ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު، މުލިއާގެއިން ބިރުވެރި އަޑުތައް އިވޭކަމަށް ޒަމާނުއްސުރެ ދެކެވެމުންދާ ވާހަކަތައް އަނެއްކާވެސް މީހުންގެ ތެރޭގައި ގިނައިން ދެކެވެން ފަށައިފިއެވެ. މިވާހަކަތައް އަނެއްކާވެސް ފެށުނީ މުލީއާގެ އާއި އެހެނިހެން ނާމާން ގޭގެ އާއި ގުޅޭ ގޮތުން ޑރ.އަބްދުﷲ ވަހީދު ލިޔުއްވި ކޮލަމަކުންނެވެ.

ޑރ.އަބްދުﷲ ވަހީދުގެ ލިޔުއްވުމުގައި ވަނީ މުލިއާގޭގައި އުޅުއްވި ބޭފުޅުންނަށް ދިމާވި ކަންކަމާއި، އެބޭފުޅުންގެ ވެރިކަންތައް އަވަހަށް ނިމުމަކަށް އައި ބައެއް ހާދިސާތައް ބަޔާން ކުރައްވާފައެވެ. ޑރ.އަބްދުﷲ ވަހީދުގެ ލިޔުއްވުމަށް ހަފްތާއެއް ނުވަނީސް އިމާދު ލަތީފް ވެސް ވަނީ "ރާއްޖެ އެމްވީ" ގައި މުލިއާގެއިން ބިރުވެރި ކަންކަން ދިމާވާ ކަމަށް ދެކެވޭ ވާހަކައާއި ގުޅޭ ގޮތުން ލިޔުއްވާފައެވެ.

މުލިއާގެ ގަނޑުވަރަކަށް ބަދަލު ކުރުމަށް ގަނޑުވަރުގެ ބިންގާ އަޅުއްވައިދެއްވީ އިރުވަރު ބައްލަވައިފައި ސައްޔިދު މޫސާ ފާށަނާކިލެގެފާނު ކަމަށް އިމާދު ލިޔުއްވާފައި ވެއެވެ. އިމާދު ލިޔުއްވާފައިވާ ގޮތުގައި އެކުރެއްވި ކަމެއް ކުރެއްވީމާ މުލީއާގޭގެ ތެރޭގައި ނުބައިކަންތައްތަކެއް ހަމައެކަކަށްވެސް މާގިނަ ދުވަހަކަށް ނުހިންގޭނެ ކަމަށް ބަޔަކު ގަބޫލުކޮށް އެވާހަކަ ދައްކާން ފެށުނު ކަމަށެވެ. ކަންތައްވީވެސް އަދި ވަމުންދަނީވެސް އެހެން ކަމަށް އިމާދު ލިޔުއްވާފައި ވެއެވެ.

ޑރ.އަބްދުﷲ ވަހީދާއި އިމާދުގެ ލިޔުއްވުމުގައި ވެސް މުލީއާގޭގައި ދިރިއުޅުނު މީހަކަށް ކުރެވުނު ތަޖުރިބާއެއް ލިޔެފައެއް ނުވެއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހްމަދު މުސްތަފާ ވަނީ އޭނާ އަށް މުލިއާގޭގައި ކުރެވުނު ތަޖުރިބާ ފޭސްބުކްގައި ހިއްސާ ކުރައްވާފައެވެ.

މުސްތަފާ ވިދާޅުވީ އޭނާ މުލިއާގޭގައި ހޭދަކުރި ފަސްއަހަރު ތެރޭގައި ރޫހާނީ ޒާތުގެ އެއްވެސް ކަމެއް އޭނާ އަށް ނުފެންނަ ކަމަށެވެ. "އެއްވެސް ބިރުވެރިކަމެއްގެ ހިލަމެއްވެސް އަޅުގަނޑަކަށް ނުވޭ. އެހެން ނަމަވެސް ބައެއް މުއައްޒަފުން ކުނި ކަހަން ތިއްބާ ދެ ފަހަރެއްގެ މަތީން ނަގާ ބިމަށް ޖެހިކަމަށް ބުނެ އަޅުގަނޑަށް ހުށައެޅި." މުސްތަފާ ލިޔުއްވާފައި ވެއެވެ. މުސްތަފާ ވިދާޅުވީ އޭނާ މުލިއާގޭގައި އުޅުނު އިރު މުޅި ގަނޑުވަރުގައި ހުންނާނީ މުޅި ގަނޑުވަރަށް އިވޭ ގޮތަށް، ނިމުމެއް ނުވާ ގޮތަށް ޤުރުއާން އިވޭ ގޮތައް ހަދާފައި ކަމަށެވެ. ހުއްޓުމެއްނެތި މިއަދުވެސް އެކަން އެގޮތަށް ކުރިއަށްދާކަމަށް މައުލޫމާތު ލިބޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ދެކަނބަލުން މުލީއާގޭގައި އުޅުއްވާއިރު ތިޔަކަހަލަ ވާހަކައެއްގެ އަޑެއް ނީއްވެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު ކޮށްފާނެ ކަމަށާއި އެސުވާލަށް ދެވެން އޮތް ހަމައެކަނި ޖަވާބަކީ ނުބައިކަންކަން ނުކުރައްވާތީ އާއި އެފަދަ ކަންކަމާއި ދުރުހެލިވެގެން އުޅުއްވާތީ އެދެކަނބަލުންނަށް އެގޭގައި ދައްޗެއްނެތި އުޅުއްވެނީ ކަމަށް ވެސް ވެދާނެ ކަމަށް އިމާދު ލިޔުއްވާފައި ވެއެވެ.

މުލިއާގެ އާއި ބިރުވެރި ކަންކަމާއި ގުޅުވައިގެން ވާހަކަތައް ދެކެވެމުން ދާއިރު މެއި 6 ގައި ދިން ހަމަލާ އަށް ފަހު ރައީސް ސޯލިހްގެ ދިރިއުޅުއްވުން ތީމުގެ އަށް ބަދަލު ކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙާލަތު

    ވެދާނެ ނުބައި ކަމުގަ ހައްދުފަހަނައެޅީމަ ޖިންނި ޝައިޠާނުން އުނދަގޫ ނުކުރަނީ ކަމަށްވެސް ދޯ!!! ޢިމާދުމެން ތިކަހަލަ އެއްޗެހި މިވަގުތު ނުކިޔުއްވުން ބުއްދިވެރިވާނީ..... ތިޔަ ރާ ޓީވީގަ މަސައްކަތް ކުރަންޏާ ވިދާޅުވަންޖެހޭގޮތަށް މިފަހަރު ތިޔަ ވިދާޅުވީ.

    22
    10
  2. ނަންނުގަތި

    ހިސާބައްވުރެ ނުލަފާ މީހުންނަށް ޖިންނި ޝައިތާނުން ކައިރި ނުވާކަމަށް ވަނީ އެ އެތް ޗެހިވެސް ބިރުގަންނާނެކަމަށް ވަނީ

    22
    6
  3. ތުއްތު ކަލޯ

    އެ ގޯތީ ގައި މިހާރު ދިރި އުޅެނީ ހިންނަވރު ގަ ބީލާ ބޭފުޅެއް

    16
    4
  4. Anonymous

    ެބޭހެޅާ މާ ސޯލިހީ ދެއްތޮ

    11
    4
  5. ބިންގޯ

    އަފީފު އަށް އެނގޭނެ ކަމެއް ދިމާވެފަ އޮތިއްޔާ. އަފީފު މިހާރު ރައީސްދެކެ ވަރަށް ރުޅި އައިސްސަ ހުންނަނީ.

    15
    3
  6. ހާމިދު ޝާހިދު

    މިހާރު އެއީ އެމްޑީޕީ ބޭފުޅެއް ނޫން. އެއީ ކޯލިޝަލް ލީޑަރުގެ ބޭފުޅެއް. އެބޭފުޅުން ދެއްވީމާ ފަރިއްކުޅުވައިގެން ބޮއެގެން އުޅުއްވާ ބޭފުޅެއް. މީހުން ބުން އުޅޭ، އެކުގައި އުޅޭ ރައްޓެހިންނާ އެއްގޮތަށޭ އެބަޔަކު ދިރިއުޅޭނީ. ނަޝީދު އަކީ ފާޅުގައި ނުބައިކަންކަން ކުރާކަމަށް އިއުތިރާޒް ވެފައިވާ ބޭފުޅެއް. ދެން އެބޭފުޅާގެ ޒަމާންވީ ދޯސްތް އޭނާ އުޅޭ ގޮތް ކޮޕީނުކުރާނެއޭ ބުނެވޭކަށެއް ނެތް.

    17
    3
  7. ޑޮންޑޮން

    ޜައީސް ކަ މަށް ކުރި މަތި ލަނީ ވެސް ތިތަނަށް ވަންނަ ހިތުން ދޮތަ. ތިވަރުގެ ބިރުވެރި ތަނެއްގަ އުޅޭހިތުން ކަ މަށް ދިރާސާ ތަކުން ދައްކާ. ގަޓު ހުންނަ ރައީ ސުން ދިރިނޫޅުއްވާނެ ތި ޔަތާކު. ސޯލިހު ޕްރެޒިޑެންޓް ވެސް ތީ މުގެ އަށް ބަދަލު ވާން ވީ އަވަސް ގޮތަކަށް. ތީ މުގެ އެހެރީ ޖިންނީން ވެސް ކައިރި ނުވާފެންވަރަށް ހަދާފަ.

    5
    2
  8. ގައި ދުރު ޖިންނި

    ޔާ މިނަށް 2 ވަނަ ބުރު ނުލިބުނީ ވެސް އެ ގޯތި ތެރޭގައި އުޅެގެން ކަމަށް ބުނެ އުޅޭ

  9. މަނީމަނީ

    އަސޭއްލާވެސް ތިތާގަ އުޅުނު މީގެކުރިން