އިންޑިއާގެ އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިން ބައިވެރިވާ ތަމްރީނުތަކެއް އަރަބި ކަނޑުގެ އިންޑިއާ ސަރަހައްދުގައި ފަށައިފިއެވެ.

އިންޑިއާ ކަނޑުގެ ސިފައިންގެ ހުޅަނގު ކޮމާންޑުން ބާއްވާ މިތަމްރީނުތައް ކުރިއަށް ގެންދަނީ ކަނޑުމަތީގެ 40 މަނަވަރާއި، ސަބްމެރިންތަކާއި މަތިންދާބޯޓްތައް ވެސް ބޭނުން ކޮށްގެންނެވެ.

މިތަމްރީނުތައް އިންޑިއާގެ ހުޅަނގުގެ ސަރަހައްދުގައި ތިބޭ ސިފައިން ފަށާފައި ވާއިރު ދިވެހިރާއްޖެ އަށް އިންޑިއާ ސިފައިން އެރުމަށް ކުރީގެ ރައީސް ނަޝީދާއި އިންޑިއާގެ ސިޔާސީ ބައެއް ބޭފުޅުން ވަނީ ގޮވާލައްވާފައެވެ. އިންޑިއާގެ ހުޅަނގުގެ ސިފައިންގެ ލަޝްކަރީ ރާއްޖެ ހިމެނޭ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާ އިންޑިއާ އިން ހަވާލުކޮށްފައި އޮންނަ ލަޝްކަރެވެ.

ނަމަވެސް މިތަމްރީނުތަކަކީ ކުރިން އިއުލާން ކުރެވިގެން ބާއްވާ ތަމްރީނުތަކެކެވެ. މިތަމްރީނުގެ ފުރަތަމަ ބުރު ބޭއްވީ މިދިޔަ ނޮވެމްބަރ މަހުއެވެ. މިތަމްރީނުތަކަށް ދީފައިވާ ނަމަކީ "ޕަޝިމް ލެހަރް" އެވެ.

ތަމްރީނުތައް ކުރިއަށް ގެންދާ ސިފައިންނަކީ އަންޑަމަން، ނިކޮބާ އައިލެންޑް އަދި ބޭ އޮފް ބެންގޯލްގައި ގާއިމުވެ ތިބޭ ސިފައިންނެވެ. މިތަމްރިނުތައި ސިފައިން ވައި ކުޑައިގައި ފައިބާނެ ގޮތް ފަދަ ތަމްރީނުތައް ފުރިހަމަކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"މިތަމްރީނުގައި ތަފާތު ގިނަ ހަތިޔާރުތައް ބޭނުން ކުރާނެ. އޭގެތެރޭގައި މިސައިލާއި، ތަފާތު ވައްތަރުގެ ބަޑި ހިމެނޭ." އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވެއެވެ.

އިންޑިއާ ސިފައިން ރާއްޖެ އަރަން ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އަށް އިންޑިއާ ސިފައިން ނާރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އަށް އަރައިފިނަމަ އެކަމުގެ ތެރެއަށް ޗައިނާ އިން ވަންނާނެ ކަމުގެ އިންޒާރު ޗައިނާ އިން ވެސް ވަނީ ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދިއެންޑް

    އިންޑިއާ ސިފައިން އެމެން ބާއްވާ ތަމްރީން ތަކެއް ބާއްވަންވީ އިންޑިއާ ސަރަހައްދުގައި. ރާއްޖެ އަށް އިންޑިއާ ސިފައިން އަތުވެއްޖެނަމަ އެމެންގެ މައިން ބަފައިންނަށް އެމެންގެ ފާތިހާ ދުވަސް ވެސް އަންގާނުލާނަން އިންޑިއާ ޖެހޭނީ މަހަށް ދާން ހަމަ. މަހަށް މަހަށް މަހަށް ދޭބަލަ އިންޑިއާ. ތަމެން ހީކުރަނީ ތަމެން ތިހެން ހަދާލާ ފޭކް ތަމްރީން އަކުން ޗައިނާ ސިހިގެން ބިރުން ފަހަތަށް ޖެހޭނެ ކަމަށްތޭ ރަންރީނދޫ ޓްވިޓަރޭ މެން އަތުން އުނގު ގަނެގެން ތިބެ ތިޔާ ގަނޑު ގަތް ކަމުގައި ވީ ނަމަވެސް އިންޑިއާ ސިފައިން ހަދާން ކުރާތި ރާއްޖޭގެ ވައިގެ ސަރަަހައްދަށް ވެސް ކަނޑުގެ ސަރަަހައްދަށް ވެސް ނުވަންނާތި އަޅި އަށް ހަދާލާނަން. ދި އެންޑް.

  2. ދިއެންޑް

    އިންޑިއާ އަކީ މިހާތަނަށް އެމެން ކުރި އެއްވެސް ހަނގުރާމަ އަކުން މޮޅުވި ބަޔެއް ނޫނޭ އިންޑިއާ އާލާތުން ހަނދާން ކުރާތި ތަމެންނަށް އޮޅިގެން ވެސް ރާއްޖެ އާއި ދިމާލަށް ނާންނާތި ކުޅި ދައްކާލާނަން. ވީ ވުޑް ނެވަރ ލޭ އަވަރ އާރމަރ ޑައުން ރަންރީނދޫ ޓްވިޓަރޭ ދައްކަގަ ތަމެން ބޮލުގައި ޖަހާފައިވާ ޓިސް ދަތި އަން އިންޑިއާ ސިފައިންނޭ އައްދޭ ޓިސް ދަތި އިންޑިއާ ސިފައިންނާއި ދިމާލަށް ހޫރާލުމުން ވެސް އިންޑިއާ ސިފައިން އާލާތުން އަލިފާނޯއި އޭ ބަޗާއޯ ބަޗާއޯ އަރެ މެރެ ޔާރޭ ބަޗާއޯ އޭ ކިޔަމުން ގޮސް ތޮށި ގަނޑު މަތިން ފުންމާލައިގެން ރައްކާ ވެއްޖެއޫ ދޯ. މިހިރީ ރަންރީނދޫ ޓްވިޓަރޭ ތަމެން ގެންނަ އަންހެން ދުޅައިގެ އިންޑިއާ އާލާތުންނަށް ވާވަރު ދެން ތަމެން ނަށް ހުންނާނީ މަމެންގެ ވެރިކަން ރަނގަޅަށް ވެއްޓިފައޭ މަހަަށް ދޭބަލަ ދެން މަަހަށް މަހަށް މަހަށް ދޭބަލަ. ދިއެންޑް އިނގޭ.

    • މޮހޮނު

      އިންޑިއާ އށް ސަޕޯޓް ކުރަނީކީ ނޫން..އެމީހުން ކުރިހަޯދި ހަނގުރާމަތަކުގެ ތޭރޭ 1965 ވަނަ ހަރުގެ އިންޑޯ ޕީކޭ ވާރ 1970 ބަންގުލަދޭޝް ލިބަރޭޝަން އަދި 1999 ވަނަ އަހަރު ހިނގި ކާރގިލް ވާރ ހިމެނޭ..1967 ވަނަ އަހަރު ޗައިނާގެ މައްޗަށް ވެސް ކުރި ހޯދި..އެއީ ސީނޯ ހަނގުރާމަ ހިނގި ފަހުން

      • ޖައްލާދު

        އަދިވެސް އެމީހުންނަށް ޕާކިސްތާނުގެ މައްޗައް ކުރި ނުހޯދޭ

      • ހުސޭނުބޭ

        ކިހިނެއް ޗައިނާގެ މައްޗަށް ކުރިހޯދުނުކަމަށް ތި ބުނަނީ. ތި ހަނގުރާމަ ނިންމާލަން ޖެހުނީ ޗައިނާއިން އިންޑިޔާގެ އިތުރު ބިންތަކެއް ހިފާފާނޭތީވެ. މިހާރުވެސް ތި ހަނގުރާމާގައި އަތުލާގަތް ބިން އޮންނަނީ ޗައިނާގެ ބާރުގެދަށުގައި.

    • ާއައިޝޫ

      ކަލޭ ތިހެން ބުނީމަ އިންޑިއާ ސިފައިން ބިރުން ތަމްރީނު ކެންސަލްކޮށްފައި ގެއަށް ހިންގައްޖެ.

  3. Anonymous

    ހެއިލޯ އިންޑިއާ އަންހެން ދުޅައިގެން ސިފައިންނޭ. ކަމޯން ކަމޯން ކަމް އައުޓް ޓު ޕްލޭ ދަ ގޭމް. ތަމެން ގައިގައި ހިތްވަރެއް ހުރި ނަަމަ އަޅެ އަރާލަބަލަ މާލެ އަށް ރަނގަޅަށް ރާކަނި މަސް ކާން ދޭނަމޭ ތިއާލާތުންނަށް އިނގޭތޭ. މަމެން ޕިންކީން މިތިބީ ތައްޔާރަށޭ ކުދިންނޭ އަވަހަށް އެޕާރޗޭ ރޯކުރޭ އިންޑިއާނޭ މެން ބޮލަށް އަސޭ މިރުސް އަޅަން ދާން. އަވަހަށް ނައްޓާލާ އެޕާރޗޭ ކުދިންނޭ ރޮކް ލަވަ އެއް ޖަހާލާ ކުދިންނޭ ބަލާ އެއޮތް ދަނީ އިންޑިއާ އެއްޗެކޭ ޖުމްހޫރީ މައިދާނުން އޯއް އަޅާލާ މިރުސް ބަސްތާ ހުރި ގޮތަށް

  4. Anonymous

    ރާއްޖޭގެ ހާލަތު މިހާ ގޯސް މިކުރަނީ ހަމަ އެކަނި ނަޝީދު ވެރިކަމަށް ގެންނަން. 4 ލައްކަ މީހުން މަރުވެގެންވެސް ލާދީނީ މީހަކު މިގައުމުގެ ވެރިކަމަށް ގެނައުމަށް މިކުރާ މަސައްކަތަކީ ކޮންބައެއްގެ ރޭވުމެއް؟

    • ލަލަލާ

      4ލައްކަ މީހުމް މަރުވެގެންވެސް ޔާމީނު ބާލާނަން

  5. ނެތީމޭ

    އިންޑިއާ ސިފައިން ތެޅި ތެޅި ތިބެން ޖެހޭނީ ތަމެންނަށް މިގައުމަށް ނޭރޭނެއޭ. އަވަހަށް ޑިފެންސް މިނިސްޓްރީން ޗައިނާ ގެ މަދަދު ހޯދައިގެން ޗައިނާގެ 20 މަނަވަރާއި 100 ޖެޓް ފައިޓަރާއި އަދި ނިއުކްލިއަރ ބޮމް ވެސް ގެނެސް ބަހައްޓަންވީއޭ މާލެ ސަރަހައްދުގައި އެއިރުން އިންޑިއާ އެއްޗިއްސަށް ރަނގަޅަށް ރާކަނި މަސް ކާން ދެވޭނެ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ.

  6. އެހެންތޭ

    އިންޑިއާ މިހާތަނަށް ދުނިޔޭގަިއ ކުރި އެއްވެސް ހަނގުރާމަ އަކުން މޮޅުވެފައި އެބައޮތްތޭ. ނޫން ނެތް ދޯ. ދެން އެކޮއި އެހެންވީއިރުން މަމެން ހޭނެތިގެން ވެއްޓެނީއޭ އިނގޭތޭ މަމެން ހޭ އަރުވަން ފެން ތައްޓެއް މޫނަށް ޖަހާބަލަ އަވަހަށް މަމެން ހޭ އަރުވަން.

  7. ލެޓްސް

    ކޯއްޗެއްތޭ ރާއްޖެ ސަރަހައްދަށް ހާއްސަކޮށްފައިވާ އިންޑިއާ ސިފައިންގެ ކުއްލި ތަމްރީނުތަކެއް ފަށައިފިއޭ. އެހެންތޭ. ސޯ ވަޓް. ކޮން ކަމެއްތޭ އެމެން އިންޑިއާނޭ މެންނަށް ކުރެވޭނީ. އެއްކަމެއް ވެސް ނުކުރެވޭނެއޭ މަމެން ޕިންކީން ނާއި އެކު އޭ ޗައިނާ އޮތީ އިންޑިއާނޭ މެން ޖެހޭނީ ހަމަ މަހަށް ދާން ދޯ. އޭއި އިންޑިއާނޭ މެންނޭ މަމެން ޕިންކީން މިއަންނަނީ އޭ ބްލޫސް ކުދިންނޭ އަވަހަށް އެޕާރޗޭ ސްޓާރޓް ކުރޭ ނައްޓާލާ އިންޑިއާނޭ މެން ތަމްރީން ހަދާ ތަން ބަލާލަން. ހިއަރ ވީ ކަމް ހިއަރ ވީ ގޯ ވީ ގޮނާ ރޮކް ޔޫ އިންޑިއާނޭ މިހާރު ފިލަން ބޭނުން ނަަމަ ފިލަންވީއޭ އިނގޭތޭ. ލެޓްސް ގޯ ލެޓްސް ގޯ ވޭ އައުޓް އެން ސްޕޭސް އައުޓް އެން ސްމޭޝް އައުޓް. ހިއަ ވީކަމް ހިއަރ ވީ ގޯ ވީ ގޮނާ ރޮކް ޔޫ. ލެޓްސް ޑޫ އިޓް ލެޓްސް ޑޫ އިޓް ލެޓްސް ޑޫ އިޓް އެން ޑޫ އިޓް އެން ޑޫ އިޓް..

  8. ދަތްދޫނި

    ދިވެހި ރާއްޖެ އިންޑިއަން އޯޝަން ތެރޭގައި އޮތް ހާ ހިނދަކު އެވެރިންގެ ބާރު ފޯރާނެ. އަދި ފޯރުވާނެވެސްމެ. މިހެންކަމުން ބުއްދި ވެރިގޮތަކީ އަހަރުމެން މައިތިރިވެގެންތިބުން. އެވެރިން ކޮންމެ ކަމެއް ކުރިއަސް ބޭރުގެ ދުނިޔެ އޮންނަން ޖެހޭނީ ބަލަން.

    • ބޭބެ

      ދޮންކަލޯ މިހާރު ތިހެނެށް ނުވާނެ ހެހެހެހެ

  9. ހ މ ޒ

    ކެނެރީގޭ ނަޝީދު އަށްވެރިކަމެއްނުލިބޭނެ!