ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔައިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކާ ރިޒާގެ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުވެ، އެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކޮށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ޤާނޫނާ ޚިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް ޢަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

އެހެންވެ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ހައްގުތަކާ ގުޅުންހުރި އެހެން ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ހައްގުތައް ނިގުޅައިގަނެފައިވާ މައްސަލާގައި އެ މައްސަލައިގައި ރިޒާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

އޭގެ އިތުރުން، ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެއެވެ.

ހިއުމަން ޓްރެފިކިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ރިޒާގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި މިވަނީ މަޖިލިހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ވަރުގެ ދައުވާއެކެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން އެހެން ކުންފުންޏެއްގެ އަތުން މަސައްކަތް ނަގައިގެން އުޅުނު ރިޒް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޖުލައި އެކެއްގައެވެ. އެ މައްސަލައިގައި ރިޒްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު ތިނެއްގައި ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުއްޅަބޭ

    އެސޮރު ވާނީ ހުދު ކާފޫރު ކޮޅަކަށް!

    13
  2. ހުސޭނުބޭ

    ތިކަހަލަ ހުރިހައި ވައްތަރެއްގެ މައްކާރުންނެއް ތިބޭނެ ތި މަޖިލީހުގައި

    15
  3. ޒަބީބު

    ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތައް ހަމަޖެހިފައި އޮންނަނީ އެއްވެސް މެމްބަރަކު ކުރާ ޖިނާއި ކުށުން ބަރީއަ ވެވޭގޮތަކަށެއް ނޫން. މަޖިލީހުގެ އިމްތިޔާޒް ހިނގާނީ މަޖިލީހުގެ ތަޅުމުގައި ނުވަތަ ކޮމެޓީ މަރުހަލާގައި ދައްކާ ވާހަކައާއި ކުރާ ޖިނާއީ ނޫން އަމަލުތަކަށް. ވީމާ 19 ވަނަ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ އަށް ވެސް ދަންނަވަން އޮތީ ހަމަ އެއް ވާހަކައެއް. ރިޒާގެ މައްޗަށް އެވަނީ ހިއުމަން ޓްރެފިކިންގެ ދައުވާއަކާއި، ހިމަން ރައިޓްސް އެބިއުސް ކުރުމުގެ ދައުވާ އުފުލިފައި. އެދައުވާ އުފުލުނު ވަގުތުން ފެށިގެން ރިޒާ އަށް މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތާއި މޯރަލް އޮތޯރިޓީ އެވަނީ ގެއްލިފައި. ވީމާ ޑިމޮކްރެޓިކް ޕްރިންސިޕްލްސް އާއިޑިމޮކްރެޓިކް ވެލިއުސް ދައްކާދޭ ސާދާ ތަހުޒީބު ގޮތަކީ ތިމާގެ މައްޗަށް އެފަދަ ދައުވާއެއް އުފުލުމުން އަމިއްލަ އަށް ވޮލަންޓަރީ ގޮތުން އިސްތިއުފާ ދިނުން. ޖިނާއީ ކުށެއްގެ ދައުވާ އުފުލުމުން ޓެކްސްޕޭޔާގެ ފައިސާއިން މުސާރަ އާއި އިނާޔަތްތައް ނަގައިގެން މަޤާމުގައި ދެމިހުރުމަކީ ނާތަހުޒީބު އަދި ހަޑިމުޑުދާރު އަމަލެއް. އަދި ވަކިން ޚާއްސަ ގޮތެއްގައި މަޖިލީހުގެ ކަރާމާތާއި ޝަރަފަށް ދެވޭ ހަމަލާއެއް. ވީމާ ތަހުޒީބު ތާހިރުގޮތް ޚިޔާރުކުރައްވައި މަޖިލީހުގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި ރިޒާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ނަސޭހަތްތެރިވަން އަދި އިލްތިމާސްކުރަން.

    ހަމަ މިއާއިއެކު 19 ވަނަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގެ ނަފްސާނީ ޑޮކްޓަރެއްގެ ގާތުގައި ބަނގުރާ ބޮމުން ގެންދިޔަ ކަމަށް ވެވަޑައިގެންފައިވާ އިއުތިރާފް އަށް ބިނާކޮށް، މަޖިލީހުގެ ކަރާމާތާއި ޝަރަފް ދެމެހެއްޓުމަށްޓަކައި އެމަނިކުފާނުވެސް ނަމޫނާ ދައްކަވާ ވޮލަންޓަރީ ގޮތުން މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، މަޖިލިސް މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ދަންނަވަން. އެމަނިކުފާނު އެކަން ނުކުރައްވައިފި ނަމަ މަޖިލީހުގައި ދެން ތިއްބެވި މެމްބަރުން މަޖިލީހުގެ ކަރާމާތާއި ޝަރަފް ދެމެހެއްޓުމަށްޓަކައި 19 ވަނަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން އަޒުލުކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށް މަޖީހުގެ އެންމެހާ މެމްބަރުންނަށް ގޮވާލަން އަދި އިލްތިމާސްކުރަން.

    12
    1
  4. އުއްތަމަ އުސްތާޛް

    އެ މައްސަލައިގައި ރިޒްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު ތިނެއްގައި ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައި ފައެވެ. މި މައްސަލަ ތަކުން ސަލާމަތް ވެގެން އޭނާ ހުރީ އިބޫއަށް ސަނާކިޔައި ގެން

  5. ރިހާކުރުވަގު

    ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަން ފެށީމައި އެ ނިކަމެތި މަސައްކަތް ތެރިންނަށް އިންސާފުގެ މިންވަރެއްވެސް ލިބުނު ކަމަށް ވާނީ ، ބޭފުޅުންނަށް ދައުވާ ކުރެވުނަސް ގިފަހަރަށް ސާބިތެއް ނުވޭ ، ސާބިތުވިޔަސް ބޭހަށޭ ކިޔާފަ ފުރުވާލަނީ ، ދެން ފެންނަނީ މާފު ދޭތަން ، އެއްކަލަ ރިހާކުރުފުޅި ވަގު ޖަލަށް މި ލެވެނީ ، ރާއްޖޭގެ މަތި ފަޑީގައި އުޅޭ ބައެއް މީހުން ގެ ވައްތަރު

  6. ރެފްރީ

    މިމީހުން މިހެންހަދާހަދާ ދި ވެހިރާއްޖޭގެ
    ދު ވަސްދުއް ވާލައިފި!! މެމްބަރަކަށް ވެ ވުނީމާ މިތިބައުޅޭގޮތެއްދޯ .. ނަޝީދަކަސް ޖާބިރަކަސް ރިޒާއަކަސް ހަމައެއްފަދަ. މަސައްކަތެއްނުކޮށް ރައްޔިތުންގެ ލާރިކޮޅު ކާލަ ކާލާ އެތިބެނީނުން ޗުއްޓީހަދާލަން!!

  7. ކޮވިޑް

    އުންސުރު ފެނުންބާ ޕީޖީ އަށް؟