މުޒާހަރާތަކާއި އެއްވުންތައް ލައިވްކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ޤައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަން އެ ކޮމިޝަނުގެ މޮނިޓަރިންގއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނޭ ކަމަށް ބްރޯޑް ކޮމް އިން ވިދާޅުވިއެވެ.

"މީގެ އިތުރުން، ޤާނޫނު ނަންބަރު: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ޚިލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫސްވެރިންގެ އަމަލުތައް ބަހައްޓަމުންދާ ގޮތުގެ ކަންބޮޑުވުން ފާޅުކުރައްވައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވެސް ނޫސްބަޔާނެއް މިއަދު ވަނީ އާއްމުކުރައްވާފައެވެ" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ޚާއްސަ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކުރުމަށް ސަމާލުކަމެއް ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށާއި މި ފަދަ މައްސަލަތައް މެދުވެރި ނުވާނޭގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނެތި ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާ ޚިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަން ވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މި ބަޔާނުގައި ވަނީ ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކުރާ ފަދައިން، މި ކޮމިޝަނުން އެކުލަވާލާފައިވާ “އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު”ގައި ބަޔާންކުރާ “އެކްރެޑިޓޭޝަން ކާޑް” ބޭނުންކުރުމަށާއި “މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން” އާ އެއްގޮތަށް އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފައެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށާއި އަދި މިއާ ޚިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނީ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ކަމަށްވެސް ބްރޯޑް ކޮމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ލިބޭނެ ކަމަށް ބްރޯޑް ކޮމް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮނެސްޓީ

    ދެ ފަނޑިޔާރުން ބައްލަވައިގަތް މުދަލުގެ ތަފުސީލު އެ ގައުމުތަކުން ހާމަކޮށްދޭންޖެހޭނެ ކަމަށް މަމެންގެ ސަރުކާރުގެ ފަރާތުން ބޭރުގެ ޔޫރަޕް ގައުމު ތަކަށް ގޮވާނަމަ އެކަން ފުރިހަމަ ވެސް ހާމަ ކުރަންވީ ދެން އޭގެ ފަހުގައި އަލިފު ދާލު ނޫން ތިޔާ ފީގުދާނުން ވެސް މަމެންގެ ކަންކަމުގެ ތެރެއަށް ބޭނިގަނެގެން އުޅެން ޖެހޭނީ. އަލިފުދާލު ފީގުދާނަށް ވީމަ ނޫންތޭ އިރާގުގައި ހުރި އަލިފުދާލުގެ އޮފީސް މާރސްގެ ގޮނޑަށް އިރާގު މީހުން އުފުރާލާ އެއްލާލީ އަލިފުދާލުން ވަފްދް ތައް އައި ނަމަވެސް ތަމެންނަށް މާލެ އަށް ނޭރޭނެއޭ ތަމެން ގާދޫ ކޮލުން ބޭރު ބޮއްކުރައެއްގައި ތިބެގެން ދައްކަން ބޭނުންވާ ވާހަކަ ތައް ކަންނެލި އޮޑިއެއްގެ އައިސް ބޮކްސް އަށް އަޅާ ފޮނުވާށޭ އެއިރުން މަމެންނަށް ވަގުތެއް ވީ ދުވަހަކުން ބަލާލާނަމޭ. އައި އޭމް ޖަސްޓް ކިއުރިއަސް އެބައުޓް ޔުއަރ އޮނެސްޓީ.

  2. އުމަރު

    ވެރިކަމުގަ ހުރުމަށް ރައްޔިތުންނަށްކުރާ އަނިޔާ ހަމަ ނުފެންނަނީތޯ. ތަޅާމެރީމަވެސް ފިރުމާލިއްޔޭ ބުނަންވީތޯ. ޝަހީމް ނިކަން ރީތި އައުބަހެއް ހަދައިދީބަލަ "އަނިޔާކޮށް ތެޅުމަށް" އޭރުން ބުރޯޑުކާސްޓަރުން އެބަސްބޭނުންކުރާނެއެއްނުންދޯ. މަޤާމްގެ ދަހިވެތިކަމުގަ އުޅުނަސްތީދެން ބޮޑުވަރު، މުސާރަ ޙަލާލްތޯ އަމިއްލަނަފުސާ ސުވާލްކޮށްލުން މުހިއްމު. ތިބޭފުޅާ ބުރޯޑުކާސްޓަރުންގެ ދިފާއުގަ އެއްޗެއްވިދާޅުވި ހަނދާނެއްނުވޭ، މަންމާފުޅު އަދުރޭމެން ޓީވީ ތަކަށްއަރާ ބޮޑެތި އިންޒާރުތައް ދެމުންދާއިރު ފިލާތިހުންނަނީ ކީއްވެބާ؟ ހަމަކުރެވިފަ ހުރިކަންތައްތައް ބޮޑުކަމުންތޯ؟ ކުޑަގޮޅި ހުވަފެނުގަވެސް ފެންނަނީތޯ؟

    • ގުފީސް

      ކަލެޔައް ސާބަސް ސުޓޭޓު އޮފް އިމެޖެންސީ ނެރުނީމަ ވާގޮތޭ ދޫންޏާ!!!!!