ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެ، ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން އެންމެ ގިނައިން ބަންދު ކުރި ރަށްތަކުގެ ތެރޭގައި މި ސިޓީ ހިމެނޭނެއެވެ.

އެރަށު ކައުންސިލުން ބުނެފައި ވަނީ، އެ ރަށް މިހާރު ބަންދުކޮށްފައިވާ ކަމަށާއި، ރަށުގައި ތިބި އެއްވެސް މީހަކު މިހާރުން ފެށިގެން އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ރަށަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.

އެ ސިޓީ މޮނީޓަރިންގއަށް ލީ މިއަދު ހަވީރު 17:50 ހާއިރު އެވެ.

އެރަށުން ފައްސިވެފައި ވަނީ 13 އަހަރުގެ ކުއްޖެކެވެ.

ކޮވިޑާއި ގުޅިގެން މިފަހަކުން އެރަށް ތިން ފަހަރެއްގެ މަތިން ބަންދުކުރިއެވެ.

އެއީ މިދިޔަ މެއި މަހު ދެ ފަހަރެއްގެ މަތިންނާއި ޖޫން މަހުގެ ތެރޭގައެވެ.

ކޮވިޑާއި ގުޅިގެން މިހާރު ރާއްޖޭގެ 15 ރަށެއް ބަންދުކޮށްފައި އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު