ދ. އަތޮޅު ކުޑަހުވަދޫއަށް ބަންދާއި ދިމާކޮށް ދިޔަ އެރަށު މީހަކު، މާލެ އައި ފަހުން ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެރަށް ބަންދުކޮށްފައި ވަނީ މިރޭގެ ވަގުތެއްގައެެވެ.

ކުޑަހުވަދޫ ހޮސްޕިޓަލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ފަޒީލް ވިދާޅުވީ، ކޮވިޑަށް ފައްސިވެފައި ވަނީ ބަންދާއި ދިމާކޮޮށް އެރަށަށް ގޮސް، އެރަށުން މާލެ ފުރި މީހެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު ރަށުގައި ކޮވިޑްގެ ވޭދަނައެއް ނެތެެވެ.

އެހެން ނަމަވެސް މިރޭ އެރަށް މޮނީޓަރިންގއަށް ލާފައި ވަނީ އެ ވޭދަނައާ ގުޅިގެން ކަަމަށާއި، އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

އެގޮތުން މިހާރު ހަ މީހުން ދެނެގަނެވިފައިވާ ކަމަށާއި، ތިން ގެއެއްވެސް ބަންދުކޮށްފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

"އެއީ ބަންދަށް ރަށަށް ދިޔަ މީހެއް، ރަށު މީހެއް އެއީ، އިއްޔެ ފުރީ، ސީދާ އީދަށް ދިޔައޭ ނުބުނެވޭނެ، އަޑު އިވެނީ އީދުގެ ފަހުން ދިޔަ މީހެއް ކަމަށް".

މިހާރު ކޮވިޑާއި ގުޅިގެން ރާއްޖޭގައި 12 ރަށެއް އޮތީ ބަންދުކޮށްފައެވެ. އޭގެ ތެރެއިން އިއްޔެ ބަންދު ކުރި ހއ. ތަކަންދޫ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު