މެލޭޝިއާ އަދި ޔޫކޭގައި ތިބި ދިވެހިން މި ވަގުތު ރާއްޖެ އައުމަށްޓަކައި އެއާޕޯޓަށް ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާ، މިވަގުތު އެންމެ ރައްކާތެރި ގޮތަކީ ގޭގައި މަޑުކުރުން ކަމަށް ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެއާޕޯޓަށް ދިއުމަށްޓަކާ އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ ވެސް އެންމެ ރައްކާތެރި ގޮތް ނޫން ކަމަށާއި، މެލޭޝިއާގައި އެކި ހިސާބުތަކުގައި ތިބި މީހުން އެއް ފްލައިޓަކަށް އަރައިގެން ރާއްޖެ އައުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

މި ދަނޑިވަޅަކީ އުނދަނގޫ ވަގުތެއް ކަމާއި، ހާސްކަން އޮތް ވަގުތެއްކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެފަދަ ތަންތަނުގައި ތިބި ފަރާތްތަކުގެ އަމިއްލަ ރައްކާތެރިކަމަށްޓަކާ މިވަގުތު އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ގޭގައި މަޑުކޮށް އެހެން މީހުންނާއި ބައްދަލުނުކޮށް ތިބުންކަމަށެވެ.

"ދަތުރު ކުރުން މަޑުޖައްސާލާ ޤައުމުތަކަކީ ރާއްޖޭގައި އަޅުގަނޑުމެންނާއި އެއްކޮށް މިހާރު މަސައްކަތް ކުރާ މި ފަންނުގެ ތަޖުރިބާކާރުން ދެއްވާ މައުލޫމާތުގެ އަލީގައި އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެންމެ ރިސްކް ބޮޑެތި ޤައުމުތައް ރާއްޖެއަށް. އެނގިވަޑައިގަންނަވާނެ އަމިއްލައަށް މެލޭޝިއާ އެއުޅެނީ ބަންދަކަށް ދާން. އަދި އިނގިރޭސިވިލާތުގައި ވެސް ހާލަތު ގޯސްވަމުން އެބަދޭ. މި ޤައުމުތަކުގައި އެންމެ ނުރައްކާތެރިކަމަކަށް ކުރެވޭނެ ކަމަކީ އެއާޕޯޓަކަށް ދިއުން. ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިވެހި ސަރުކާރުން އަޅާލާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

"އަޅުގަނޑު ޔަޤީންކަން އަރުވަން އެ ތަންތާގައި ތިބޭ އިރު ދިމާވަ ދަތިކަންތަކަށް ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން، ވާން ޖެހޭ އެހީތައް ވަމުންދާނެ." މަބްރޫކް ވިދާޅުވިއެވެ.

މެލޭޝިއާ އިން ރާއްޖެ އަށް މީހުން ނާދެވޭ ގޮތައް ސަރުކާރުން މިއަދު ހަމަޖެއްސުމާއި އެކު މެލޭޝިއާ އިން ރާއްޖެ އަށް ދަތުރު ކުރަން އޮތް ފްލައިޓެއް ވަނީ ކެންސަލް ކޮށްފައެވެ. ފްލައިޓުން ރާއްޖެ އަންނަން 25 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން އެއާޕޯޓަށް ގޮސް ތިއްބެވެ. މިހާރު ސަރުކާރުން ނިންމާފައި ވަނީ މެލޭޝިއާ އިން ރާއްޖެ އަންނަ ދިވެހިން ވެސް 14 ދުވަސް ވަންދެން ކަރަންޓީން ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޣާލް

    ޢަސްލުވެސް، ރިސްކް ބޮޑު ހާއްސަކޮށް ކައިރި ގައުމުތަކުގެ އެއަރޕޯރޓްތައް. ޢެހާ އެވެއަރއެއް ނޫން

  2. ޢާދަނު

    ޜާއްޖެއަށް އިންޑިއާ އިން ކިތަންމެ ވަރަކަށް މީހުން އެތެރެވިޔަސް އެއީ މައްސަލައެއްނޫން ދެއްތޯ..

    13
  3. މީމީ

    ހުރިހާބޭފުޅުންވެސް ބަސްއަހައިގެން ގެޔަށް ދުރުވުން އެންމެރަނގަޅީ. މީ އާދައިގެ ކަމެއްނޫން. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ހުރިހާކަމެއްވެސް. ހިތްބަރު ނުކުރައްވާ. އަދި އާދެވޭނެ ހަމަޔަކަށް އެޅުނީމަ.

  4. ހުސޭނުބޭ

    އެކަމަކު ކަލޭވިއްޔާ އަންނާނެކަން ކަށަވަރު!

  5. ާަަބިސް

    ޙިތާމަ ކުރަން?