ދިވެހިރާއްޖެ އާއި މެދު އިންޑިއާގެ މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކާއި ގުޅިގެން އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީ އިންޑިއާ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ކަންތައް ކުރާ ގޮތުން ދިވެހިރާއްޖެ އިން އިންޑިއާ މީހުންނަށް ވޯކް ޕާމިޓް ދޫކުރުން ހުއްޓާލާފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން ރާހުލް ވިދާޅުވީ އިންޑިއާގެ އެންމެ ގާތް އެއް ބައިވެރިޔަކީ ދިވެހިރާއްޖެ ކަމަށާއި އަދި އިންޑިއާގެ ތަފާތު ގިނަ އެހީތައް ވެސް ރާއްޖެ އަށް ލިބެމުން އަންނަ ކަމަށެވެ.

ނަމަވެސް އިންޑިއާ މީހުންނަށް ވޯކްޕާމިޓް ނުލިބުން ފަދަ މައްސަލަތައް ދިމާވަނީ "ހާރިޖީ ސިޔާސަތަކީ ހަމައެކަނި ފޮޓޯއެއް ނެގުމުގެ ސިޔާސަތަކަށް ވުމުން. އަދި އެއްވެސް މަޤުޞަދެއް ނެތް ބައްދަލު ތަކަކަށް ވެގެން ދިއުމުން." ރާހުލް ވިދާޅުވިއެވެ.

އިންޑިއާގެ މީޑިއާގައި އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެ އިން ވަނީ މިހާރު އިންޑިއާގެ 2000 މީހުންގެ ވަޒީފާ ހުއްޓުވާފައެވެ. އިންޑިއާ މީހުންނަށް ރާއްޖެ އިން މިހާރު ވޯކް ޕާމިޓް ދޫނުކުރާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރިސޯޓްތަކުން ވަޒީފާ އަށް މީހުން ހޯދާ އިރުވެސް އިންޑިއާ މީހުން ކުރިމަތި ނުލުމަށް އަންގާފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ.

ނަރެންދުރަ މޯދީ އިންޑިއާގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިންޑިއާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ގައުމެވެ. ނަމަވެސް ދެކުނު އޭޝިއާ ސަރަހައްދުގެ ހާރިޖީ ސިޔާސަތުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެކުނު އޭޝިއާގެ ގައުމުތަކާއި ގުޅުން ހީނަރުވެ، އިންޑިއާގެ ނުފޫޒު ވަނީ ބަލިކަށިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާއިޒް

    ސައި ވިއްކަން އުޅުނު މީހަކަށް ބުރާންތި ވެގެން ބޮޑުވަޒީރުކަން ދިނީމަ ވާނި ތިހެން .. ޤައުމުގެ ހާއިބަތު ބޮޑުވީމ ަ ހީވަނީ ލައްކައެކޭދޯ.. ސާބަސް ރައީސް ޔާމިން..

    • ައެޕަލް

      ސައިވިއްކުން ، ކުނިކެހުން، މީއީ ހަޑިކަމެއްތަ؟ ދަށުދަރޖައިގެ ކަމެއްތާ ނުވަތަ މިހައިގެ ހައިބަތައް އުނިކަމެއް ލިބޭކަމެއްތަ؟ އަހަރުމެން ދިވެހިންގެ ވިސްނުން ހުރިހިސާބު! ހުރި ހިތާމައިގެ ބޮޑުކަމާއެވެ.

  2. ާއދލ

    މަ ހިީހިީ ހލކ

  3. ޙަބޭސް

    ސާބަސް ގާންދީ ބަހުންތަޅާ މޯދީ ބަލިކުރާތި ގައުމުގެ ރައިއްޔަތުން ހޭލައްވާ މޯދީ ބޭރު ކޮއްލާތި އިންޝާ ﷲ މޯދީއަށް ކާމިޔާބުވާނެ

  4. ދިވެއްސެ

    ރިސޯޓުތަކުގެ ވަޒީފާއެއް އަހަރެމެންގެ ދަރިންވެސް މިއުޅެނީ ނުލިބިގެން.. ރިސޯޓުތަކުން ވަޒީފާ އިއުލާންކުރީމަ ދިވެހިންވެސް ސީވީހުށަހަޅަނީ ލިބޭނެކަމަށްހީކޮށް ދިވެއްސެވީމަ... އެކަމަކު އިއުލާންކުރާއިރުވެސް ވަޒީފާތަހުންނަނީ ބިދޭސިންނަށް ދީނިމިފަ..... މިކަންމިހެންކުރަނީ ރިސޯތުތަކުގެ މެނޭޖުމަންޓުގަ ބޭރުމީހުންތިބޭތީއޭ ބުނެވޭކަންވެސްނެތް.. އެހެނީ ދިވެހި މެނޭޖުމަންޓު އޮންނަތަންތަނުންވެސް އިސްކަންދެނީ ބިދޭސީމީހުންނަން.. މިކަމަށް ވަރަށް ހިއްވަރުދެނީވެސް ދިވެހިންގެތެރެއިން ބަޔަކު.. ފެންވަރުނެތަސް ބިދޭސީމީހާޔަށް ޔަގީންކަންއޮވޭ ވަޒީފާލިބޭނެކަން.. ނިކަންދެކިބަލަ ޓްވާރގައިޑުންވެސް ތިބޭނީ ބިދޭސީން.. ހުކުރު މިސްކިތުގެ މުންނާރުގެ ތާރީޙުވެސް ކިޔާދޭނީ ބިދޭސީމީހާ... އެކަމަކު ބުނާނެ ވަޒީފާތަކަށް އެކަށީގެންވާ ދިވެހިން ނުލިބެނީއޭ.. ކޮބާއިތަ އެކަށީގެންވުމަކީ...

  5. އަލީި

    މިއީ ތެދު ހަބަރެއްނަމަ އަހަރެން ގެ %100 ރައީސް ޔާމީނަށްދެން. ކިތައްމެ ކުޑަޔަސް އަހަރެމެންނަކީ އަޅުންނެއްނޫން.

  6. ފެނޭބާ

    ބަލަ ތާޖް އެއީ އިންޑިއާ މެނޭޖްމަންޓެއް ނޫންތޭ؟ އެނގިގެން ލިޔެބަލަ

  7. ނުރަބޯ

    ކެރަފާނަޝީދުގެ ބޮލަށް ޗިޕްޖަހައިގެން ދިވެހިރާއްޖޭގެ މައި އެއަރޕޯޓް ޖީއެމްއާރަށް ދިނުމުގެ މޭސްތިރިއަކީ ރާހުލްގާނދީ.