އިތުރު ފަސް ރަށަކުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ބައެއް މީހުން ގޭގައި އެކަހެރިކޮށް އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ޅ.ހިންވަރު، ރ.ފައިނު، އއ.އުކުޅަސް، ދ.ކުޑަހުވަދޫން ކޮންމެ ރަށަކުން މީހަކު އަދި މާލެ އިން ދެމީހަކު ވަނީ ގޭގައި އެކަހެރިކޮށްފައި ކަމަށާއި އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދާ ކަމަށެވެ.

މި މީހުންނަކީ އަވައްޓެރި ބައެއް ގައުމުތަކަށް ދަތުރުކޮށްފައި އައިފަހުން ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނިފައިވާ މީހުންނެވެ.

ހިންނަވަރު މީހަކީ ސްރީ ލަންކާ އިން ރާއްޖެ އައި މީހެކެވެ. ކުޑަހުވަދޫ މީހަކީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި މީހެކެވެ. އުކުޅަހު މީހަކު ޓްރިވެންޑްރަމުން ރާއްޖެ އައި މީހެކެވެ. ފައިނު މީހަކީ އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި މީހެކެވެ. އޭގެ އިތުރުން މާލެ އިން އެކަހެރިކޮށްފައި ވަނީ ސްރީ ލަންކާ އިން ރާއްޖެ އައި މީހަކާއި އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި މީހެކެވެ.

މީގެ އިތުރުން އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި ސ. ހިތަދޫގެ ކުޑަކުއްޖަކު ވެސް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަބްރޫކް މިރޭ ވިދާޅުވީ ރާއްޖޭގައި ޓެސްޓް ކުރުމުގައި ގެންގުޅޭ އުސޫލު އިތުރަށް ވަރުގަދަކޮށް ޝައްކުވާ ކަހަލަ އަލާމާތެއް ކިރިޔާ ފެނުނަސް މިހާރު ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކޮވިޑް-19 އަށް ޝައްކުވާ މީހުން ވީހައިވެސް އަވަހަށް ޓެސްޓް ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަންސާރު

    މިއަށް ވުރެން ނާގާބިލް ހަރާންކޯރު ވެރިކަމެއް ފަހުގެ ތާރީހުގަވެސް ނާދޭ

    81
    48
  2. ބަކުރުބެ

    ޔާމީނު ޖަލުން ދޫކޮއްލީމަ ކޮރޯނާ ވައިރަސް ރާއްޖެއިން ފިލާނެ،

    2
    4
  3. ސާމިޔާ

    ކީއްވެތަ އެހެން އާދެވެންވީ.ބޭރުން އެއްވެސް ބަޔަކަށް ނާދެވޭ ގޮތް ހަދާބަލަ.މީ ރާއްޖެއިންބޭރުން މިތަނަށް އަންނަ ވައިރަހެއް.މި ވައިރަސް މިއަންނަނީ ގދ.ތިނަދޫ އަކުންނެއްނުން.ސ.ހިތަދޫ އަކުންނެއްނުން.15 ވަރަކަށް ދުވަހަށް ބޭރުން ބަޔަކު އެތެރެވިޔަނުދި ހިފައްޓާލީމަ އެއޮތީ ކޮންޓްރޯލް ވެފަ.އެއިރުން މިކަމުން އަވަހަށް ސަލާމަތް ވެވޭނީ.

    4
    1
  4. ރާއްޖެތެރޭ މީހާ

    ހަރާންކޯރު ސަރުކާރަކަށްވަނީ އެއްވެސް ދިވެއްސަކު ﷲގެ ހެޔޮރަޙްމަތުން އަދި ޕޮޒިޓިވް ނުވާތީދޯ؟

    1
    4
  5. ޠ

    އިންޑިޔާ އިން މީހުން އައުން އަދިވެސް ނުހުއްޓުވާ...މިއީ އަރަތެއް ... އިޓަލީ އަށް ވީިހެން މިވަނީ

  6. ޙ

    ޢިންޑިޔާއިން މީހުން އައުން ނުހުޓުވަނީ ކީއްވެ.... ޢިޓަލީ އަށް ވީގޮތް ވެދާނެ

  7. ދަންބެރު

    ސަރުކާރު އިނދަޖެހުނަނުދިނުމަށް ގެސްޓުން އެތެތެ ކުރަނީ ސަރުކާރު މިހާރު ވެއްޓެން ވަނީ ކައިރިވެފަ.