ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުންގެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަ ބެއްލެވުމަށް ބޭރުގެ ފަރާތަކުގެ އެހީއަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

މިކަމަށް އެދިފައިވަނީ މަޝްހޫރު ބޭރުގެ ނޫހެއްކަމަށްވާ ރޮއިޓާސް އަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އަޙްމަދު ޝިނާންއެވެ.

އަޙްމަދު ޝިނާން އެނޫހަށް މައުލޫމާތުދެމުން ވިދާޅުވެފައިވަނީ މިއީ ސީދާ ދިވެހި ރާއްޖޭގެ އަމާންކަން ނަގާލަންކޮށްފައިވާ ކަމެއް ކަމަށާއި މިފަދަ މައްސަލަތައް ގާތުން ބަލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޝިނާންވަނީ އުއްތަމަ ފަނޑިޔާރު ނެންގެވި 3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގައި ފުލުހުންގެ ބަޔާން އެނޫހާ ހިއްސާ ކުރައްވާފައެވެ.

ޝިނާން އިތުރަށް ވިދާޅުވެފައިވަނީ މިހާތަނަށް ގިނަ ބޭރު ޤައުމުތަކަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ގޮސްފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށާއި އަދި އެގައުމު ތަކުން އަގު ބޮޑު މުދަލާއި ބިން ބައްލަވާގެންފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެބޭފުޅުންވަނީ މިދިޔަ މަހު އެކަނިވެސް 12 ޤައުމަކަށް ދަތުރުކޮށްފައިވޭ. އޭގެ ތެރޭގައި އިންޑިޔާ، ސުރީލަންކާ، ނެދަލޭންޑްސް އަދި ޔޫކޭ ހިމެނޭ. އަދި އެޤައުމުތަކުން އެބަހުރި ވަރަށް އަގު ބޮޑު މުދަލާ ބިން މިލްކިއްޔާތު ކޮށްފައި. މިހެންވެ މިއީ ބޭރުގެ ފަރާތްތަކުންވެސް ތަޙްޤީޤްކުރަން ޖެހިފައިވާ ބޮޑު ޚިޔާނާތެއް." ޝިނާން ވިދާޅުވިއެވެ.

ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުޗީބެ

    ބޭރުގެ ތަހުގީގު ޓީމުތަކަށް މި ޖުޑީޝަލް ބަގާވާތްފުޅުގެ އަސްލު ހޯދައި ދިނުމަށް ސަރުކާރުން އެދުނު އެދުމަކީ ޝައްކެއްނެތް ގޮތުގައި ވަރަށް ހިކުމަތްތެރިކަމާއެކު ސަރުކާރުން ކުރެއްވި ކަމެއްކަމުގައި ދެކެމެވެ. އޭގެސަބަބުން ބައިނަލް އަގުވާމީ ގައުމަުތަކަށް އިބްރަތަކާއި ފިލާވަޅުތަކެއް ލިބިގެންދާނެކަމީ ޔަގީންކަމަކެވެ. އަދި ހަމަ އެހެންމެ ބައެއް ދިވެހިންގެ އަމަލްތަށް ހުރިގޮތުން ރާއްޖެއާއި ބޭރުދުނިޔޭގެ ކުރިމަތީ ވީދިފައިމިވާ އިޖްތިމާއީ ފޭރާމުގައި ޕެޗެއް ނަމަވެސް އެޅި އޮރިޔާން ނިވާވެދާނެކަމުގައި ދެކެން.

  2. ނުޢައިމު / ވިލިމާލެ

    އިންޑިޔާ ، އިގިރޭސިވިލާތް ، އެމެރިކާ ގެ މީހުން ތިޔަ ތަޙްޤީގުގައި ބައިވެރިކޮށްފިނަމަ ފަނޑިޔާރުން ތިބީ ސީދަލަށްކަމަށް ނިންމަދޭނެ!

  3. ނުރަބޯ

    ބޭރުގެ ފަރާތަކާ ތިޔަކަން މަތިކުރުން އެއީ ގޯހެއް. އެއިރުން ނަޝީދު ތީގެ ތެރެއަށް ދަނޑިބާނާނެ، އެންމެފަހުން ތިޔަކަން ބޭރުގެފަރާތަކުން ބަލާނިމޭއިރު އެދެބާޣީންގެ އެއްވެސް ކުށެއްނޯންނާނެ. އެހިސާބުން ސަރުކާރަށް ފިއްތުންތައް ކުރިމަތިވެ އެންމެފަހުން ސަރުކާރު އިސްތިޢުފާ ދޭން ޖެހޭގޮތް މެދުވެރިވެދާނެ....!!

  4. Anonymous

    ބޭރުމީހުން މިހާރުވެސް މިގައުމުން ފައިދާނެގުމުގެ ބޭނުމުގައި ބޭރުމީހުންނަށް މިގައުމުން ބައިއަތުދޭނެ ބަޔަކަށް ވެރިކަންޙޯދަދޭން ކުރާމަސައްކަތުގެ އެއްބައި ތިޔަ ދެ ފަނޑިޔާރުންނަށް ރިޝްވަތުދިނީ، އަދި އެފަނޑިޔާރުން ރަނގަޅަށް އެދަލުގައި ޖެހިފައިވާއިރު ބޭރުމީހުންނާއި ގުޅިގެން ތިޔަޝަރީޢަތް ކޮށްފިއްޔާ އިންސާފުވެރި ނަތީޖާއެއް ނެރެވޭނެކަމަށް ނުބެލެވޭ

  5. ވަތަނީ

    ވަރަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއިއެކު
    ތިޔަ ރިސްވަތުގެ މައްސަލަތައް ތަހްޤީޤު ކުރެއްވުމށް ގޮވާލަމެވެ ރާއްޖޭގައި ގާނޫނީ ހުވާ
    ކޮށްގެންތިބި ބައެއް ވަކީލިންނަކީ އެމީހުން މަސްހޫރުވުމަށްޓަކައި ނުވަތަ ވަރުގަދަ އާމްދަނީ
    އެއް ހޯދުމުގެ ބޭނުމުގައި ކަންކަމުގެ ހަގީގަތް
    ފޮރުވައި ރައްޔިތުންނަށް އޮޅުވާލުމަށް ވަރަށް
    ބޮޑަށް މަސައްކަތް ކުރާ ބައެކެވެ.