ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވި އެންމެ އިސް މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާ ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައި ވަނީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށެވެ.

"ރައީސް ނަޝީދަށް ހަމަލާދީީ،މަރާލަން ޖެހޭ ފަދަ މީހެއް ކަމަށް ވިސްނާދީ އިރުޝާދު ދިން ފަރާތެއް ތަހުގީގަށް ގަބޫލުކުރެވޭގޮތުގައި، ހަމަލާދިނުމުގައި އެންމެ އިސް ފަރާތް މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީން ވަނީ ހައްޔަރުކޮށްފައި". ސީޕީ ހަމީދު ވިދާޅުވިއެވެ.

އޭނާ އަކީ 2017 ވަނަ އަހަރު ވެސް ބޮމެއް ހަދަމުން ދަނިކޮށް ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ދޫކޮށްލާފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ފަހުން އެމައްސަލަ ވަނީ އަނބުރާ ގެނެސްފައެވެ.

ސީޕީ ވިދާޅުވީ، މި ހަމަލާދިން ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ނިންމައި އެކަމުގެ ތައްޔާރީތަކާއި ރޭވުންތައް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.

"2020 ވަނަ އަހަރު ފަހުކޮޅުން ފެށިގެން މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވޭ" ސީޕީ ހަމީދު ވިދާޅުވިއެވެ.

ހައެއް މެއިގައި ނަޝީދަށް ދިން ހަމަލާގައި މިގޮތަށް ހަމަލާދޭން އުޅުނު ތިން ވަނަ ފަަހަރު ކަމަށް ސީޕީ ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާގެ އިސް މީހެއްގެ ގޮތުގައި ހިމެނޭ ތަސްލީމް ހައްޔަރު ކުރީ މިއަދު ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ވެސް ތަސްލީމް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލިއެވެ. އެމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ތަސްލީމް އާއި އިތުރު ފަސް މީހަކު ހައްޔަރު ކުރަން އަމުރު ނެރުނެވެ. އެއަމުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެމީހުން އަނެއްކާވެސް މިނިވަން ވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން މިހާތަނަށް ފުލުހުންނަށް ކުރެވުނު މަސައްކަތްތައް!

  • 840 އަށްވުރެ ގިނަ މީހުންނާއި ފުލުހުން ބައްދަލުކޮށް މައުލޫމާތު ހޯދުން.
  • 228 މީހުންނާއި އިންޓަވިއުކޮށް ބަޔާން ނެގުން
  • އަމިއްލަ 109 ތަނަކުން ސީސީޓީވީ ފޫޓޭޖް ނެގި
  • 5616 ގަޑިއިރުގެ ފޫޓޭޖް ރީޓެއިންކޮށް ދިރާސާ ކުރި
  • މާލެ ހުޅުމާލެ 190 ތަނެއްގައި ހަރުކޮށްފައިވާ 372 ޕޮލިސް ސީސީޓީވީ ކެމެރާ ފޫޓޭޖް، 60،072 ގަޑިއިރުގެ ފޫޓޭޖް ނަގާ ރީޓެއިންކޮށް އެނަލައިޒް ކުރި
  • މައްސަލައާ ގުޅުން ހުރި އެވިޑެންސް ފޫޓޭޖްގެ ގޮތުގައި ހިމެނޭ ކެމެރާތަކުގެ އަދަދު 206
  • ހަމަލާގައި ބައިވެރިންގެ ހަރަކާތްތައް ދައްކުވާދޭ 1829 ކްލިޕެއް ހޯދިފައިވޭ
  • 103 ބަލާފާސްކުރުން (ތަންތަނާއި، އުޅަނދުފަހަރާއި، މީހުން)
  • ސީންގައި 9 ގަޑިއިރުގެ މަސައްކަތް ކުރި
  • 800 އަށްވުރެ މާއްދީ ހެކި ހޯދި
  • ރާއްޖެއިން ބޭރުގެ ދެ ލެބޯޓްރީއަކަށް މާއްދީ ހެކިތައް ފޮނުވާ އެނަލައިޒް ކުރަމުން ދޭ

މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

އެއީ ވ. ތިނަދޫ ހިޔާގެ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޅޮލް

    ތިޔާ ހަބަރެއް ނޫނެއްނޫން. ކޮބާހޭ އޭނާގެ މަޢުލޫމާތު.

    25
    4
    • ހައިރާން

      ކަލޭ ރަނގަޅަށް އަދި މިހަބަރު އަކުރުން އަކުރަށް ކިޔާބަލަ. އޭރުން އެނގޭނެ.

      7
      2
    • ޒައިކް

      ތިޔަ ވަރު ކަމަކަށް ފަނޑުކޮށް ރެވޭހާ މާލީ އަދި ޢިލްމީ ޤާބިލު މީހެއް ނޫން ތިޔައީ.. ތީގެ އަސްލަށް އަދި ވާސިލުވީކަމަކަށް ނުފެނޭ.. އަޑީގަ ތިބި ބޮޑުން ފޮރުވަން ކުދި ބަޔަކު ޤުރުބާންކުރަނީ ނޫންބާ؟؟

      7
      1
  2. އަލިބެއްޔާ

    ސުވާލަކީ މިވަރުގެ މައްސަލައެއްގެ ޙުކުމަކީ ކޮބާތޯ..

  3. ޕޮލިސް

    60072 ގަޑި އިރު އެއީ ކިތައް ދުވަސް ތޯ އެވެ. ޢެ މައްސަލަ އަށް އެހާ ދުވަސް ވެއްޖެތޯ ! ޢެނަލައިސް ކުރި ކިހާ ގަޑިއެއް ސާފު ނުވާތީ ޢެވެ.

    • ފާއިޒު

      60067 ގަޑި އަކީ ގާތް ގަނޑަކަށް 7 އަހަރު ނުވަތަ 6 އަހަރާއި 10 މަހާއި 13 ދުވަސް ދޯއެވެ. އެހެންވީމާ ޔާމީނުގެ ވެރިކަމުގައި ޖަލުގައި އަންނި ހުރި ދުވަސްތަކުގައާއި އިނގިރޭސި ވިލާތުގައި ހުރެގެން އަޑީ ދައުލަތް ހިންގި ދުވަސްވަރުވެސް ޔާގޫތުގެއަށް ފާރަލައި އަންނި މަރާލުމަށް އެ މީހުން އުޅުނީ ބާވައެވެ.
      މިކަން ޕޮލިހުންގެ ފަރާތުން ސާފުވާން ބޭނުންވެއެވެ.

  4. ޚަޑަ

    ފޯންކޯލް އަޑު ނާހާދޯ.

  5. ހުސެން

    ތީ އަނެއްކާ ރަނގަޅުމީހާބާ ދެންބަދަލެއނުވާނެބާ

  6. އަލީ

    މި މީހާއަކީ ކޮންގޮތަކުން އާމުދަނީ ހޯދާމީހެއްތޯ އަދި ކިހާ ފައިސާވެރިކަމެއް ހުރިތޯއެއް ބުނެދެއްވަބަލަ.

  7. ޙހހހ

    ކެމެރާތަކުން ފުލުހުން ބަލަން ބޭނުމިއްޔާ ހުރިހާ ޖަރީމަތެއް ފެންނާނެ ، އަހަރެން ސައިކަލުވަގަށްނަގާގެން ގެންގޮސް 360 ކެމެރާއެއް ގާތު ބެހެއްޓިއިރު އެކަން ކުރިމީހަކު ނޭނގޭކަމަށްވަނީ އަޖާބެއްނު ، އިހްލާސްތެރިންނެތީ

    12
  8. ކ؟ކ؟ކ؟

    ޖަހާފައިވާއަދަދުތަކަށްބަލާއި ރު ލައްކަގިނަ އެހާމެބު ރަކޮށް ފު ރިހަމައަށް މަސައްކަތް
    ކު ރެވިފަހު ރިކަމަށްފެނޭ .. ނަމަވެސް ސިޔާސީކުދިންގެހިތްހަމަޖެހޭނެހެން ހީއެއްނުވޭ ؟ އެބަހީ އެބައިމީހުންނަކީ އަބަދުވެސް ވެ ރިކަމާއިގެން އުޅޭނޭބައެކެވެ. އަލިފު ހާ

  9. ސަހަރޯ

    ހަރުކަށި ފިކުރުގެ މީހުން އުޅޭ އަދި ނަޝީދުވެސް ލާދީނީ ވާހަކަ ދައްކާ. މިދެކަންތައް ވެސް ހުއްޓެންޖެހޭ. ލާދީނީ ނަޝީދާއި ހަރުކަށި މީހުން ތަޅާތަން ބަލަން ރައްޔިތުންނަށް ނުތިބޭނެ.

    12
  10. ގަލަން ތުނޑު

    އެހެންވީމަ ބަލަންބޭނުނިމއްޔާ ބެލޭދޯ ނިކަމެތި ގޮލާގެ ކަމެއްވިއްޔާ ފުޓޭޖެއް އެހެންޓޭޖެއްވެސް ނުހުރޭ...