ރާއްޖެއިންވެސް މިހާރު ކޮވިޑް-19 ފެނިފައިވާއިރު، އެ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ކުރުމަށް ބައެއް ގައުމުތަކުން އަންނަ ދިވެހިން ކަރަންޓީންކޮށް، ބައެއް ގައުމުތަކުން އަންނަ ދިވެހިން 14 ދުވަހަށް ގޭގައި ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއިން) ނިންމައިފިއެވެ.

އެގޮތުން އެމެރިކާ އިން ރާއްޖެ އަންނަ ދިވެހީން، ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް އެޗްޕީއޭ ވަނީ އަންގާފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ނުވަތަ ސަރަޙައްދުތައް ފިޔަވައި އެހެނިހެން ޤައުމުތަކުން އަންނަ ދިވެހީން 14 (ސާދަ) ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރިކުރުން (ހޯމް އައިސޮލޭޝަން) އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މިއަދު ވިދާޅުވީ، މާރިޗް 12 ވަނަ ދުވަހު މުޅި ރާއްޖެއަށް އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، ބައެއް ގައުމުތަކުން އަންނަ ދިވެހިން ކަރަންޓީންކޮށް ބައެއް ގައުމުތަކުން އަންނަ ދިވެހިން އެކަހެރި ކުރުމަށް ނިންމާފައި ވާ ކަމަށެވެ.

އެޗްޕީއޭ އިން މިހާރުވެސް ގެންދަނީ ރާއްޖޭން ބޭރު ގައުމުތަކުގެ ތެރެއިން ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން ރާއްޖެއަށް އަންނަ ދިވެހިން އެކަހެރި ކުރަމުންނެވެ.

އެޗްޕީއޭއިން ވަނީ މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަޖީ

    ހަމައެކަނި ދިވެހިންތޯ ދެންވަރައް ހެއްވާ ހުރިހާއުދަގުލެ މިޖަސްސަނީ ދިވެހިންނަ ކޮބާތޯ ރިސޯޓުތަކުގަ މަސަކައް ކުރާ ދިވެހިންގެ ހައްގުތަ އަޅެއެމީހުންގެ އަބިދަރިންނެތީތޯ އެމީހުން ހިފަހައްޓާގެން މިއުޅެނީ އެއާޕޯޓުތައް ބަންދުކުރަންވީމާ ދިވެހުން ބަންދުމިކުރަނީ

  2. ސޯލިހް

    މިހާރުވެސް މާލަސްވެއްޖެކަމެއްތީ.ފުރަތަމަދުވަހުއްސުރެވެސް ތިކަން ކުރަންވީ.ވާގޮތަކީ އެހެން ދޫކޮށްލީމަ އުޅޭނެގޮތަކަށްއުޅެނީ ސަރުކާރުގެ އެނެގުންތަކަކަށް ބޯ ނުލަބާ.ކައުންސިލް ތަކުން އަންގާ އެންގުންތަކަށް ބޯނުލަބާ.މިހާރު ރަނގަޅު .އެންގުންތަކާ ޚިލާފުވާމީހުން ޖޫރިމައިނާވެސް ކުރަންވީ.މިކަމަކީ ދޫކޮށްލައިގެން ތިބެންވީ ވަރުގެ ކަމެއްނުން.އެންމެންގެ ރައްކާތެރިކަމަށް ފިޔަވަޅުއަޅަންވީ.

  3. ޢިބާދާތުއަލީ

    ދިވެހިން އެމީހުންގެ ގޭގައި ހޯމްއައިސޮލޭޝަންއަށް ލުމަކީ ފޫނެތްފަޔަން ފެންފުރުންފަދަކަމެއް. ޙަތްހުވާ މުޖައްރިބު ގޭގައި ތިބޭއެންމެންނާއެކުވެ މަސްހުނިކޮށްކަން އުޅޭނީ. މިހާ ސީރިއަސްކަމެއްގައި ކަމާބެހޭފަރާތުން ތިހާ ދޯދިޔާކޮށް ވަނދުކޮށްތިކަންކުރުމުން، މުޅިގޭތެރެއާށް ބަލިފެތުރި އެމީހުނގެފުށުން އެތަށްބަޔަކަށްވެސް ބަލިފެތުރުމުގެ ރިސްކްވަރަށްބޮޑުނޫންތޯ؟ ހޯމްއައިސޮލޭޓުކުރަންޏާ އިފެކްޓިވްވާނީ އެގެއަކުން އެހެންއެންމެން ނުކުމެ ހަމައެކަނި އައިސޮލޭޓުކުރެވޭފަރާތް އެކަނިބެހެއްޓުން. ނޫންނަމަ ނަތީޖާ ވަރަށް ގޯސްވެސްވެދާނެ މީ ދިވެހިން.

  4. ފަރުދީ ޒިންމާ

    މެލޭޝިއާ އިން ލޮކްޑައުން އިއުލާން ކުރުމުން 16 އަދި 17 ވަނަ ދުވަހު ރާއްޖެ އައި ހުރިހާ ދިވެހިން ކަރަންޓީން ނުވަތަ ހޯމް އައިސޮލޭޓް ނުކުރެވެންވީ ކީއްވެގެންބާ. ހޮސްޕިޓަލްތަކުގަ ކޮންމެ ދުވަހަކު އުޅެފަ އައި ބޭފުޅުންވެސް އެބަތިއްބެވި. އަނެއްކާ ދިވެހިން ގިނައިން އުޅޭ ހިސާބަކީ ބަލި އެންމެ ގިނައިން ފެތުރެމުން އަންނަ ތަން. މިނޫނަސް އެއާޕޯޓުންނާ އެއާޕޯޓަށް ދިޔަ މަގުމަތީ ނޭންގި ނަމަވެސް ބަލި ހުރި މީހަކާ ކޮންޓެކްޓް ވެފަ ހުރެދާނެ ނޫންތޯ. ބަލީގެ އަލާމާތްތައް ފެންނަން 14 ދުވަހުގެ މުއްދަތެއް ނަގާއިރު ބޭރުތަންތަނަށް ގޮސްއުޅޭއިރު ކިތައް މީހުންނާ ކޮންޓެކްޓް ވާނެތޯ. މެލޭޝިއާ ލޮކްޑައުން ކުރުމަށްފަހު ރާއްޖެއިން އިއުލާން ކުރީ އަންނަ މީހުން ކަރަންޓީން ކުރާނެކަމަށް. މިހާރު ދެން ކޮންބައެއްތޯ އަންނާނީ. މާލެ އައި ގިނަ ބަޔަކު ފެންނަމުންދަނީ ބޭރުގަ ކޮފީތަކުގަ އުޅޭތަން. އާއިލާ އާއި މުޖުތަމައުގެ ރައްކާތެރިކަމަށް ފަރުދީ ޒިންމާ ނަގަމާ ހިނގާށެ. މުއައްސަސާތަކުންވެސް މިކަހަލަ ކަންކަމާމެދު ހަރުކަށި ފިޔަވަޅެއް އަޅަން ގޮވާލަން

  5. ދެބަންދިހާރު

    ގޭގައި 15 ދުވަސްވާއިރު ކާން ބޯން ދެނީ ކާކުތަ؟ ކޮންމެ ކޮންމެ މީހެއްގެ ގެދޮރު ހުރޭތަ؟

  6. ުދެރަ

    ދުނިޔޭގެ ކޮންމެ ބިތަކުން އަންނަ ދިވެއްސަކައްވެސް އެބަ ގެއައް ދެވެ .
    ރިސޯޓް ދިވެހިން ރިސޯޓް ބަންދުގަ .
    ބަލަ އެމީހުންގެވެސް އަނބިދަރިން ތިބެއޭ.

  7. Rahyithumyha

    Mee sarukaaru ehumaalun raajje genai bahyeh raajje ah meehun ethere vaan othy ehme mageh airport in etherevaa ehmen test kn 14 dhuvahah curenteenkurinama mivareh nuvees

  8. ގަފޫރު

    މިމަހު ފަނަރައިގެ ފަހުން ހުރިހާ ގައުމަކުން އައި އެންމެން ކަރަންޓީނު ކުރަންވީ

  9. Anonymous

    ނެކްސްޓް ޖޯކް

  10. Farudhee zimmaa

    Malaysia in lockdown iulaan kurumun 16 adhi 17 vana dhuvahu rajje ai meehun quarantine nuvatha home isolate nukurevidhiyaee Keevve Tho. Dhivehin emme ginain ulhey Selangor akee malaysia ga case emme Gina than. Airport in nuvatha airport ah ai magumathee kithah meehunnaa contact vefa hunnaanetho. Alaamaaiy thah fennan 14 dhuvahaai hama ah muhdhatheh nagaairu Bali hure Ekan neyngi meehunnaa bahdhaluve bali fethurumuge chance ebaothehnoontho. Malaysia adhi America in raajje anna meehun quarantine kuraan nimmee malaysia lockdown kurifahun. Dhen konbaehtho annany quarantine kuran. 16 and adhi 17 vana dhuvahu Rajje ah ai Gina meehun fennanee coffee thakunna magumathin. Amilla aailaa aa mujuthamauge meehunge rahkkaa therikamah farudhee zimmaa nagan vejje noontho. Muassasaathakunves mikamaa medhu visnaa avahah fiuavalhu elhun muhimmu.

  11. Farudhee zimmaa

    Malaysia in lockdown iulaan kurumun 16 adhi 17 vana dhuvahu rajje ai meehun quarantine nuvatha home isolate nukurevidhiyaee Keevve Tho. Dhivehin emme ginain ulhey Selangor akee malaysia ga case emme Gina than. Airport in nuvatha airport ah ai magumathee kithah meehunnaa contact vefa hunnaanetho. Alaamaaiy thah fennan 14 dhuvahaai hama ah muhdhatheh nagaairu Bali hure Ekan neyngi meehunnaa bahdhaluve bali fethurumuge chance ebaothehnoontho.

  12. Farudhee zimmaa

    Malaysia adhi America in raajje anna meehun quarantine kuraan nimmee malaysia lockdown kurifahun. Dhen konbaehtho annany quarantine kuran. 16 and adhi 17 vana dhuvahu Rajje ah ai Gina meehun fennanee coffee thakunna magumathin. Amilla aailaa aa mujuthamauge meehunge rahkkaa therikamah farudhee zimmaa nagan vejje noontho. Muassasaathakunves mikamaa medhu visnaa avahah fiuavalhu elhun muhimmu.

  13. ބްރޯ

    ގޭގަ 15 ދުވަހު މަޑުކުރަނީ ފަޅު ގޭގޭތަ ތޯ؟ އެހެން ބަޔަކު ނޫޅޭ ގެއެއްގަތޯ ؟