ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި އަވަހާރަވީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ފަޟީލަތުއްޝައިޚް އަހްމަދު ޝާތިރުގެ އަނބިކަނބަލުން އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ ކަން "ވަގުތު" އަށް އެނގިއްޖެއެވެ.

އެކަމަނާ އަވަހާރަވީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

އުމުރުފުޅުން 91 އަހަރުފުޅުގައި އެކަމަނާ އަވަހާރަވިއިރު، އެކަމަނާއަކީ ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލޭގެފާނުގެ ދަރިކަނބަލެކެވެ. އެކަމަނާގެ މަންމާފުޅަކީ ހާޖީ އިމާދުއްދީންގެ ދަރިކަނބަލެކެވެ.

ޖަމީލާގެ ބައްޕާފުޅު އަމީރު އިބްރާހީމް ފާމުލަދޭރި ކިލޭގެފާނު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވީ 1954 އިން 1957 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ވަރަށް ގިނަ ދިވެހިންނިޔާވެއްޖެ. މި ބަލީގައި ނިމާވި އެންމެނަށާ އަދި ނިޔާވި އެންމެހާ މުސްލިމުންގެ ފުރާނައަށް ﷲ ސުވަރުގޭނެ ނިޢުމަތް ދެއްވާށި. އާމީން

  2. އަލިބެ

    ޖަމީލާ އެހުންނެވީ ކަނާތްފަރާތުގައެވެ. އެއީ އަމީންގެ ވާތްޕުޅު ފަރާތެވެ. (ފަރާތް ފޮޓޯތަކުން ކިޔަނީ ބަލާމީހުންގެ ދެފަރާތަށް ނިސްބަތްކޮށެވެ.)