20:41

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވުނު ގދ. ފަރެސްމާތޮޑާއިން ބަލީގެ ވޭދަނައެއް ނުފެންނަތާ ހަ ދުވަސް ވެއްޖެ

20:21

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި އޮތް އުތުރުގެ މައި ސިޓީ، ކުޅުދުއްފުށި ސިޓީ 19 ދުވަސް ފަހުން މިއަދު ހުޅުވައިފި

20:00

ކޮވިޑް-19ގެ ވޭދަނައެއް ފެނި ބަންދުކޮށްފައިވާ ހއ. ދިއްދޫން މިއަދު މިހާތަނަށް ނުވަ މީހަކު އެ ބައްޔަށް ފައްސިވެއްޖެ.

19:27

އައްޑޫސިޓީން އިތުރު އެކަކު ކޮވިޑަށް ފައްސިވެއްޖެ.

18:00

ކޮވިޑް-19ގެ ވޭދަނައެއް ފެނިގެން މިދިޔަ ބުރާސްފަތި ދުވަހު ބަންދު ކުރި ހއ. ދިއްދޫން ހަތަރު ދުވަސް ތެރޭގައި 15 މީހަކު އެ ބައްޔަށް ފައްސިވެއްޖެ

17:05

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޕާމިޓް ލިބުނު މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިނުގެ ދެ ޑޯޒް ޖަހައި ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާ އިން ގޮވާލައިފި

17:04

ކޮވިޑް-19 އިން ދިފާއުވުމަށް ހުރިހާ ގައުމަކުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުން އެ ބައްޔަކީ އާންމު ރޯގާ ފަދަ މޫސުމީ ބައްޔެއްގެ ގޮތުގައި ކަނޑަައަޅައިފި

16:04

12:42

ކޮވިޑް ވައިރަސް ލީކްވީ ވޫހާންގެ ލެބުންކަމަށް ވެދާނެ ކަމުގައި ބުނެފި!

12:08

އިންޑިއާ ވޭރިއެންޓުން ދިފާއުވުމަށް ދެކުނު އެފްރިކާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލޭގައި އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ އަދަދުތައް މަދުވި ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ސްކޫލް ޗުއްޓީ އާއިއެކު ކޮންމެވެސް އުޒުރެއް ދައްކައިގެން ރަށަށްދާ މީހުންގެ އަދަދު އިތުރުވެފައި ވާތީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވެގެން ދިއުމުގެ ބިރުވެސް އެބައޮތެވެ.

އެހެންކަމުން ރަށަށް ދަތުރުކުރާ މީހުން ކަރަންޓީންގެ އުސޫލުތަކަށް ތަބާވުން މަޖުބޫރެވެ.

މިއަދު ރާއްޖެ އިން އިތުރު 233 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 31 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 157 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 45 މީހުން މިއަދު ފައްސިވިއެވެ.

މިއަދު 5172 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އެހެންކަމުން މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %5 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިއްޔެ މާލެ އިން ކޮވިޑަށް ފައްސިވީ 30 މީހުންނެވެ. އަތޮޅުތެރެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިއަދު ވަނީ ފާއިތުވި ދެ ދުވަހަށްވުރެ އިތުރު ވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ރާއްޖޭގައި ތިބީ 4075 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 29 މީހަކަށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Mike

    shukuriyyaa