22:06

އިތުރު 108 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:39

ކޮވިޑް-19 އާ ގުޅިގެން އެންމެ ގިނައިން ބަންދު ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ހދ. ކުޅުދުއްފުށީގައި ބަލީގެ ވޭދަނަތައް މަދުވާން ފެށުމުން ރަށުގެ ކާފިއު އުވާލައިފި

19:03

ކޮވިޑް-19 އިން ދިފާއުވުމަށް ދެމުންގެންދާ ވެކްސިންގެ ހުރިހާ މަރުހަލާއެއް އެއްކޮށް ފުރިހަމަކޮށްފައިވާ މީހުން ދިރިއުޅޭ، ރަށްތަކުން ކޮވިޑް-19 ފެނުނަސް ބަންދު ނުކުރާ ގޮތަށް ހަދަން ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރަން ފަށައިފި

18:27

ކޮވިޑް-19 ގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ދޭން ޖެހޭ ގޮތަށް ފާސްކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލަށް އިސްހާލުތަކެއް ގެނެސްފައިވާއިރު، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް އެ ޗުއްޓީ ނުލިބޭ ގޮތަށް އެ ގާނޫނު އިސްލާހުކުރަން ޕޮލިސީ ބައްދަލުވުމަށް ހުށަހަޅައިފި

17:42

ތ. އަތޮޅު ހިރަލަންދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:21

16:11

އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރި އެއްލައްކަށްވުރެ ގިނަ ޑޯޒްގެ ފާއިޒާ ވެކްސިން ރާއްޖެ ގެނެސްފި

14:46

އެމެރިކާގެ ހަވާއީގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަމެއް ނެތި، މަގުމަތިވެފައިވާ މީހުންނަށް ކޮވިޑް-19 ޖެހިފައިވޭތޯ ބަލަން ރޮބަޓް ކުއްތާއެއް ބޭނުންކުރަން ފަށައިފި

10:08

އިންޑިއާ ހިމެނޭހެން އޭޝިއާގެ ހަގައުމަކުން ގަތަރަށް ދަތުރުކުރާނަމަ ކަރަންޓީންވާން ޖެހޭ.

10:03

ވެކްސިން ފުރަތަމަ ފުރިިހަމަ ކުރާނީ އިސްލާމިކް މިނިސްޓްރީން.

ކޮވިޑް-19 ފެތުރެމުން ދަނިކޮށް އީދު ބަންދާއި، ޖުލައި 26 އަށް ދިން ބޮޑު ބަންދާއިއެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ހިނގައިދާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އީދު ބަންދު ނިމުނުތާ އެއްހަފްތާ ވެގެން ދިޔައިރު އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނަ ކަމަކަށް އަދަދުތަކަކުން ނުދައްކައެވެ.

އީދު ބަންދަށް ފަހު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށް އަދި ފާހަގަ ނުކުރެވުނަސް އަދި ހާލަތު އޮތީ ހަމައަކަށް އެޅިފައި ކަމަށް ގަބޫލު ކުރަން އަވަހެވެ. މީގެ ކުރިން ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރު ވެގެން ގޮސްފައި ވަނީ ލުއިތައް ދޭތާ ދެހަފްތާ ފަހުންނެވެ. އެހެންކަމުން ހާލަތަށް އަންނަ ބަދަލެއް އަދި ބުނަން އެނގޭނީ ކުރިއަށް އޮތް ހަފްތާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް ބަލާފައެވެ.

މިމަހުގެ މިހާތަނަށް 924 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިމަހު ފާއިތުވި އަށް ދުވަހު ކޮވިޑަށް ފައްސިވި މީހުންގެ އެވްރެޖް ހުރީ 116 ގައެވެ. ކޮވިޑަށް މިމަހު ޓެސްޓް ކުރި މީހުންގެ ތެރެއިން %2.06 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު