އއ. ހިމަންދޫއަށް ޗުއްޓީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، ފައްސިވި މީހާއަކީ އައްޑޫ ސިޓީން އެރަށް ދިޔަ މީހެކެވެ. އެއީ ހިމަންދޫ މީހެކެވެ. އޭނާއާއެކު އާއިލާވެސް އެރަށަށް ދިޔައެވެ.

އެ މީހާ ފައްސިވުމާއި ގުޅިގެން އާއިލާގެ އިތުރު ބަޔަކު ޓެސްޓުކުރިއިރު، މިހާތަނަށް ފަސް މީހަކު ވަނީ ފައްސިވެފައެވެ.

މިއީ ބަންދަށް ދިން ލުއިތަކާއެކު ކޮވިޑް ފެނުނު ރަށްތަކުގެ ތެރެއިން މިހާރު ބަންދުކޮށްފައި އޮތީ 11 ރަށެކެވެ. އެ 11 ރަށުގައިވެސް ކޮވިޑް ފެތުރެމުންދާއިރު، ބައެއް ރަށްތަކުގެ ހާލަތު ގޯހެެވެ.

މިހާރު މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ އަދަދުތަކަށްވުރެ އަތޮޅު ތެރެއިން ފައްސިވާ އަދަދުތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް 77،633 އަށް އަރާއިރު، އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 2472 މީހަކަށެވެ. ރާއްޖެއިން ކޮވިޑް ޖެހުނު 222 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    ރަށަށްވުރެ ބަނދަރު ބޮޑު! ރާއްޖެތެރޭގެ ތަރައްގީގެ ޕްލޭން އޮންނަނީ މިކަހަލަ ގޮތަކަށް.

  2. ހެދިކާ

    ކޮންމެ 5 އަހަރަކުން ބަދަރު އަލުން ހަދާނެ