ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ސްކޫލް ކުދިންނަށް ދެމުން އައި ނާސްތާ ޕްރޮގްރާމް މެދު ކަނޑާލި ނަމަވެސް ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ނާސްތާ ދެމުން ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސްކޫލު ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ފަށާފައިވެއެވެ. އެހެންނަމަވެސް މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ހަތަރު ވަރަކަށް މަހުއެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ނާސްތާ ޕްރޮގްރާމް ސަރުކާރުން ވަނީ މެދުކަނޑާލާފައެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް މި ދަނޑިވަޅުގައި ކުރިއަށް ގެންދިއުން ރައްކާތެރި ނޫން ކަމަށެވެ. އަދި ކޮވިޑްގެ ހާލަތުން އާންމު ހާލަތަށް ރުޖޫއަވުމާއި އެކު ނާސްތާ ޕްރޮގްރާމް އަލުން ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބޭރު ބަޔަކު ހަދާ އެއްޗެހި ކުދިންނަށް ކާން ދިނުމަކީ މި ދަނޑިވަޅުގައި އެންމެ ރައްކާތެރި ގޮތެއް ނޫން. އެހެންވެ އަޅުގަނޑުމެން މި ނާސްތާ ޕްރޮގްރާމް މެދު ކަނޑާލާފައި އެވަނީ." މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

މި ޕްރޮގްރާމް މެދު ކަނޑާލި ނަމަވެސް ކޮންމެހެން ނާސްތާ ފޯރުކޮށްދެން ޖެހޭ ކުދިންނަށް ހެނދުނުގެ ނާސްތާގެ އިތުރުން އެހެނިހެން ގަޑިތަކުގެ ކެއުންވެސް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ ކުދިންނަށް މިނިސްޓްރީއިން އަބަދުވެސް އިސްކަން ދޭ ކަމުގައި ފާހަގަކުރެއްވިއެވެ.

"ނާސްތާ އަޅުގަނޑުމެން އެބަ ދެން ކޮންމެހެން ބޭނުންވާ ކުދިންނަށް. ހަމައެކަނި ހެނދުނުގެ ނާސްތާއެއް ނޫން އެހެނިހެން ގަޑިތަކުގެ މީލްސްތައްވެސް އެކުދިންނަށް ފޯރުކޮށްދެމުން ދަނީ. އެއީ އެޑިއުކޭޝަން މިނިސްޓްރީއިން އަބަދުވެސް ކުރާ ކަމެއް." މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތައް ހުޅުވާއިރު އިންތިޒާމްތައް ހަމަޖައްސާފައި އޮތީ ހުރިހާ ދަރިވަރުންވެސް ރަނގަޅަަށް ނާސްތާ ކޮށްގެން އަންނަ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ކޮންމެ ދުވަހަކުވެސް ވަކި މެނޫއަކަށް ސްކޫލްތަކުގައި ކުދިންނަށް ނާސްތާ ދެމުން ގެންދިޔައިރު، ސްކޫލްތަކުގައި ނާސްތާ ދޭން ފެށުމުން ދަރިވަރުން ގަޑިއަށް ސްކޫލަށް ހާޒިރުވެފައިވާ ކަމަށާއި، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށް މީގެ ކުރިން އެޑިއުކޭޝަނުން ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ކޮޔާ. ފޮނި ނުކަނޑާ ފޮތްތައް ދީބަލަ. ސްކޫލްތަކުގަ ބާވެ ގަނޑުހަމަނުވާ ފޮތްތައްނޫން އެހެން ފޮތެއްނެތް. އެކަމަކު ކުދިންގެ ފޮތް ހަމަނުކޮސްދޭ. ވެކްސިންއޭ ގޮހޮރޭ މަހާނައޭ ނުކިޔާ ފޮތްތައް ދޭންއުޅޭ. އެހެން ނޫނީ ނުވިއޭ ކިޔާފަ ރައްކާވޭ.

  2. Anonymous

    ސްކޫލްތައް ހުޅުވާ އިރު ޓެކްސް ފޮތްތައް ހަމަކޮށްދީބަލަ. ކިންމެ ދުވަހަކު ދެދަޅައަށް ސްކޫލަށް މމިދަނީ ދަރިފުޅުގެ ޓެކްސްފޮތްތައް ނުލިބިގެން.

  3. ހހހހ

    ސްކޫލްތަކުގަ ފޮތް މަދުވީ ސްކޫލަކުން ފޮތްތައްދެނީކީނޫން. ފަގީރު ސަރުކާރެއް. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދާނުދެވޭ. މޑޕ ސަރުކާރު އިސްތިއުފާ.

  4. Anonymous

    ތުން ފިއްތަފިއްތާފަ ބޮލުގަ އިން 2 އިސްތަށި ދެފަރާތައް އެއްލުމަކުން މިނިސްޓްރީ ހިންގުނީކީނޫން. މާދަމާ ސްކޫލްތައް ހުޅުވޭއިރު އަދި މިއުޅެނީ ކިޔަވާ ފޮތްތައް ނުލިބިގެން.

  5. ޑައެލޯގް

    ތިޔަކަންވެސް ތިޔަދިޔައީ ބޮނޑުނަގުލަށެވެ. ދެންތިކަންވެސް ނުވަނީ ރ. ޔާމީނޭކިޔާ ޔާމީންބޮލަށް ކަނޑާލާށެވެ. އަތްޖަހާމީހުން މަދަސް ޖަހާނެ

  6. އާދަނު

    އަޅެ ހައިރާނެއްނުވާނެތަ،،ނާސްތާ އޭ ކިޔައިގެން މިގަންނަ ގަނޑު އަހަރުމުންނަށް ނޭގެނީ ކީނޫން، ބަޔަކަށްް ލާރިގަޑެއް ދޭން ހިންގާ ހިންގާ ޕްރޮގްރާމެއްތީ..އަތޯލޫތެރޭގަވެސް،، ސްކޫލް ޓީޗަރުންނާއި، މަސައްކަތު މީހުން ގެ ގެއަށް ހުރި ހާ ބިސްކޯދާ ،ކިރުޕެކެޓުތަކާއި އހެން ވެސް ސާމާނުތަށް ގެންދަނީ..ދެން ހަމަ ގިަނއިން ހުރިހާ ކާއެއްޗުތި އުކާލަނީ...

  7. ޚިޔާލު 2

    ސްކޫލު ކުދިންނަށް ކާން އެލަވަންސް އެއް ދެއްވުން ކިހިނެއްތޯ މަހަކު -/500 ރުފިޔާ.

  8. ޚުމާރު

    ފަގީރު ސަރުކާރެއްގެ ފޮނިކަނޑާ ފަގީރު ކޮއެ.