ވަރަށް އަވަހަށް ރައީސް ޔާމީން ގޮނޑިން ސިއްސައިގެންދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ދާދި ދެންމެ އަކު ވީޓީވީ އަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސިއްސައިގެންދިޔަ ގޮތަށް، ރައީސް ޔާމީން ގޮނޑިން ސިއްސައިގެންދާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ރާއްޖޭގެ މައްސަލަ ޓޭބަލްކުރެވިފައިވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ، އެމެރިކާގެ ރައީސާއި އިންޑިއާގެ ބޮޑުވަޒީރާއި އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރާއި އދ.ގެ ސެކްރެޓަރީ ޖެނެރަލާ ހިސާބުން ރާއްޖެއާ ދޭތެރޭ ދެން އަމަލުކުރާނެ ގޮތަކާމެދު ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

"ދުނިޔެއިން އަޅާނެ ފިޔަވަޅެއް ނިންމުމުގައި ވަގުތުކޮޅެއް ނެގި ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެއިން ނިންމާނީ ހުރިހާ ފަރާތަކުން ގުޅިގެން ނިންމާ ނިންމުމެއް" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ސައުދީ އަރަބިއްޔާއާއި ޗައިނާ ފަދަ ގައުމުތައް ދިވެހި ސަރުކާރާއެކު އޮންނާނެ ކަމަށް ބުނި ނަމަވެސް އެދެގައުމުގެ ސަރުކާރުން ވެސް އޮންނާނީ ދިވެހި ރައްޔިތުންނާއެކު ކަމަށެވެ.

"އިދިކޮޅު މެމްބަރުންނަށް އަޣުލަބިއްޔަތު ލިބުމުން ރައްޔިތުންގެ މަޖިލީސް ސަސްޕެންޑްކޮށް، ފަނޑިޔާރުގޭގައި ތަޅުއަޅުވައި ފަނޑިޔާރުން ހުރަގެއަށް މިކަންކަން ހިނގަނީ ދުނިޔޭގެ ލޯމަތީގައި މިގޮތަށް ދައުލަތް ނުހިފެހެއްޓޭނެ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ދިވެހި ތާރީޚުގައި ވެސް ދިވެހި ދައުލަތް ލަދުވެތިނުވާ މިންވަރަށް މިއަދު ބޭރުދުނިޔޭގެ ކުރިމަތީގައި ލަދުވެތިވެފައިވާ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިމަސައްކަތް ކާމިޔާބުވާނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ނުވާނެއޭ

    ވަރަށް އަވަހަށް ރައީސް ޔާމީން ގޮނޑިން ސިއްސައިގެންދާނެ ކަމަށް ކޮރަޕްޓް މަސްބޮޑޭ ބުނާނަމަ ވަރަށް އަވަހަށް އެމެން އުފުރާލައިގެން ގެނެވޭނެ މާފުށި ޖަލަށް އެމެން ގައުމަށް ގައްދާރުވެފައިވާތީއޭ މަމެން ބުނަން ނެތީމު ދޯ. މި ބަތާހަރާމީ ނޫންތޭ ޑީއާރުޕީގެ ނަމުގައި އެމްޕީގެ މަގާމަށް އައިސް ޑީއާރުފީ އަށް ހަރާމްކޯރު ވެފައި މާލޭން ބިމަކާއި ހުޅުމާލޭން ދެ ގޯތި ގަންނަން ވެގެން އިންޑިއާގެ ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލުމުގައި ގަންޖާބޯ އަށް އެހީތެރި ވީ އެކަމުގައި އެވައްކަން ކޮށްދޭން. ދެން މިޒާތުގެ ވަގުން މިގައުމަށް ބޭނުމެއް ނޫނެވެ.

  2. ކޮޔާ

    ކަލޭއެދޭގޮތްތީ

  3. ކަރާ

    ގޮނޑިން ސިއްސައިގެން ދަނީއޭ؟ "ގޮނޑިން ސިއްސައިގެން ދިޔުން" ހަމަޖައްސާނެ ގޮތެއް ދިވެހިބަހުގައި އޮންނާނެބާ؟

  4. ހަރުމުދާ

    އިދިކޮޅު މެމްބަރުންނަށް އަޣުލަބިއްޔަތު ލިބުމުން ރައްޔިތުންގެ މަޖިލީސް ސަސްޕެންޑްކޮށް، ފަނޑިޔާރުގޭގައި ތަޅުއަޅުވައި ފަނޑިޔާރުން ހުރަގެއަށް މިކަންކަން ހިނގަނީ ދުނިޔޭގެ ލޯމަތީގައި މިގޮތަށް ދައުލަތް ނުހިފެހެއްޓޭނެ" އަލީ ވަހީދު ވިދާޅުވިއެވެ. މިއީ ކަލޯމެން ވެރިކަމުގަ ކަންކުރިގޮތް ދޯ. އަމިއްލައަށް ތިޔަ އޮރިޔާންވީ....

  5. ޢަލީ

    މިގޮލާ މިހާރުވެސް މިހިރީ ސިއްސައިގެންގޮސް.
    ރައީސް ޔާމީން ހުންނަވާނެ ސށބިތުކަމާއެކު

  6. ފާއިޒް

    ކަލޯ މޮޅު ވާހަކަ އެއް ބުނީ ދޯ.. ކޮބާތަ އަމާ ކިއްލި ވިއްކައިގެން ގަތް ގެ... އެއީ އަމާ ކަނޑިކި ވިއްކައިގެން ގެނެދިން ގެއެއް ދޯ.

  7. ކޭކު ސުނީ

    ކަލޭ އަމާ ކިއްލި ވިއްކާގެން ވައްޓާލި ގައުމެއްދޯ މީ....

  8. ާާަަައަލިތަކުރު

    ކަރަޔޭ ކިޔާބަލަ!!!! ދެން ލަލަލަލަލަލާ!!!

  9. ޕޮގުބާ

    ތޮއްޑޫ ކަރާދަނޑް ވަރަށް އަވަހަށް ނެތިގެންދާނެ

  10. ކޮސް

    ހުސް ކޮސް.... ބަލަ އަލީ ތިމީހަ ހަމަޖެހެގަ.. ތެޅުން ތެޅުންހެން ހުޅުނބު ދާނީ.... ނުވާނެ އެއްކަމެއްވެސް.....

  11. ކަރާލޭ

    މިގައުމަށް އިންޑިޔާ ސިފައިން އަރާ ހިސާބުން. ޢަހަރެމެން އެމްޑީޕީ ދޫކޮއްލާނަން. ވ.ސާފުކޮއްމިބުނީ...
    ޔާމިނު ބާލަން ޖަހޭ. ޢެކަމަކު ކުލީ ސިފައިން މިތަނަށް ގެނެސް ގެނެއްނުން...

    • މަރިއްތަ

      2018 ގެ ވޯޓުން ވެރިއަކު ހޮވަންޖެހޭނީ. ގައުމު ހަލާކުކޮށް ގައުމުގެ އިގްތިސާދު ފުނޑާލައިގެން ވެރިކަން ވައްޓާލައިގެން ނުވާނެ.

  12. ތުއްތަފާ

    ކިއްލި ވިއްކައިގެން މުއްސަނދިވިޔަސް އަދި ޓެޕްކޮން އިން ރިސްވަތު ނެގިޔަސް ކަލޭ ހީނުކުރާތި ކުލީ ސިފައިން އަރުވައިގެން ރާއްޖޭގެ ދާޚިލީކަންކަމަށް ވެއްދުމަކީ ހުރިހާ ރައްޔިތުން ބޭނުންވާ ގޮތޭ. ތިޔަ ބަޔަކު މިތަނަށް އަރައިފިއްޔާ ލޭ އޮހޮރުވުން ނުހިނގާނެ އެއީ ނެތް ގޮތެއް. ލާހިކެއްނޫން މަގޭ ފަސްގަނޑަށް އަރައި ހަމަޖެހިގެން ތިބޭކާށް. އެރުވި ބައެެއްގެ އާއިލާވެސް ފޮހެލަން ފަސްނުޖެހޭނަން.

  13. އަފީފާ

    އެއީ ގައުމައްގައްދާރުވިއައްނިއެއްނޫނޭ
    މުނޑުވައްޓާލާފަ ފިލާނެމީހެއްނޫ؟
    އެއީވަފާތެރިއެއް ރައްޔެތުންދެކެލޯބިވާވެރިއެއް
    ތިކަހަލަގައްދާރުންނެއްބޭނުމެއްނޫން

  14. ޢަޒާ

    ޢަޅޭ ޕާޓީ ކުދިން ގުނބޯ ހެއްދުންނޫން ކަމެއް ހަމަ ނެތްދޯ..؟ މިއަދުމީ ވެރިކަން ވަޓާލަންބުނި ބޮޑުދުވަސް، އެކަމުވެސް ދިތައީ ޗޮކުން،

  15. ތޮއްޑުއިން

    ބަލަ ލަދުވެތި ކުރީ އަލީ ވަހީދާއި ޖަމީލާިއި މިފަދަ އަގުނެތް މީހުންނެވެ. އަދި ކެނެރީގެ ނަޝީދު އެވެ. މިޤައުމާށް ޤައްދާރުވެފަ ފިލާ ތިތިބެނީ އިންޑިޔަާ ސިފައިން މިޤއުމަށްވއަރަން ގޮވާލަ ގޮވާލަ ލަދު ކޮބާތާ މިމިޙުންގެ

  16. ޢަ

    އެއްކަލަ އަފްލާތޫން ދޯމިއީ، މިދަނޑިވަޅުގައި މާރަނަގަޅުވާނެ ނަށީދުގެ ހަފްތާގެ 7 ދުވަހުގެ ޝެޑިއުލް އަލުން ކިޔާދިނިއްޔާ މާތާހިރުވާނެ. އެމްޑީފީ ވެރިކަމުގައި ކޮންމެ ކަމެއްކުރިޔަސް އޯކޭ މިވެރިކަމުގަ ކުރީމަ ކަޑަ! މީ ކޮންކަހަލަ އުސޫލެއް.

  17. އަބޮ

    މިއީ ސޫލާސަރުބަތު އިފްތިތާހުކުރި ކަޅުއެމްބެސެޑަރު ދޯ؟ ހަހަހަހަހ ކޮންތާކު މިޖެހުނީ މިހާރު މީނާ މިހުރީ ސޫލާސަރުބަތުގެ އައްޕަ ކާރީގަ އަދި ނިދަނީވެސް އެއްރަޖައެއްގެ ދަށުގައި. މީހުން ފޭރާންލައި އުޅެނީ އޮރިޔާން ނިވާކުރަންދޯ.

  18. ޙަމީދު

    ދޮންކަލޯ. ޢަލީވަހީދުމެން ތިޔަ ހީކުރަނީ އެމްޑީޕީ ވެރިންހާ ޔާމީނު ގަމާރު ކަމަށްތަ؟ ތިހެން ހުސްއަނގަތަޅަން ހަދައިގެން މިހާރު ރައްޔަތުންނަށް އެނގޭ ވާނުވާ

  19. ޙަތްޕުނޑު

    ޢަލީ ވަހީދު ވަރަށްއަވަހަށް މަރުވާނެ.

  20. Anonymous

    ރިޝްވަތުކާ ތޮއްޑޫ ބޮޑުކަރާ، ކަލޭ އަންނީއަށްވިކި މައްމަ ކިއްލި ތަޅާފަ ވިއްކައގެން މުއްސަދިވި ގޮތާއިމެދު ދުނިޔެ ކުރިމތީގާ ކަލޭވަރަށް އުފަލުގަ ތިހިރީ، ﷲގެ ޙަޟުރަތުގަ ލަދުކޮބާތަ؟؟ކޮންމެ ވައްތަރެއް ޖެއްަިސިއަސް މިސަރުކާރު ނިމިދާނީ ކަލެމެންގެ ކެހިވެރި ރޭވުމަކުންނޫން، ރިޝްވަތުބަނޑާމެން މަޖިލީހަށް ނުވައްދާނެ މުޅިދުނިޔެ ފެލުނަސް، ރަނގަޅަށް ތިހިރީ ތުންދިގުފުޅީގައި ބައްދާލައިގެން،

  21. ދީބު

    ހަގީގީ ގުޅުމެއް ނެތް ގުޅިފައިވާ ޕާޓީ ތަކުން ކުރެވޭނެ ކަމަކީ އަމިއްލަ ގައުމު ބޭރު ދުނިޔެއަށް ފަޟީހަތް ކުރުން. ސިއްސަސިއްސައިގެން ދަނީ ތި އިދިކޮޅުން. ޔާމީނަކީ ސިއްސައިގެން ދާފަދަ ކަމެއް އަދި މެދުވެރިވިޔަސް، ސިއްސައިގެންދާދިޔުމުގައި ގައުމާއި ރައްޔިތުން ހޫރާލާނެ ނާގާބިލު ވެރިއެއް ނޫން. ޔާމީނު ކުރެއްވި ހުވަޔަށް ހަރާންކޯރެއް ނުވާނެ. ބައިނަލްއަގުވާމީ އޭ ތިކިޔާ ބަޔަކު އެ ތިބީ ހޭކެނޑިފަ. މިގައުމުގެ ހާލަތާ ބަރުމާ އާއި ފަލަސްތީނާ ސީރިޔާ ފަދަ ގައުމުތަކުގެ މައްސަލަ ނުފެންނަ ކަނު ބައެއް. އިންސާފެއް ނެތް ބައެއްގެ ފުށުން ލިބޭނީ ގެއްލުމާ ހަލާކު.

  22. މަގޭވެސް ޤަޢުމް

    ކަރަލޭ ، ފަޅޮލޭ ކިޔާބަލަ. އަހަރުމެން އަޑުގެ ކޮޅަށް ނުވީދުނަސް، އަހަރުމެން ވަނީ ރައީސް އާއި އެކު. ތި ލާދީނީ ބައިގަނޑު ބަލި ކުރައްވާ ނެތި ކުރައްވާ ފާނދޭ..

  23. ހުސޭނުބޭ

    އަނެއްކާ ރައީސް ޔާމީނަށްވެސް ކިއްލި ވިއްކަނީތަ؟ ނޫނީ ރައީސް ޔާމީނު ގޮނޑިކޮޅަށް ބޮޑު ކަރައެއް އެއްލަނީތަ؟

  24. ޝާޙް

    އަލީ ވަހީދު ވިދާޅުވީ ދިވެހި ތާރީޚުގައި ވެސް ދިވެހި ދައުލަތް ލަދުވެތިނުވާ މިންވަރަށް މިއަދު ބޭރުދުނިޔޭގެ ކުރިމަތީގައި ލަދުވެތިވެފައިވާ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިމަސައްކަތް ކާމިޔާބުވާނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ. ތިޔަައީ ވަރަށް ބޮޑު ތެދެއް! ތިޔަބޭފުޅުން ބޭރުގަތިއްބަވާއިގެން ދިވެހި ރާއްޖެ ބަދުނާމުކޮށް ލަދުގަންނަވާ ދިވެހިންއަޅުވެތިކުރަން ކުރާ މަސައްކަތަކީ ބުރަ މަސައްކަތެއް! ތިޔަ މަސައްކަތުގެ ބަދަލު ފިސާރި ރަނގަޅަށް ދިވެހިން ތިޔަބޭފުޅުންނަށް ދޭ މަންޒަރު ވަރަށް އަވަގަށް ފެނި ސިއްސައިގެން ދާނެ .....

  25. ޝީނާ

    އަލީ ވަހީދަށް ރައީސްކަން ލިބޭ ގޮތަށް ކަންނޭގެ ނިއްމާނީ އެއީ ގޮނޑީގަ އިށީދެގެން އިނަސް ސިއަސައިގެން ނުދާނީ އަލީވަހީދު މެންހެން ރޫފަ ރަނގަޅު ކުދިންކަމުގައި ވާތީ.

  26. މަރިއްތަ

    ވަރަށް އަވަހަށް ސިއްސައިގެން ގޮސް ކޮރަޕްޓް ބޮޑުކަރާ ފަޅައިގެންދާނެ.

  27. މުންނާ

    މާތް ﷲގެ ނިޔާފުޅަކީ އަލީވަހީދުގެ ޚިޔާލެއްކަމަށް އަހަރެން ގަބޫލެއްނުކުރަން. ﷲ އިރާދަކުރެއްވިއްޔާ އަލީވަހީދު ތިޔައެދޭގޮތަކަށް ނުދާނެ ތޯއްޗެއް.

  28. ހުސޭނުބެ

    ދާދި އަވަހަށް މި ހަތަރު މީހުން ނަޝީދުއާ ދިމާލަށް ބުނާނެ ކަލެއާ ހެދި ބޮޑު ބަލާވެރިކަމަކަށް ވެއްޖެ ނޫންހޭ.

  29. ނުރަބޯ

    ހިމަ އަޑުގެވެރި މަސްބޮޑޭ ތިޔަބުނި އެއްޗެއް ނޭނގުނު. ގޮނޑިން ސިއްސައިގެން ދިޔުމަކީ ކޮބައިބާ...؟

  30. ހުސޭނުބެ

    ކަލޭމެން ބޭރުފައި ތިބެގެން ސޫލާސަރާބީ ޖަގު ކުރިމަތީ ބަހައްޓައުިގެންތިބެ ރެއާއިދުވާލު ތިކުރާކަމަކީ މިރާއްޖެ ބަދުނާމުކުރުން!!! އަދި ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުވުމަށާއި ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސަން މަސައްކަތްކުރުން!!! މިދެވި ތާރީޚުގައި ދުވަހަކުވެސް ބުދެކޭފަފަ ގައުމަށް ޣައްދާރު ބައެއް ކަލޭމެންތީ!!! މިހެންވުމުގެ ސަބަބުން މިގައުމު މިވަނީ ވަރަށްބޮޑަށް ބަދުނާމުވެފަ!! ކަލޭމެންވެސް ބޭނުމީ ވެރިކަން!!! ދިވެހި ދައުލަތުގެ ޚަޒާނާ ބަނޑު ނޭޅިގެން ތިތެޅިބާލަނީ!!! ކަލޭމެންތީ ކޮރަޕްޓް އަދި ގައުމަށް ފިސާރި ޣައްދާރުބައެއް!! މިގައުމަށް ފިޔަވަޅު އެޅީމަ ކަލޭހުރޭ ޖަގު ތުންޖަހައިގެން ބޯން!!! ނިކަމެތި ރައްޔިތުން ހަނާވާނީ!!! ޔާމީނެއްނޫން!!!

  31. ބެއްޔާ

    އަލީ ވަހީދު އެވެ، ﷲ ބިރުވެތިވާށެވެ، ތިމާ ފައިސާޔާއި މުއްސަނދިކަން ހޯދިގޮތް އެންމެ ރަގަޅަށް އިނގޭނީ ﷲ އަށާއި އަލީ ވަހީދަށެވެ. ތިމާ ﷲ ދެއްވި ދުލުގެ ނިއުމަތް ހެޔޮގޮތުގަ ހިފާށެވެ. މިއަދަކީ ހުކުރު ދުވަހެވެ، ކަޙަފް ސޫރަތް ކިޔެވިނަމަ ބަގީޗާއެއް ގެންގުޅުނު މީހެއްގެ ވާހަކަ އިނގުނީހެވެ. އަދި ﷲ ގެ އިރާދަޔާ ނުލާ ގަދަބަސް ވެސް ނުބުނީހެވެ. އަދިވެސް ﷲ ގެ ރަހުމަތުން ތައުބާވުމުގެ ދޮރު ބަންދެއްނުވެއެވެ.

  32. އައި

    ދިވެހިންގެ ގައުމުގެ ކަންތައްތައް ކުރިޔަށްދާނެ ގޮތް އެގެނީ ދިވެހިންނަށް ބޭރުގައުމޭ އެމެރިކާ އޭ ކިޔައިގެން އަގަ.ހުލުވަން.ލަދެއް ނުގަނޭތަ. ކަލޯ ތީ ވިކި ހުސްވެފަ ހުރި ގޮލައެއް ކިއްލި ޔާ ކަރާ ވިއްކައިގެން ކަލޭ ގޯތި ގަނެފައިވާ ކަން އެމެރިކާ މިހުން އަދި އިންޑިޔާ މީހުނަާާނަށް ކިޔާ ދީބެލަ އަހަރުނެން މިއުޅެނީ ކިއްލި ވިއްކާއިގެން ގޯތި ނުގަނެވިގެން .

  33. އަން

    ތިސޮރަށް ތިހިރީ ރީދޫހުން ޖެހިފަ