ދެކުނު އެފްރިކާ ސަރަހައްދުގައި އޮންނަ ގައުމެއް ކަމުގައިވާ ޒަމްބިއާ އިން ކޮވިޑް-19 ވައިރަސް ފެނިފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީ އިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ޗިތަލޫ ޗިލުފްޔާ ވިދާޅުވެފައި ވަނީ ޒަމްބިއާ އިން މުޅިން އަލަށް 2 މީހަކު ކޮވިޑް-19 ވައިރަސް އަށް ފައްސ ި(ޕޮސިޓިވް) ވެފައިވާ ކަމަށެވެ.

ޗިތަލޫ ވިދާޅުވީ ފައްސިވެފައި ވަނީ ފްރާންސަށް ޗުއްޓީ ހޭދަކުރަން ދިޔަ އާއިލާ އެއްގެ ބައެއް ކަމަށާއި އަދި މިހާރު އެމީހުން އެކަހެރިކޮށްފައިވާ ކަމަށެެވެ.

” ފްރާންސަށް ޗުއްޓީ ހޭދަ ކުރުމަށް އެގައުމަށް ގޮސް އެނބުރި ޒަމްބިއާ އަށް އައި ދެމަފިރިޔަކު ޓެސްޓު ކުރުމުން ވަނީ ވައިރަސް އަށް ޕޮސިޓިވްވެފަ. އެކަމަކު އެމީހުންގެ ދެ ދަރިން ވަނީ ވައިރަސް އަށް ނައްސި (ނެގަޓިވް) ވެފަ. މިހާރު އެ ދެމަފިރިން ވަނީ އެކަހެރިކޮށް ފަރުވަ ދެމުން“ ހެލްތު މިނިސްޓަރު ޗިތަލޫ ވިދާޅުވިއެވެ.

ވައިރަސް ޒަމްބިއާ އިން ފެނިފައިވާކަން މިއަދު އިއުލާން ކުރިއިރު އިއްޔެ އެ ގައުމުގެ ހުރިހާ ސްކޫލަތަކެއް ވަނީ ވަގުތީގޮތުން ބަންދުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު