އިތުރު ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ.އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ވަރަށް ގިނަ ދިވެހިން ވަނީ ޓެސްޓް ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ދިވެއްސަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެއް ނުވެއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު އެއެންމެންނަކީ ވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫޝިރު

    ރާއްޖެ ފުރަބަދުކުރުންތޯ ރަނގަޅީ ނުވަތަ ގޭބަންދުގައި މަސައްކަތެއް ނުކޮށް ތިބުންތޯ ރަނގަޅީ . މިވަގުތު ކުރަންވީކަމަކީ ގައުމު ހަލާކުވުމުގެ ކުރިން ، މުޅީރާއްޖެ ފުރަބަންދުކޮށް ދަނޑުވެރިކަމާއި ، މަސްވެރިކަމާއި ދެންވެސް އިގްތިސާދީގޮތުން ކުރެވެންހުރިކަމެއް ކޮށް އެތެރޭގެ އިގްތިސާދު ރަނގަޅޫކޮށް މިނިވަންކަމާއި އެކު ހަރަކާތްތެރިވެވޭނެ މާހައުލަކަށް އައުން ، އެއީ އެއްވެސް ބަޔަކަށް ބޭރުން އެތެރެނުވެވޭގޮތް ހެދުން. .. އަފަހަތަށް 50 އަހަރު ޖެހެންބޭނުމެއްނޫން

    33
    2
  2. Anonymous

    މި ވައިރަސް އަކީ ކޮންމެ އެއްޗަކަށް ވިޔަސް ޔޫރަޕްގެ ދޮންކުދިން އިގްތިސާދީ ފައިދާ އެއްގެ ބޭނުމުގައި އުފަން ކުރި އެއްޗަކަށް ވިޔަސް އަދި އިންސާނުންގެ ކުށްފާފަ ތަކުގެ ސަބަބުން އުފަންވި އެއްޗަކަށްވިޔަސް ސަލާމަތް ކުރަށްވާނީ ﷲ އެވެ އެކަލާންގެ އަށް ދަންނަވާށެވެ

    12
  3. މަބުނާ ވާހަކަ

    އަހަރުމެންގެ ފަޅުރައްތައް 99 އަހަރަށް ނަގައިގެން، މުވައްޒަފުންނަށް ކުދިމުސާރަދީގެން ކޮޓަރިތައް ބޮޑުއަގިގައި ވިއްކައިގެން މިހުރިހާ ދުވަހު ހޯދިހާ ފައިސާއެއް ސުވިސް ބެންކުތަކުގައި ރައްކާކޮށްފައި، ކަމެއް ހަމަޖެހޭއިރަށް ރިސޯޓޫތައް ބަންދު. މުވައްޒަފުން ކަނޑާފައި ގެޔަށް. އަދި ނުވެގެން މިބުނަނީ 20މިލިޔަންގެ ލޯނުވެސް ދޭށޯ. މާރަނގަޅެއްނު އެރައްތަކުގައި ކައްޓަލަ ހެއްދިޔަސް!!!!! ކޮބާ އަދިވެސް ހޭއަރާކަށް ނުވޭތަ؟ މަހުޖަނުން ވާނީ ހަމައެމީހުންނަށް

  4. ރިސޯޓް ގަރލް

    ރިސޯޓް ތަކުގެ ނަން ޖަހާއިރު އަތޮޅު ވެސް ޖަހާލާނަމަ ދޯ

  5. މިޔަރު

    ދެން ޢަވަހައް ތި ޙަބަރު މަޑިސީލަ އަށްފޮނުވާ