ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ރ. ފައިނުންނާއި ފުރަވެރި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި މީހުން އެ ބައްޔަށް ނައްސި (ނައްސި) ވެއްޖެއެވެ.

ފައިނުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ހެދި އެކުގައެވެ. ފަރުވެރި އައިލެންޑް ރިސޯޓުން ދެ މީހެއްގެ ޓެސްޓުތައް ހެދިއެވެ. އެ އެންމެންގެވެސް ނަތީޖާ ވަނީ ނައްސި ވެފައެވެ.

މިހާރު އެ ދެ ރަށްވެސް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒް ވަނީ ޅ.ހިންވަރު، ރ.ފައިނު، އއ.އުކުޅަސް، ދ.ކުޑަހުވަދޫން ކޮންމެ ރަށަކުން މީހަކާއި އަދި މާލެ އިން ދެމީހަކު ވަނީ ގޭގައި އެކަހެރިކޮށް ޓެސްޓުތައް ހަދަމުންދާކަމަށް ބުނެފައެވެ.

މި މީހުންނަކީ އަވައްޓެރި ބައެއް ގައުމުތަކަށް ދަތުރުކޮށްފައި އައިފަހުން ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނިފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިނު ފިޔަވާ އެހެން ރަށްތަކުން ޓެސްޓު ކުރި މީހުން ނަތީޖާ އަދި އެނގިފައެއް ނުވެެއެވެ.

ރާއްޖެެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 މީހެކެވެ. އެ އެންމެންވެސް ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

    6
    1
  2. ކަނބުލޮ

    އަލްޙަމްދުލިއްލާހި