މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެހިކަލެއް ކްރިމިނަލް ކޯޓުގެ ފާރުގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 11:10 ހާއިރުއެވެ.

އެކްސިޑެންޓް ހިނގި ވަގުތު އެތަނުގައި ތިބި ބައެއް މީހުން "ވަގުތަށް" ކިޔައިދިން ގޮތުގައި ކަރެކްޝަންސްގެ ވެހިކަލް ކްރިމިނަލް ކޯޓުގެ ފާރު ވަށައިގެން ޖަހާފައި ހުރި ދަގަނޑު ފެންސަށް އެރީ ކޮންޓްރޯލް ނުވެގެންނެވެ.

މި އެކްސިޑެންޓުގައި ވެހިކަލްގެ ޑްރައިވަރަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާއިރު ބައެއް މީހުން ބުނާ ގޮތުގައި އޭނާ ވަނީ ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.