ޖުލައި މަހުގެ 13 ވަނަ ދުވަހު ކޮވިޑް-19 ފެނިގެން ބަންދު ކުރި ކ. އަތޮޅު ކާށިދޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު 150 އިން މައްޗަށް އަރައިފިއެވެ.

ޖުލައި 13 ވަނަ ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކު ފައްސިވެގެން ބަންދު ކުރި ކާށިދޫން މިހާތަނަށް 153 މީހަކު ފައްސިވެފައިވެއެވެ. ފައްސިވި މީހުންގެ ތެރޭގައި ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި މީހުންނާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވު މީހުން ހިމެނެއެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއާއެކު އެރަށުން ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް އަރާފައެވެ.

ކާށިދޫއަކީ މިހާރު ރާެއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އެއް ރަށެވެ. އެރަށުގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނައިރު، އެރަށުގެ ސިއްހީ މަރުކަޒުގައިވެސް އެ ބައްޔަށް ފައްސިވަމުންދާ މީހުންނަށް ފަރުވާ ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު