އައްޑޫ ސިޓީ މަރަދޫ އިން ދެ މީހަކާއި، ތ. ގުރައިދޫން ކޮވިޑް-19 ގެ އަަލާމާތްތަކެއް ހުރި މީހަކު ފެނިއްޖެއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 އާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ސި. މަރަދޫ ދެ ކޭސްގައި ހިމެނޭ އެކަކީ މެލޭޝިއާއިން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ. އަދި އޭނާ އަކީ މެލޭޝިއާއިން ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމުގެ ކުރިން ރާއްޖެއަށް ދަތުރު ކުރި މީހެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ މީހާގެ ގައިން ބަލީގެ އަލާމްތަކެއް ވަނީ ފެނިގެން ސާމްޕަލްތައް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަރަދޫއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ ވަނަ މީހާއަކީ އިންޑިއާއިން ރާއްޖެ އައި މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ ސާމްޕްލަތައް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ތިން ވަނަ މީހާއަކީ ތ. ގުރައިދޫ މީހެއްކަމަށާއި އެ މީހާއަކީ އިންޑިއާއިން ރާއްޖެ އައި މީހެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ މީހާގެ ގައިން ކޮވިޑް-19ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި ތިބި މީހުންގެ ތަފްސީލް

ހުޅުމާލެ ކަރަންޓިން ފެސިލީޓިގައި 57 ފަރާތެއް

ފަރުކޮޅުފުށި އައިސޮލޭޝަންގައި 22 ފަރާތެއް

ދަރުމަވަންތަ ހޮސްޕިޓަލްގައި 2 ފަރާތެއް

އައިޖީއެމްޗްފައި ދެ 2 ފަރާތެއް

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެފައި ވަނީ 13 ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްޖޫ

    ތ. ގުރާދޫ އެއް ނޫން...ތ.ގުރައިދޫ،،،ދިވެހިބަހަށް ފަރިތަވަމާ ހިނގާ

    12
    1