ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް އަދަބު ދިނުމަށް، ނުވަތަ ވެކްސިން ނުޖަހާ މީހުންނަށް ގިނަ ހިދުމަތްތަކެއް ހުއްޓާލަން ސަރުކާރުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފެށުމުން ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ގިނަ މީހުން ބުނާ ގޮތުގައި ވެކްސިން ޖެހުން މަޖުބޫރު ކުރުން އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އދ. އަދި ކުރިއަރަފާފައިވާ ޑިމޮކްރަޓިކް ގައުމުތަކުގައި ކުރާ ކަމެއް ނޫނެވެ.

ވެކްސިން ނުޖަހާ މީހުންނަށް ހިދުމަތްތައް ދިނުން ހުއްޓާލުމުގެ ބަދަލުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއިތައް ދިނުމަށް ގިނަ މީހުން އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް ކަންތައްތައް ކުރަނީ އެގޮތަށެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މާސްކް އެޅުމުގައި ވަނީ ލުއިތައް ދީފައެވެ. އަދި އިންޑޯ ރެސްޓޯރެންޓްތަކުން ހިދުމަތް ހޯދުމާއި ކަރަންޓީންވުމާއި، ދަތުރުފަތުރު ކުރުމުގައި ވެސް ވަނީ ލުއިތައް ދީފައެވެ. އެގައުމުތަކުގައި ވެސް ވެކްސިން ނުޖަހާ މީހުންނަށް އެއްވެސް އަސާސީ ހިދުމަތެއް ދިނުން ހުއްޓާލާފައެއް ނުވެއެވެ.

ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ބައެއް ހިދުމަތްތައް ހުއްޓާލަން ސަރުކާރުން ތައްޔާރުވަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ "ދެން ޖެހޭނީ ވެކްސިން ކާޑު، ފަށުފުލެއްގެ ގޮތުގައި އެލުވައިގެން" އުޅެން ކަމަށެވެ.

އިތުރު މީހަކު ބުނީ ވެކްސިން ޖެހުން ރަނގަޅު ކަމަށާއި ވެކްސިން ޖަހާ މީހުންނަށް ލުއިތައް ދިނުން ވެސް ރަނގަޅު ކަމަށެވެ. "ވެކްސިން ޖަހާ މީހުންނަށް އިނާމު ވެސް ދޭންވީ. އެކމަކު ވެކްސިން ޖެހުން މަޖުބޫރު ކުރުން ގޯސް. ވެކްސިން ނުޖަހާ މީހާ އަސާސީ ހައްގުން ދުރުކުރުން ގޯސް." އޭނާ ބުނެފައި ވެއެވެ.

އިތުރު މީހަކު ދިމާވާ އެއްވެސްކަމެއްގެ ޒިންމާ (އެޗްޕީއޭ) އަށް ނުނެގެންޏާ މަޖުބޫރުކޮށް މަރުތަޅުއަޅުވައިގެން ވެކްސިން ޖެހުން ހުއްޓާލަން ގޮވާލާ ކަމަށެވެ. "ޖަހަން ބޭނުން މީހާ ޖަހަންވީ. ޖަހަން ބޭނުން ނުވާ މީހާޔަށް "ކުދި ހާނިކަ" ކުރުން ބަލައެއް ނުގަނެވޭ." އޭނާ ބުނެފައި ވެއެވެ.

ސަރުކާރުގެ ނިންމުމަށް މަޖާޒީ ގޮތެއްގައި ފާޑުކިޔަމުން އިތުރު މީހަކު ބުނީ "ވެކްސިން ޖެހުމުން ފޯން ބިލާއި ކަރަންޓް ބިލް ދައްކަން ނުޖެހޭނެއޭ." އެޗްޕީއޭ ބުނަން ޖެހޭ ކަމަށެވެ.

ވެކްސިން ނުޖަހައިފިނަމަ އަސާސީ ހިދުމަތްތައް ނުލިބުން ފަދަ ފިޔަވަޅުތައް މުޅި ދުނިޔޭގައި ވެސް އަޅާފައި ވަނީ ހުދުމުހުތާރު ވެރިކަންތައް ހިނގާ، ޑިމޮކްރަސީ ނޯންނަ ގައުމުތަކުގައެވެ. އޭގެތެރޭގައި ސައުދީ އަރަބިއްޔާ، އީރާން، ޗައިނާ، ފަދަ ގައުމުތައް ހިމެނެއެވެ.

ރާއްޖޭގައި ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ދަތިތައް ކުރިމަތިކުރަން ސަރުކާރުން ނިންމާފައި ވަނީ ސެޕްޓެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވެންޓި

    ވެންޓިލޭޓަރު ތަކުން ވައްކަން ކުރި މީހުން ކޮބާހޭ؟؟؟

    17
    1
  2. މަޖްބޫރިއްޔާތް ބިން ޚަލީފާ

    ވެކްސިން ޖެހުމަކީ ހަމަ ސީދާ އެމީހެއްގެ ހައްގެއް. މަޖްބޫރް ކުރާނަމަ ކާޑުގާ ޖަހަން އެބަޖެހޭ ސިއްހަތައް ލިބޭ ގެއްލުމުގެ ޒިންމާ އެޗަޕީއޭ ނޫނީ ސަރުކާރުން ނަގާނެ ކަމައް. ހަމަ ހިލާ އެހެނެއް ނުހަދާނެ. ހައްދުފަހަނަ އަޅަނީ މިހާރު އެ. ޖަހާމީހުންނައް ބިލެއް އެއްޗެއް ލުއި ކޮއްދިނުމުގެ ވިސްނުން ރަންގަޅު. ހޭރުން އަމެއްލަ އިޙްތިޔާރުގަ ޖަހާލެއް ގިނަވާނެ. އެކަމު އެކަމެއްވެސް ހަމަހިލާ ނުކުރާނެ. ސަބަބަކީ އެއްޗެއް ރައްޔިތުންނައް ދޭންބޭނުމެއްނޫން، ރައްޔިތުން އަތުން ފެލަންބޭނުމީ.

    15
    1
  3. ގުދުގުދާބެއްޔާ

    ވެކްސިން ނުޖަހަންޏާ ތިބޭ ގޭންނުނިކުމެ! އެހެން މީހުންދާތަންތަނައް ވަންނަންޏާ ޖެހޭނީ އެމީހުންވެސް ކުރާކަންތައްތައް ކޮއްގެންތިބެ! ދެން ބުނަންވީދޯ ޕާސްޕޯޓް ނުލާ އެއަރޕޯރޓުން ފުރެންވެސް ޖެހޭނެޔޭ!

    3
    17
  4. ވަގުތު ނިއުސް

    މަރްޔަމް ޝާނީ ވެކްސިން ނުޖަހަންދޯ ތިއުޅެނީ؟

    2
    4
    • މަރީ

      އެކްސްޕެރިމެންޓަލް ސްޓޭޖްގަ އޮތް އެއްޗެއް މީހެއްގެ ހަށިގަނޑަށް ޖަހަން މަޖުބޫރެެއް ނުކުރެވޭނެ. ދަރިން ނުލިބިގެން އަހަރެމެން ތެޅެމުން އިތުރު ރިސްކެެެއް ނުނެގޭން

  5. 😣😣😣😣

    މަޖުބޫރުކުރުމާ ދެކޮޅު!

    18
    1
  6. ކޮވިޑް ބަނޑު ހަންގަޑު 2019

    ޝައްކެއްނެތް އެންމެންވެސް އެއްބަސް ވެކްސިންގެ ބާރު ހުންނަނީ ވަކިދުވަސް ކޮޅަކައްކަން. އެހެންވެޖިޔާމު ދެން މިހާރު ވެކްސިންޖަހާފަ ތިބިމީހުން އެކްސްޕަޔާ ވީމަ މިއަދަބު ލިބޭތަ. އަދަބެއްގެ ގޮތުން ވެކްސިން ނުޖަހާމީހުންނަށް ވޯޓް ނުލެވޭގޮތް ހަދާދޭންވީނުތޯ. ގާމުވެސް ޕޮޒިޓިވް ވެފަތިބީ މީހުންނަށް އެންމެންގެ ތެރޭ ވޯޓްލެވޭގޮތްހެދި.
    އިންސާނީ ހައްގު ކޮބާ އަދި ތިކަންތައް ކުރާމީހުންގެ އަދުލު އިންސާޕް އެއްނެތެއްނު. 2023 ގެ ވޯޓް ހަނދާންނައްތާލާ..

  7. ޖެމްސް7

    މމމމވެކްސިން ޖެހުން މަޖުބޫރު ކުރުން ގޯސް. ވެކްސިން ނުޖަހާ މީހާ އަސާސީ ހައްގުން ދުރުކުރުން ގޯސް

  8. ކޮރަލް

    ވެކްސިން ޖަހައިގެން ބައެއް މީހުންމަރުވެ ބައެއް މީހުންނަށް ބޮޑެތި އަނިޔާ ވެފަ އެބަހުއެްޓެވެ. ދެންއެކަމާގުޅިގެން ހޮސްޕިޓަލް އަށް ފަރުވާ އަށް ދިޔައީމަ ދޭނެ ފަރުވާ އެއް ޒިންމާ ވާނެ މީހަކު ނެތެވެ.