ގޮސް ތިމާކުރި ކަމެއްކަމަށް ހަދައި އޭގެ ކްރެޑިޓް ނެގުން.

    3
    1