މާލެ އިން 13 މީހުންނާއިއެކު ޖުމްލަ 138 މީހުން މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 105 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން ހަތް މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން 13 މީހުން މިއަދު ފައްސިވިއެވެ.

މިއަދު 4923 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ވެސް ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ މީހުންގެ ނިސްބަތް %3 ގައި ހުންނަތާ މިއަދަކީ ތިން ވަނަ ދުވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 3602 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 28 މީހުންނަށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އޭޕްރީލް މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން އިތުރުވަމުން ގޮސް މެއި މަހު އަދަދުތައް ކޮންޓްރޯލުން ނައްޓާލިއެވެ. މާލޭ ސަރަހައްދުގެ އެނދުތައް ގާތްގަނޑަކަށް ފުރި، ފަރުވާ ދޭން ތިބި ޑޮކްޓަރުންނައި ނަރުހުންގެ ދަތިކަން ވެސް ކުރިމަތިވިއެވެ. ނަމަވެސް މެއި މަހުގެ 12 ވަނަ ދުވަހު އެޅި ބައެއް ފިޔަވަޅުތަކުންނާއި އަދި މެއި މަހުގެ 26 ވަނަ ދުވަހު އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އަދަދުތައް ވަނީ ދަށަށް ދާން ފަށާފައެވެ.

ޖޫން މަސް ފެށުނުއިރު ދުވާލަކު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން %13 މީހުން ކޮވިޑަށް ފައްސިވިއެވެ. ޖޫން މަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 208 މީހުންނަށް ފަރުވާ ދެމުން ގެންދިޔައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މާދަމާ މާލޭ ސަރަހައްދުގައި ކޮވިޑް ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޯޮޮި ކކ

    ކުރިން ވެސް މާލެ ސަރަހައްދުން ކޭސް މަދު ވީސް މިހާރު ގޮތަށް ޓެސްޓް ނުކުރާ ނަ މަ

  2. ދުންމާރި

    ހަރުކަށި ފިޔަވަޅު އަޅައިގެނެއްނޫން ކޮވިޑު ދަށަށް ދަނީކީ މިސްކިތްތައް ބަންދު ކުރީމަ މިސަރުކާރުން ޤަބޫލްކުރާ ގޮތުގަ މިސްކިތަކީ ބަލިފަތުރާ ތަނަކީ ޖަމާޢަތުގަ ނަމާދު ކުރުމަކީ ބަލި ފެތުރޭ ކަމަކީ ގައިގޯޅިކަމާއެކު މަގުމަތީ މާސްކުނާޅާ ލޮރީތަކުގަ ގައިދުރުކަމެއްނެތި އުޅުނަސް މަސައްކަތުގެ މާހައުލުގަ ގައިދުރުކަމެއްނެތި އުޅުނަސް ބަލި ނުފެތުރޭނެ ހަމަ އެކަނި މިސްކިތުގަ ޖަމާޢަތުގަ ނަމާދުކޮށް ހުކުރުނަމާދާ ޢީދު ނަމާދާ ކުރީމަ ކޮވިޑު ފެތުރޭނީ އިންޑިޔާއިން ބަލި ކޮންޓޭނަރުގަ ގެނެސް މުޅިޤައުމަށް ފަތުރާލާފަ ރައްޔިތުން ބޮލަށް ކަނޑާލާފަ މިސްކިއްތައް ބަންދުކޮށްލާފަ އަނެއްކާ ކޮވިޑޫ މަދުވީމާ މިހާރު އިންޑިޔާއިން ބަލި ކޮންޓޭނާރ ތަގެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ބަލިގެނެސް ރާއްޖޭއަށް ފަތުރާފަ ބުނާނީ ރައްޔިތުން ބޭރަށްނުކުތީމައޭ ބަލިފެތުރުނީ މީ މިސަރުކާރުގެ ހީލަތްތެރި ރޭވުން