ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ދިވެހި މެޑިކަލް އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، އެ މިނިސްޓްރީން ސީނިއަރ މެޑިކަލް އޮފިސަރ / މެޑިކަލް އޮފިސަރ މަޤާމަށް މީހުން ހޯދުމަށް ކުރިން ކުރެވިފައިވާ އިޢުލާން ބާޠިލްކޮށް އަލުން އިއުލާނު ކުރާ ކަމަށެވެ.

މެޑިކަލް އޮފިސަރުން އަދި ސީނިއާ މެޑިކަލް އޮފިސަރުންގެ ގޮތުގައި ހޯދަން އިއުލާނުކޮށްފައިވަނީ 331 ޑޮކްޓަރުންނެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރޭންކަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ސީނިއާ މެޑިކަލް އޮފިސަރުންގެ މުސާރަ 19,230ރ އާއި 22,040ރ.އާ ދެމެދު އުޅޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި 6150ރ. އާއި 8250ރ. ލިބޭނެއެވެ. މެޑިކަލް އޮފިސަރުންގެ މުސާރަ އުޅެނީ 19،230ރ. އާއި 22،040ރ. އާ ދެމެދުގައެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނީ 8،250ރ. އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 27 ފެބުރުވަރީ ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    ތިޔަކަމެއް ނުވާނެ ... ދިވެހިންނެތް ނުލިބޭނެ ، އެންމެ ފަހުން ގެންނަންޖެހޭނީ ބަންގާޅުންނާއި އެހެނިހެން ތަންތަނުން ފޭކް ޑޮްޓަރުން ....

  2. ނަތާޝާ

    އިންޑިޔާ އިން ލިބިދާނެ.