22:03

މާލެ އިން މިއަދު ފައްސިވީ 43 މީހުން، ރާއްޖޭގެ ޖުމްލަ 133

20:08

މިއަދުން ފެށިގެން ކުރިއަށް އޮތް އަށް ދުވަހު ފިހާރަތަކާއި، ކެފޭ/ރެސްޓޯރެންޓްތަކުން 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދޭވެނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެ

18:49

ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މިމަހުގެ ތެރޭގައި ނުވަތަ މި މަހުގެ ފަހުން ލުއިތަކެއް ދެވޭނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ދެއްވައިފި

16:40

ސްކޮޓްލޭންޑުގެ 2،000 އެއްހައި ކޮވިޑް-19 ވޭދަނަތަކާއި ޔޫރޯ2020 މެޗުތަކާއި ގުޅިފައިވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފި

16:28

ކޮވިޑް-19 ޖެހިގެން ގދ. ތިނަދޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

15:33

އަންނަ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސަައިފި

15:21

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ދަތުރު ކުރަން ލިބޭނީ 45 ދުވަސް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި

08:48

ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ.


ކޮވިޑް-19 އާއިއެކު މޭ މަސް ދިވެހި ހޭދަކުރީ ވަރަށް ބޮޑު ބިރުވެރިކަމެއްގައި ތިބެގެންނެވެ. ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކަށް ފަރުވާ ނުދެވި، ސިއްހީ ނިޒާމް ބޮއްސުންލައިގެން ދިޔައެވެ. ޖޫން މަސް ފެށުނުއިރު ވެސް ހާލަތު އޮތީ ރަނގަޅަކަށް ނޫނެވެ.

ޖޫން މަސް ފެށުނުއިރު ދުވާލަކު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން %13 މީހުން ކޮވިޑަށް ފައްސިވިއެވެ. ޖޫން މަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 208 މީހުންނަށް ފަރުވާ ދެމުން ގެންދިޔައެވެ. އޭރު ކޮވިޑް ޖެހިފައި 24035 މީހުން ތިއްބެވެ. ޖޫން މަހުގެ ފުރަތަމަ ދުވަހު 767 މީހުން ފައްސިވިއިރު އޭގެތެރެއިން 373 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު ޖޫން މަސް ނިމިގެން ދިޔައިރު ޖޫން 30 ވަނަ ދުވަހު ކޮވިޑަށް ފައްސިވީ 138 މީހުންނެވެ. އޭގެތެރެއިން މާލެ އިން ފައްސިވީ 13 މީހުންނެވެ.

މިއަދު ވެސް ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ މީހުންގެ ނިސްބަތް %3 ގައި ހުންނަތާ މިއަދަކީ ތިން ވަނަ ދުވަހެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 3602 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 28 މީހުންނަށެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސައިން

    އެންމެރީތި ހެޑްލައިން. ޢިރާދަކުރެއްވިއްޔާ ދެންވާނީ ރަނގަޅު

  2. އާމިރު ނަސީމް ، އއ . އުކުޅަސް

    ކޮވިޑް ވަގުންނަށް ރުފިޔާ ކޮޅެއް ލިބުނުބާ