ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުވާން ނުވަތަ އެކަހަރިވާން އަންގާ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ އެޖެންސީން އެ މީހާކު ކަރަންޓުނުވާން ނުވަތަ އެކަހެރިވާން އަންގަނީ، އެ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، އާންމު ޞިއްޙަތު ރައްކައުތެރި ކުރުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަދި އެފަދަ އެންގުމަކާ ޚިލާފުވާ ކޮންމެ ޚިލާފުވުމަކީ އާންމު ޞިއްޙަތަށް ނުރައްކައުވާ ހާލަތަކަށް މުޖުތަމަޢުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމެއް ކަމެއް ކަމަށާއި، އެއިން އެންގުމަކާ ޚިލާފުވާ ކޮންމެ ފަރާތަކާމެދު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އެޗްޕީ އޭ އިން ވިދާޅުވިއެވެ.

އެގޮތުން އެފަދަ އެންގުންތަކާއި ހިލާފުވަފާތްތައް -/5000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއި، ނަން އާންމުކޮށް ހާމަކުރުން ހިމެނއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިހާރުން ފެށިގެން މި އެންގުމުގައިވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދާނެކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް ދިވެއްސެއް ފައްސި (ޕޮޒިޓިވް) ނުވި ނަމަވެސް، ބައެއް ދިވެހިން ވަނީ ކަރަންޓީންކޮށްފައެވެ. އަދި ބައެއް މީހުން މިހާރުވެސް ތިބީ ހޯމް އައިސޮލޭންޝްގައެވެ.

ރޭ ފުލުހުން ވިދާޅުވިގޮތުގައި، ސައުތު ކޮރެއާއިން ރާއްޖެއައި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން އޭނާ ކަރަންޓީނުވުމަށް ފަރުކޮޅުފުއްޓަށް ދާން ބުނުމުން އެކަމަށް އެއްބާރުލުން ނުދިން މައްސަލައެއްގައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜޭއަލި

    ޜަގަޅު އެބަވޭ!

    14
  2. ބަކުރު

    ސަރުކާރަށް ލާރިހޯދަން ސުޓިކާޖެހުން ފިޔަވާ މޮޅޮ އުކުޅެއް.

    9
    1
  3. އެޖެންޑާ 19

    އެހެންވީމާ 5000ރ އޮތް މީހާއަށް ސަރުކާރަށް ނުކިޔަމަންތެރިވުމުގެެ ފުރުސަތު ލިބުނީ...5000ރ ދެންޏާ އެންގުންތަކަށް ބޯނުލެނބިޔަސް އޯކޭ ޔޯ...
    އެހެންމީހުންގެ ހައްގުތަށް ވީނުވީއެއްވެސް ނޭނގޭ...

    9
    2
  4. ބަބުޅާ އައިސަ

    ރައްޔަތު މީހާއަށް މިނުރައްކާ ކުރިމަތި ވަމުންދަނީ ސަރުކާރުގެ ސަބަބުން ސަރުކާރުން ރައްޔަތުމީހާއަށް ޖޫރިމަނާ ފައިސާ 5000 ރުފިޔާ ވަގުތުން ދޭންޖެހޭނެ.

    10
    3
  5. އައިޝް

    ނޭގޭތަ.. ބޯހަރު މީހުން ހަމަ ގަވައިދަކަށް އުޅެން ނުވިސްނައޭ. އެމީހުން އެގޮތަށް އުޅެ ބަލިވީމަ ކަރަންޓީން ކުރަންވެސް ޖެހޭނީ ގަދަ ކަމުން. ބޮޑެއްނުވޭ ވިއްޔާ.. ބޭބީ އެއްހެން ހުރިހާއެންމެންގެ އެޓެންޝަން ގަދަކަމުން ހޯދަނީ.

    3
    2