އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ.

ބިލު ބަލައިގަންނަން ފާސްވުމުން ބިލު ދިރާސާ ކުރަން ފޮނުވީ ޖުޑިޝަރީ ކޮމިޓީއަށެވެ.

އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔެއްގެ ކަންބޮޑުވުމާއި ފާޑުކިއުންތައް މި ބިލަށް އަމާޒުވެގެން ދިޔައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވެސް މި ބިލާ ދެކޮޅަށް ބަޔާނެއް ނެރުނެވެ. އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލަށް ތާއީދު ނުކުރައްވާ ކަން ވަނީ ހާމަކުރައްވައިފައެވެ.

އަމާޒުވެފައިވާ ފާޑުކިއުންތަކަށް ހިސާން މިއަދު ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ އެ ބިލު ފަރުމާ ކުރީ އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ. އަދި އެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރިޔަސް އޮޅުވާލެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ވަކި ތުހުމަތެއް ކުރުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކަމެއް ނޫން ކަން ހިސާން ފާހަގަކުރެއްވިއެވެ. މި ގޮތުން އާންމު ތަނެއްގައި ތިބެ މީހަކަށް ޒިނޭގެ ތުހުމަތު ކުރުމާއި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިސާން ވިދާޅުވީ، މީހަކު އިސްލާމް ދީނާ ޚިލާފުވެއްޖެނަމަ ނަސޭހަތް ދިނުމަށް ބިލު ހުރަސް ނާޅާ ކަމަށެވެ. އަދި އެ ކަން ފާހަގަކުރަން ޚިޔާލު ފާޅު ކުރަން ވެސް ހުރަސް ނާޅާ ކަމަށެވެ.

މި ބިލަށް އަމާޒުވާ ފާޑުކިއުންތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެ ބިލު ހުށަހެޅީ ވަކި ބަޔެއްގެ ޚިޔާލަށް ހުރަސް އަޅަން ނޫން ކަމަށެވެ.

މި ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް ތަފްސީލްކޮށް އިތުރު ބިލެއް ވެސް ހުށަހަޅާފައިވެއެވެ. އެ ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ. އެ ބިލުގެ ފުރަތަމަ ކިއުން ވަނީ މިއަދުގެ ޖަލްސާގައި އިއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. މުޙައްމަދު މަންޞޫރު އާދަމް

  ވަރަށް ދެރަ! 100% މުސްލިމް ގައުމެއްގައި އިސްލާމް ދީނަށް ފުރައްސާރަކުރާމީހުންނަށް އެއްވެސް ފިޔަވަޅެެއް ނޭޅޭތާގައި އެފަދަ މީހުންގެ ހިމާޔަތުގައި ބިލެއް އެކުލަވާލާ މަޖުލީހަށް ބަލައިގަތުން އެއްވެސް ހަމައަކުން ބަލައެއް ނުގަނެވޭ

  36
  2
 2. ވީދާލާ

  ތީ ވީދާލަންވެފައި އޮތް ބިލެއް.

  35
  1
 3. Anonymous

  ޖަލު ބޮޑުކުރޭ. ފަނޑިޔާރުންނާ ޕްރޮސިކިއުޓަރުން ގިނަ ކުރޭ. ހިއުމަން ރައިޓްސް ކަެުންސިލަށް ޖަވާބުދޭން ބޭރުން 100 ލޯޔަރުން ހަޔަރ ކުރޭ. 3 ލައްކަ މީހުން އިސްލާމް ދީނުގެ ހައްގުގައި ޖަލަށް ދާން ތައްޔާރަށް މިތިބީ!!! މުރުތަދުންނަށް ލާދީނި ބޮޑުކާފަރު ގޮވާނަން.

  34
 4. އަޖޯ

  ނިކަން ގާތުން ތި ވެރިންގެ ކަންކަން އަފިރިން މި ދަނީ ބަލަމުން...އިންޝާ ﷲ އިސްލާމްދީނަށް ނަސްރު ލިބޭނެ މި ކަމުގައި ވެސް....ﷲ ގެ ރަޙްމަތުން މި ޤައުމުގެ ޚާއިނުންނާއި ޣައްދާރުންނާއި ކާފަރުންގެ އަށްދަށުން ކުރިން ވެސް މި ޤައުމު ސަލާމަތްކޮށްދެއްވި.... މި ޤައުމުން ބޮޑު ތަކުރުފާނެއް އަބަދުވެސް ދީނުގެ ހިމާޔަތުގެ ނިކުންނާނެ...އިންޝާ ﷲ

  41
  1
 5. Happy 678

  ލާދީނީ ބިލް🤭

  30
  1
 6. ހަސަނަން އޮޑި

  ދީނީ ކަންކަމުގެ ދޮރެއްދޮރުކަންޏެއް ނޭންގޭމީހުން ބިލު ބިލު ލީމަވާނެ ހައެއްޗެއް ތިހިރަވަނީ

  24
 7. ވެރިން

  ވަރިހަމަ ބަލަ އއިގަނެ ގާނޫނަކަށް ހެދިޔަސް، ދީނަށް ފުރަ އްސާރަކޮށް ދީނުގެ ހުކުމް ތަކަށް ގޮންޖަހާ ރަސޫލާ މސ އވ އަށް ހަޖޫޖަހާ މީހުނާ ދިމާލަށް ލާ ދީނީ އޭ ނުގޮވާނެ ގޮތެ އް ނުވާނެ، އަދި ނުގޮވިޔަސް އެމީހަކު އިސްލާމަކަށް ވާނެ އެއްވެސް ގޮތެ އް ނޮ އޮއް ނާނެ ތަ އުބާ ނުވާހާ ހިނދަކު .

  30
 8. މއާޒު

  ތުޅާދޫކުދިންނައް އޯކޭވާނެ..

  23
 9. ހަގީގަތް

  މިކަހަލަ ބިލް ހުށަހަޅާނީވެސް ލާދީނިއްޔަތައް ހިއްވަރުދޭމީހުން

  19
 10. ރަބަރޭ

  ކަބުލޯ ތިޔަހު ރިހާ ފި ރިހެނުންގެ ތެ ރެއަށް ވަދެ
  އިންނައި ރު ބު ރުގާ އަޅާބަލަ

  13
  1
 11. ބޭޗާރާ

  ލާދީނީއަކީ ކޯއްޗެއްކަން ނުދަންނަ މީހުން ލާދީނީ ކިޔުން މަނާކުރާނެ. ލާދީނީ ކިޔަނީ މީހަކު ކާފަރުކުރާކަށް ނޫން. ކިތަންމެ ވަރެއްވިޔަސް ލާދީނީ މީހަކު ލާދީނީ ނޫން ކަމަކަށް ނުވާނެ. އެ ޓެގެއް ނުވެސް ފިލުވޭނެ.

 12. އޭމިނާބީ

  އާމުކޮށް ބޮލުގަ ރުމާފަޅި އަސޭގެން އުޅޭބޭފުޅުންނަކަށް ކަމަކުނުދާނެއް ”ލާދީނީ“ މިބަހެއް!މިކަބުލޭގެޔަށް އިނގޭބާ ދީނާދެކޮޅު މީހުނަށް ކިޔަނީ ކީކޭކަން...ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް އެމީހުންގެ ދީނާ ދެކޮޅުމީހުނަކިޔަނީ ހަމަ މިޒާތުގެ ބަސްތަށް. މިސާލު:އިގިރޭސީން ކިޔަނީ"އިރިލިޖަސް"، ހިންދީންކިޔަނީ "އާދާރުމިކް"، އުރުދޫބަހުގަ "ޔެއައިބް" ވީމާ ދިވެހިބަހުން ލާދީނީ ކިޔުމުންޖެހެނީ ކޮންކަހަލަ މައްސަލައެއް ކަމެއްނުވިސްނުން..