ގދ. އަތޮޅު ނަޑެއްލާއިން އިތުރު 28 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށަކީ މިހާރު އެ އަތޮޅުން އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ރަށެވެ.

އެރަށުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 145 އަށް އަރާފައެވެ.

އެރަށު ކައުންސިލުން ބުނެފައިވާގޮތުގައި އެރަށުން ފުރަތަމަ ފައްސިވެފައި ވަނީ، އެރަށުން ތިނަދޫއަށް ގެންދިޔަ މީހެކެވެ.އެއީ އުމުރުން ދުވަސްވީ މީހެކެވެ.

އޭގެ ފަހުން އެރަށުން ގިނަބަޔަކު ދަނީ ފައްސިވަމުންނެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން އެރަށުން 59 މީހަކު ކޮވިޑަށް ފައްސި ކަމަށް ދެއްކިއެވެ.

އެރަށުން ކޮވިޑް ފެނިގެން އެރަށް ބަންދު ކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޑޭ

    ދިވެހިރާއްޖޭގައި ކެންސަރު ޖެހިފައި ތިބީކިތައް މީހުން ތޯބަލަން ސިއްހީދާއިރާއިން ނުކުމެ މުޅިގަުމުގެ އެންމެން ޗެކުކޮއްބަލަ މިގައުމު ކަންބޮޑުވާ ހިސާބައް ކެންސަރު ޖެހިފަތިބި މީހުން ފެންނާނެ . ކޮވިޑްގެ ނުރައްކަލަކީ ދުނިޔޭގައިވާ މީޑިޔާތައް ،،،،،،،