ކޮވިޑް 19 އާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މީހުންގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ކޮވިޑް 19 އާއި ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މީސް މީޑިއާގައި ސައްހަ ނޫން އެކައުންޓްތައް ހަދައިގެން މީހުންގެ ޒާތީ ސިއްހީ މައުލޫމާތު ހާމަކުރާ ކަމަށާއި އެކަން ކުރާ ފަރާތްތަކުން ކުރަމުން އެގެންދަނީ ގާނޫނީ ކުށެއް ކަމަށެވެ. މަބްރޫކް ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"އެބަ ގުޅާ ހެލްތް ވޯކަރުންނަށް މިއީ ޕޮލިހުންނޭ ކިޔާފައި އާންމު ފަރާތްތަކުން. އެ ހިސާބަށް ކަންތައް ގޮއްސި. ލައިކް ކޮޅެއް ހޯދަން ކުރަން މިއީ ބޮޑު ވަރު އަޅުގަނޑު ހިތުން. ތަނެއްގައި ޕޯސްޓެއް ޖަހާލަ ހިތުން. މި ދައްކަނީ ބޮޑެތި ޤާނޫނީ ކުށްތަކުގެ ވާހަކަ. ތިމަންނަ ގެންގުޅޭ ސޯޝަލް މީޑިއާ އެކައުންޓަކަށް ލައިކްކޮޅެއް ހޯދަން މީހެއްގެ ޕޯސްޓެއް ޖަހާލަން، މީހެއްގެ ޒާތީ މައުލޫމާތެއް ހާމަކުރަން މިއުޅެނީ. އެހެން ކުރެވިގެން ނުވާނެ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދޮގު މައުލޫމާތު ފަރުރާ ފަރާތްތަކުގެ ސަބަބުން ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހުން ދެނެގަންނަން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ބުރޫތަކެއް އަރަމުން އަންނަ ކަމަށެވެ. ދޮގު މައުލޫމާތު ފަތުރާ އެކައުންޓްތައް ފޮލޯކުރުން ހުއްޓާލުމަށާއި އެ ފަދަ ފަރާތްތަކުން ދޭ ދޮގު މައުލޫމާތު ހިއްސާކުރުން ހުއްޓާލަން ޖެހޭ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"ތިބޭފުޅުން ވެރިފައި ކުރަން އަޅުގަނޑަށް ގުޅަން ޖެހޭއިރު ގުޅަން ތިޖެހެނީ ހަމަ މިވެނި މީހަކު މިވެނިހެން އެބަ އޮތޭ ޖަހާފައި ސޯޝަލް މީޑިއާ ކޮންމެވެސް ޕްލެޓް ފޯމެއްގައި. މިކަމާއި ހެދި ވަރަށް ބޮޑަށް ނެވިގޭޓްކުރަން އެބަ އުނދަނގޫވޭ. އަދި އުފެދެން ނުޖެހޭ ބިރުވެރިކަން އެކި ތަންތާގައި އެބަ އުފެދޭ. އަދި އެ ބިރުވެރިކަމެއް އުފެދުމާއި ގުޅިގެން އެ މުޖުތަމައުތެރޭގައި ހަމަޖެހުން ގެއްލޭ ހިސާބަށް އެބަ ކަންތައް ދޭ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެއްވެސް މައުލޫމާތެއް ސިއްރުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށާ، ކޮންމެ މައުލޫމާތެއްވެސް ސާފުވާ މިންވަރަކުން މީޑިއާ އާއި ހިއްސާކުރަމުންދާނެ ކަމަށެވެ. ދޮގު މައުލޫމާތު ފެތުރުމާއި ސިއްހީ ޒާތީ މައުލޫމާތު ލީކްކޮށްލުމުގެ މައްސަލަ ފެންމަތިވަމުން ދާއިރު ރޭ އައްޑޫއިން ކޮވިޑް-19 އަށް ޝައްކުވި ކުއްޖާގެ މައުލޫމާތު ހާމަކޮށްލި މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހޫ

    . #ޒީރޯޓޮލަރެންސްޓުލާދީނީ.

    9
    1
  2. އަދުރޭ_09

    ޗެނަލް 13 މިހާރުން މިހާރަށް ބަންދުކުރުމަށް ގޮވާލަން، ދޮގު މައުލޫމާތު ފެތުރުމުގައި އަރާހުރި ޓީވީ ޗެނަލް އެއް ޗެނަލް 13 އަކީ.....

    3
    18
    • އަބުދުލް ﷲ

      ދޮގު ހަބަރު ފަތުރާ ފިތުނަ އުފެއްދި ކޮންބައެއް ބާ ، ގައިމުވެސް ރައީސް ޔާމިނު އާއި އޭރު ސަރުކާރު ތިބި މީހުގެ ބޮލުގަ ނާޅުވާ އިލްޒާމު ނެއް މީހުންގެ މަރުވެސް

      7
      2
  3. ކުރަނޑި

    ސަ ރުކާ ރުގެ ތަ ރުޖަމާނު ތިކިޔަނީ ކައިގެންނޭ ފު ރާނީ ނުކައެއް ނުފު ރާނަމޭ ތަ ރުޖަމާނު ބުނެދީބަލަ ސަ ރުކާ ރަށް ކޮވިޑު19 އިމްޕޯޓު ކު ރާމައިދޮ ރާށި ބަންދުކޮށްދޭން ޕުލީޒު.

    12
    4
  4. މާޒީ

    އަސްތާ އެހެންތަ! މާޒީގައި މިކަން އެންމެ ބާރަށް ކުރި އެންމެ ބޮޑަށް ފެތުރު މިކަމަށް އެންމެ ހިތްވަރުދިން އަދި މިކަން ކުރެވޭނެ ކަމަށް މިއީ ރައްޔިތު މީހާގެ ހައްގެއްކަމަށް ހަރުއަޑުން ވިދާޅުވި ބޭކަލުންނާއި ބޭކަބަލުންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭކަލަކު މިއަދު ތިޔަ ވިދާޅުވަނީ ކީކޭތޯ؟ އެވެސް ދުވަހެއް މިވެސް ދުވަހެއް. ދައްކަވަން ހުރި ތަނެއް ދައްކަވާނެތާ. މަނިކުފާ ވިދާޅުވި ނަމަވެސް ތެދެއްވާނީ ތެދަކަށް. ރަނގަޅު ވާހަކައެއް ވާނީ ރަނގަޅު ވާހަކައަކަށް. ދޮގުވާހަކަ ފެތުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އެއީ ބޮޑުވެގެންވާ ނުބައިކަމެއް.

    15
    2
  5. އަބުދުލް ﷲ

    ދޮގު ހަބަރު ފަތުރާ ފިތުނަ އުފެއްދި ކޮންބައެއް ބާ ، ގައިމުވެސް ރައީސް ޔާމިނު އާއި އޭރު ސަރުކާރު ތިބި މީހުގެ ބޮލުގަ ނާޅުވާ އިލްޒާމު ނެއް މީހުންގެ މަރުވެސް

    6
    1
  6. ޏަމް

    ސަރު ކާރު ކޮވިޑު 19 ޔާހެދި ފެއިލްވެއްޖެ ދެން އެންމެހާ ރައްޔަތުންގެ ބޮލަށް ދޮގު އިލްޒާމު އަޅުވުމުގެ ބޭނުމެއްނެތް .

  7. ދަރަނި ދަންތުރަ

    ރ ޓީވީ ވަނީ މިކަމުގައި މުޅިދުނިޔެއަށް ނަމޫނާ ދައްކާދީފައި އެމް ޑީ ޕީ އިން ވަނީ ދޮގުހެދުން އެއީ ސޮދަގާތަކަށް ހަދާފައި މަގޭ ރިޕޯޓު މަގޭ ރިޕޯޓު ....

  8. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!