އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ގދ. ތިނަދޫން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 700 އާ ކައިރިކޮށްފިއެވެ.

އެރަށުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 26 މީހެކެވެ.

މިއަދު ފައްސިވި 26 މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދައްކައިގެން ފައްސިވި ތިން މީހަކާއި، ގާތުން އެއްތާވި މީހުންގެ ތެރެއިން ފައްސިވި 23 މީހެކެވެ.

މިއާއެކު އެރަށުން ކޮވިޑް ޖެހުުނު މީހުންގެ އަދަދު ވަނީ 689 އަށް އަރާފައެވެ. އޭގެ ތެރެއިން 423 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ރަނގަޅުނުވެ ތިބީ 266 މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން ދަނީ ފެސިލިޓީގައެވެ.

ކޮވިޑާއި ގުޅިގެން ތިނަދޫ ބަންދު ކުރިތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް އެރަށުން ކޮވިޑަށް ފައްސިވާ އަދަދުތައް ދަށަށް ނުދެއެވެ. އަދި އެރަށުން ކޮވިޑް ޖެހިގެން ފަރުވާދެމުން ދިޔަ މީހަކު އެ ބަލީގައި ވަނީ ނިޔާވެފައެވެ.

މުޅި ގދ. އަތޮޅުގެ ކޮވިޑް ހާލަތަށް ބަލާއިރު،އެ ސަރަހައްދުން ޖުމްލަ 912 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މުޅި އަތޮޅުން މިއަދު ޖުމްލަ 28 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއީ ގައްދޫން ފައްސިވި ދެ މީހުން ލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާ

    ރާއްޖޭގައި އޮތް އެއްމެ ހޭލުންތެރިކަން ކުޑަ ރަށް ؟

    1
    2
    • މޫރިތި

      ތިބުނީ ހަމަ ތެދެއް. ތިނަދޫ އަކީ ރާއްޖޭގައި އޮތް އެންމެ ހޭލުންތެރިކަން ކުޑަ ރަށް. ބޮޑެތި ކާރިސާތަށް ދިމާވުމުން އެންމެ ފުރަތަމަވެސް އަވައްޓެރި ރައްތަކަށް އެހީގެ އަތެއް ދިއްކޮއްލަނީ ހަމަ ތިނަދޫއިން. އޭގެ ހެކި ފެންނާނެ ސުނާމީ ކާރިސާއިންވެސް. ކޯވިޑްގައި މީހުންނަށް އެހީވުމަށް ތިނަދޫ އަކުން ޖެހިލުމެއް ނުވޭ. މިވަރަކަށް ތިނަދޫ މީހުން ގަމާރު ވެފަ ހޭލުންތެރިކަން ކުޑައީ. އަދި މައުލޫމާތައްޓަކާ ދަންނަވާލަން. ތިނަދޫއަށް އެންމެ ފުރަތަމަ ކޯވިޑް އެރީ ސަރުކާރުން ދިޔަ ޓީމެއްގެ ސަބަބުން. މިކަހަލަ ވަގުތެއްގައި ސަމާސާ ސުވާލު ނުކޮށް އެހީވެވެން އޮތް ގޮތަކުން އެހީވުން މާ ހޭލުންތެރި. ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޮ. އަޅަމެންނީ އެކުވެރި ބައެއް ގޮތުގައި ލައްވަވައި، ހެޔޮވިސްނުން ދެއްވައި، އަޅަމެންގެ މެދުގައި ފިތުނަ ނެތިކުރައްވައި ހެޔޮ އަމަލުތަށް ގިނަ ކުރައްވާށި. އަދި މި ބަލިމަޑު ކަމުން އަޅަމެން ސަލާމާތް ކުރައްވާފާންދޭވެ.

  2. އައްޑޫ ޝަކުވާ ބޯޓު

    ބަސްނާހަނީ
    އަނެއްކާ ވަރަށް ގަދަޔަށް ރީނދޫހުން ޖެހިފައި ތިބެނީވެސް•