ރާއްޖޭގެ މީޑިއާތަކުންނާއި އާއްމުން އިންޑިއާ އާއި ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން ދިވެހިންނަށާއި ދިވެހި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ދިވެހި ސަރުކާރަށް އެންގި ޚަބަރު ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އިންޑިއާ އެމްބަސީ އިން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީ އާއި ގުޅޭ ޚަބަރު މިއަދު ވަނީ "ދަ ވަޔާ" ގައި ވެސް ގެނެސްދީފައެވެ.

އެނޫހުގައި ވަނީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން އާދަޔާއި ހިލާފަށް ގާތްވެފައިވާކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލާ "އިންޑިއާ އައުޓް" ނަމުގައި ދިވެހިން ކެމްޕޭނެއް ހިންގަމުން ގެންދާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާ އެމްބަސީ އިން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް އިންޑިއާގެ ބައެއް ނޫސްވެރިން ވެސް ވަނީ އެސިޓީ މީސް މީޑިއާގައި އާއްމު ކޮށްފައެވެ.

އިންޑިއާ އެމްބަސީގެ ސިޓީގައި ބުނެފައިވާ ގޮތުގައި ބައެއް މީޑިއާތަކާއި މީސް މީޑިއާގައި ޖަހަމުންދާ ލިޔުންތަކުގައި އަމާޒުކޮށްފައި ވަނީ އިންޑިއާގެ ހައި ކޮމިޝަނާއި ހެޑް އޮފް މިޝަން އަދި ޑިޕްލޮމެޓިކް މުވައްޒަފުންނާ މެދު ނަފުރަތާއި ހަމަނުޖެހުން އުފެއްދުމަށެވެ. އެހެންވެ މައިގަނޑު ދެ ފިޔަވަޅެއް އަޅައިދޭން ހައި ކޮމިޝަނުން އެދިފައި ވެ އެވެ.

އެގޮތުން އިންޑިއާގެ ހައިި ކޮމިޝަނާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްދިނުމަށާއި ނަަފުރަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައި ދިނުމަށް އެދިފައިވެއެވެ.

މިމައްސަލަ އިންޑިއާ ހައިކޮމިޝަނުން ވަނީ ރައްޔިތުން މަޖިލީހުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ މީޑިއާތަކުން އިންޑިއާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހްބާން ފަހްމީގެ ސަމާލުކަމަށް ގެނެސްފައި ކަމަށް އޭނާ ރޭ މީޑިއާގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ލލ

    1850 ގައި އެންމެ ފުރަތަމަ އިގިރޭސިން ކުދި ޤައުމުތަށް އިސްތިއުމާރު ކުރަމުން ގޮސް އިންޑިޔާ ސަރަހައްދަށް އިގިރޭސިން އައީ 1918 ގެ އަހަރޮތަކި އިންޑިޔާގައި އޭރުގައި އޮތް މުސްލިމުންގެ ވެރިކަން ބަދަލް ކުރަން ހިންދޫން ނަށް ވާގިވެރިވެ 1945 ގައި ހިންދޫން ވެރިކަމަށް ގެނެސް 1949 ގައި މުސްލިމުން ނަށް ޕާކިސްތާން ކިޔާ ތަނެއް ހަދާދީ، 1966 ގައި އިސްރާއީލް ދައުލަތް އުފެއްދީ ވެސް އިގިރޭސިން އަޑީގައި ތިބެގެން، އިންޑިޔާ އާއި އިސްރާއީލް ގައިވެސް ގިނަވާނީ އިގިރޭސިންގެ އިންވެސްޓް، އިންގިރޭސިން ގުރޭޓާ އިންގުލޭންޑް ހަދަން ޔޫރަޕިއަން ޔޫނިޔަން ހެދީމާ ބަޔެއް ޔޫރަޕް ޤައުމުތަކުން މާބޮޑު ސަމާލުކަމެއް ނުލިބުމުން މިހާރު އިގިރޭސިން ވަނީ ޔޫރަޕިއަން ޔޫނިއަނުންވެސް ވަކިވެފައި !

    60
    3
  2. ރައްޔިތު

    އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..!

    95
    2
  3. ދޯދި

    ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް.

    94
    2
  4. ޙޯރަ

    އިންޱިއާއައުޓު ހަމަމިހާަރު

    79
    1
  5. މަގޭސުވާލު

    މިފެންނަނީ އިންޑިއާގެނުފޫޒު ރާއްޖެއަށް އޮތްމިންވަރުތޯ ނޫނީ ދިވެ ހިން އަޅުވެތިވާތަންތޯ ؟

    75
    1
  6. މާކު

    ލަދުހަޔާތްކޮބާ ރައިތުން ނިކުމެ ތި އެނބަސީ ތަޅާލަންވީ.ކިހާބޮޑުދުއްޕާނެއް. މިހާޜުއެހެންގައުމެއްގަނަމަ ތި އެންބަސީގަޑުގެނިޝާނެއްވެސް ނުހުންނާނެ

    57
    2
  7. ނިހާން

    މީގެ ކުރިން އަހަރެންނަކީ މިކަމާ މާއަޅާލާ މީހެއް ނޫން ނަމަވެސް މިސިތީ ފެނުންމުން މިހާރު ކަންތާއްތައް މިހިރަ ދާމަގު ވަރަށް ސާފު! މިއީ ދިވެހިން އިންޑިއާ އައުޓް އަޑު ހަރުކޮށް ގޮވަންވީ ވަގުތު. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް.

    65
  8. ފައިޒް

    މިހާގޮތެއްނެތް ވެރިޔެއްދުނިޔެނުދެކޭނެ. މީދެން ބޯޑުވަރު ރައިތުން ތި އެންބެސަރޑަރ ސައިޒްކޮބަލަ

    53
  9. ހަވާސާ އިބޫ

    އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..!

    52
    1
  10. ހުސޭނުބޭ

    އަޅެ އިންޑިޔާއިން ދެކެނީ ދިވެހިންނަކީ އަޅުންކަމަށް. މިކަން ހިންނަވަރު އުބްރާހީމަށް ވިސްނޭނެ ދުވަހެއްވެސް ނޭގޭ!

    52
    1
  11. ވިސްނާލުމަށް އެދެމޭ

    އިންޑިއާ އައުޓް...ސަންޖޭސުދީރު އައުޓް...އިންޑިއާ އައުޓް.....ސަންޖޭސުދީރު އައުޓް....އިންޑިއާ އައުޓް މިއީ މިއަދު މައްދިވެ ހިންގެ ހިތުގެ އެއްމެ ފުށްމުނުން އެދި އާދޭސްކުރާ ކަންމަކީ....ނެތީމޭ މިގައުމުގެ އެއްމެ ވެލިފުކެއްވެސްދޭކަށް...،.. ހިލާތިޔަ ހެން ދައްކާބިރަކަށް ..ފިދާވެދިޔަ ކާބަފައިން ހިލޭދެއްކި ނަމޫނާއިން މިތާންގެ ދަރިން ފިލާވަޅުލިބިގެނޭތިބީ..މިތާންގެ ވެރިން ފިލާތިބެ ކުރާސޮޔަކަށް އަގެއްނެތޭ މިތާދަރިންދައްކާނެ.. ފިލާނެ ހޭ އެއުދަރެސް ނުވާނެތިކަމެ އަޒާނުއެކަނި ހުއްޓަސް ސަމާ ހު ހިފާނެ ދެވަނަ ބާރަކަށް..ބަލަ އެކެޔޮނިރު އެބުޝްރީއާ ޝަފްރާޒުމެން ތި ހެން ދައްކާބިރަކަށް ފިލާދުވާނެ ކަމަށް ހޭ ހީކުރީ.. ޗެނަލް13 ނެތްކަމަށް ހޭ ހީކުރީ އޭގެ ބަތަލަކީ ނިކަން ގަޓް ހުރި ވެރިޔެކޭ.،........ އެއީ ދެވަނައެއްނެތް ނިކަންލޯބި މިވަތަންދެކެވާ ފިސާރި ދިވެ ހި ދަރިޔެކޭ... ..އޭއީ ދިވެ ހިންގެ ގަޓް ރައީސޭ ދިވެ ހިންގެ ދިވެ ހިރައީސޭ...ރައީސް ޔާމީން..........

    43
    2
  12. ުމުރާދު

    މިހާއަވަހަށް އަމުރުކުރަންފެށީ ފަހުންވާނެގޮތް ވިސްާލައްވާ އިންޑިއާގެ ސްޓޭޓެއްތޯމިއީ އެހެންވެތޯ
    ގައުމަށް ލޯބިހުންނަ ގައުމުގެދަރިން ޚިޔާލުފާޅުކުރައްވަންފެށުމުން އިންޑިއާއިން އެކަންހުއްޓުވަން
    އެންގީ މިއީ ޚާރިޖީ ގުޅުންތަކުގެ މުއާހަދާއާ ޚިލާފުވުމެއްކަމުގައިވާހިނދުވެސް މިފަދަކަމެއް
    އަންގާނީ ވަރަށްޕަވަރލިބިފައިވީމަ އަނެއްކާ ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއްކަމަށްދެކެނީތޯ
    މިހާލަތަށްދިއާމަ ނޮވެމްބަރ 3 ގައި ޝަހީދުވެލެއްވިބޭކަލުންނާ ޝަހީދު ޢަލިރަސްގެފާނާ ބޮޑު
    ތަކުރުފަނުމަތިން ވަރަށްހަނދާންވޭ އަދި މިޅެންމަތިން ހަނދާނަވެ ގައުމީޖޯޝްއާދޭ '' ދިވެހިބިންމީ އުފަންމަގޭބިން ލެވުނުފުރަތަމަ ނޭވާ މަގޭބިން އެބިމަކަށްޓަކާޢެންމެފަހުގެނޭވާ؛؛.....
    އަދި ޗެނަލް 13 ހަނދާންވެ ޗެނަލް13 އިންފެން ފުތަމަ ގައުމު ވަރަށް ކަމުދޭ

    28
  13. ގެރި

    އިންޑިޔާ އައުޓް، އައުޓް، އައުޓް، އައުޓް، އައުޓް، އައުޓް، އައުޓް، އައުޓް، މިބުނީނު އައުޓޭ!!!!!

    33
  14. ޒާ

    ދިވެހި ގައުމުގެ ވެރިކަމުގާ ތިބި ބަޔަކު އަމިއްލައަށްވެސް ވިސްނާލުން ރަނގަޅު އިންޑިއާ ބޭނެންޖެހޭނެ ކަންކަމާއި ބޭނިގެން ނުވާނެ ކަންކަން.

    32
  15. ސސ

    ބޭރު މީހުން ކޮންޓުރޯލް ކުރާ ހާރިޖީ ސިޔާސަތު ދިވެހިރާއްޖޭގައި އޮވެގެން ނުވާނެ އެއީ ބޮޑުތަކުރުފާން ޕުރިން ސިޕަލް އާއި ހިލާފް ކަމެއް !

    32
  16. ބޭރުމީހާ

    މިފެންނަނީ އިންޑިއާގެ ވެރިން، ދިވެހިރާއްޖެއަކީ އެބައިމީހުންގެ ބާރުގެދަށުގައިވާ ތަނެއްކަމުގައި ހިތުގެ އަޑިން ގަބޫލުކޮށްފައިވާ މިންވަރެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އިންޑިއާގެ އަންމައްޗަށް މިހިރަދަނީއެވެ. އަހަރެމެންގެ މުސްތަގުބަލުގެ ޖީލްތަކަށް އޮތްބިރުވެރިކަމެއްގެ ބޮޑުކަމާއެވެ!!!!!

    40
  17. ޙެހެ

    އެއްވެސް ގައުމެއް “އައުޓް” ގޮވުމަކީ ވަރައް ނާތަހުޒީބު ކަމެއް. ޢެހެން ވެއްޖެނަމަ ރާއްޖެ ދާނީ ފަހަތައް. ޢޭގެ ހިތި ނަތީޖާ ފެންނަން ދުވަސް ނަގާނެ. މީ ލާމެހިފައިވާ ދުނިޔެއެއް.

    1
    7
  18. ޢަހުމަދު

    އިންޑިޔާ އައުޓް...

  19. ހުސްކުރާސޭލް

    އަދަބެއްލިބިދާނެތީއާއި ޖިނާކުށެއް ގަ ޖަލު ގަ އޮންނަންޖެހިދާނެތީ އެއްޗެއްބުނަންބިރު ގަނޭ އެކަމަކުވެސް ކުޑަމިންވަރަކުން ފުއްދާލަމުން އިންޑިއާ ގެ ފައިބުޑުންތެދުވުމަށް ހުރިހާދިވެހިރައްޔިތުންނަށް ގޮވާލަން!!!!!!

  20. ރަދީފް

    IndiaOut #IndiaOut #IndiaOut #IndiaOut #IndiaOut#

    ކޮބާ ފެނޭތަ؟ ފެނޭ ދޯ.

  21. ޒަބީބު

    ގިނައަދަދެއްގެ ދިވެހި ރައްޔިތުން ޤާނޫނުގެ ބޭރުން ހިފާ ހައްޔަރު ކުރަން ކެނެރީގޭ ނަޝީދު ގޮވީ ކޮން ބައެއްގެ އެންގުމަށް ކާކު ބުނެގެން މިއޮތީ ވަރަށް ސާފުކޮށް އެނގިފަ.

    އެކަމަކު ބުނަން! ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫން އަސާސީ އަށާއި، ދިވެހި ސަރުކާރަށާއި ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަށާއި ދިވެހި ރައްޔިތުންނަށް ގޮންޖަހާފަ އިންޑިއާ އެމްބަސީ އިން ކެނެރީގޭ ނަޝީދު އެމްބަސީ ތެރޭގައި ފޮރުވައިގެން ޗަޕާތީ އާއި ދާލްމަކްނީ ކާންދީގެން ގެންގުޅެވުނު ދުވަސް ފާއިތުވެގެން ހިގައްޖެ. އެކަމަކު އިންޑިއާ އެމްބަސީއިން ނަޝީދު އާއި ބައިއަތު ހިފައިގެން ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުން ނަފީކޮށް ހުރަސް އަޅަން ބާގެއިން ކުރާނެ އެއޗެއް އުފެއދުމަށް ހިންގި އެ ހީލަތްތެރި ނާތަހުޒީބު މުޅިގަނޑު ދިވެހިން ހަނދާނުގަ އިއްޔެ ވީކަމެއްހެން އެބަހުރި. ތިގޮތަށް ދިވެހިންނަށް އިންޒާރުދި ބިރު ދެއްކިޔަސް ދިވެހިން ނުސިހޭނެ. އެއާރޕޯޓް ހިންގުމުގެ ނަމުގައި ޖީއެމްއާރް ލޯގޯ ޖަހައިގެން ދިވެހި ޤައުމަށް ފޭބި އިސްތިއުމާރީންވެސް ފަހާ ބޭރުކުރަން ފަސްނުޖެހުނު ބައެއް ދިވެހިންނަކީ. މިހާރު ކުރިޔަށްވުރެ ހިއްވަރު ގަދަވާނެ.

  22. އައްޑޫ ޝަކުވާ ބޯޓު

    ދިވެހި ލޭ ތި ކައްކުވަނީ؛
    މިލެޔާ ހަމަ ހިލާ ކުޅެން ނަހަދާތި.

    އިބޫސާލިހް ނަޝީދު ކަލޭމެން ދެމީހުން ގެ ލަދުހަޔާތް ކޮބާ؟

    އެމެރިކާނުން ކުޅޭހެން ދެހަތުރުން ކަމަށް ދައްކައިގެން އެއްގަލުން ފެހިކާ ދެމީހުން 2023ގެ ރިޔާސީ އިންތިހާބަށް ނެރެން؟
    ޢެކަމެއްވެސް ކާމިޔާބެއް ނުވާނޭ
    އިރާދުކުރެެއްވިއްޔާ ތާ އަބަދަށް ތިފިތުނަވެރިންގެ ކިބައިން ގައުމު ސަލާމަތްވާނެ. އާމީން؛!
    ނިކަން ހޭލާ މިތިބީ.

  23. ރަބަރޭ

    އިންޑިޔާ އައުޓު އިންޑިޔާ ކިތައްމެ ސައިޒުން ބޮޑަކަސް ބިރެއް ނު ގަނޭ ބަލަ ކިހިނެއް
    ވެ ގެންތަ ތިޔަ ތެޅި ބާލަނީ ދިވެހިރާއްޖެ މީމިނިވަން މުސްތަ ގިއްލު ގައުމެއް ކުރައްވާ ކަންތަކާ ނުކުރައްވާ ކަންތައްތައް އިންޑިޔާ އަކަށް ނޭތް ގޭނެ

  24. އިސްމާޢީލް

    "އިންޑިއާ އައުޓު" "ނިކްލޯ މޯލްޑިވްސް މެއި" "ގެޓް އައުޓް" ކޮންމެހެން މި ޤަޢުމުގެ ނަން މޯދީ ޖީ ގެ ނަމާއި ގުޅޭވަރުން މިތަން ހިފައި މިތަން އިންޑިއާގެ ތަނަކަށް ހަދައި " މޯދީސް" ކިޔަން އުޅޭނެކަމެއްނެތް މި ކީ، ކިޔާނަން، ކިޔޭނެ، ކިޔެވެ، ކިޔާނެ، މިކިޔަނީ " އިންޑިއާ އައުޓް" ވ. ސަލާމް

  25. ބަނަ

    ސޯލިހޫ ހެޔޮނުވާނެ މިގައުމަށް ކަލޭ ތިޔަހެން ނުހަށްދަވާ ކޮންމެގޮތެއްވިޔަސް ސޯލިހަށް ދެން ރަނގަޅު ގޮތެއްނެތް ވެރިކަމުން ފައިބާގޮތަށް ޖލ ހިޔާރުކުރަށްވާ މުއެނޫންގޮތެއް ރަށްޔަތުން ބޭނުމެއްނުވާނެ

  26. ރަށުމީހާ

    ފަލަސްތީންބިމުން އިޒްރޭލް އަައުޓޭފަލަސްތީންދަރިންގޮވަންފެށުމުން ފަލަސްތީނުގެދަރިންގެދޫ
    ބުރިކުރަންވީތޯ ދެރައީ އިންޑިއާ އައުޓެގޮވުމުން ދިވެހިންގެދޫބުރިކުރަން އިންޑިއާއިން ދިވެހި
    ސަރުކާރަށް ނުއެންގީތީ އަދިފަހުން މިގޮތަށްވެސް އެންގުން އެކަށީގެންވޭ ނަމަވެސް އަހަރެންގެ
    ދޫ ސަލާމަތުންހުރިހާހިދަކު ދިވެހިދަރިއެއްގެހައިސިއްޔަތުނޤ