ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު އިތުރު ރިސޯޓަކުން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ރިއު ހޮޓެލްސް އެންޑް ރިސޯޓް މޯލްޑިވްސްގައި، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޓެސްޓްގެ ނަތީޖާ ލިބެންދެން އެމީހާ ހޯމް އައިސޮލޭޝަނަށް އަދި އެ ރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެ އިން 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާރު ފަރުކޮޅުގައި އެކަހެރިކޮށްފައި 25 މީހުން އެބަތިއްބެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓެލްގައި 27 މީހުން އެކަހެރި ކޮށްފައި އެބަތިއްބެވެ. ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން މީހުން ދިރިއުޅޭ ބައެއް ރަށްރަށާއި ރިސޯޓްތަކުގައި ވެސް މީހުން އަމިއްލަ ގޭގައި އެކަހެރި ކޮށްފައި ވެއެވެ.

ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް 196000 އަމީހުންނަށް ޖެހިއްޖެއެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 81600 މީހުންނެވެ. މިހާތަނަށް މަރުވި މީހުންގެ ޖުމްލަ 7927 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީސްތަކުން

    މީ ރާއްޖެ ޕީކަށް އަރާނެ ވަގުތު ހެން ހީވަނީ. ﷲ އަޅަމެން ރައްކާތެރި ކުރައްވާނެ. ކެތްތެރި ކަމާއެކު ގޭގަ މަޑުން ތިއްބަވާ. ރަނގަޅު ވާނެ ހާލަތު ލަސްތަކެއްނުވެ.

  2. ކައްބެ

    މި ސަރުކާރު އަދިވެސް ވިސްނާކަށް ނުވޭތަ ހެޔޮނުވާނެ ރައްޔަތުން ސަލާމަތްކޮށްދިނުމަށް ގައުމުގެ މައި ދޮރުއަށި ބަންދުކުރޭ......