ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހުސައިން ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިއަދު ސޮއި ކުރައްވައިފިއެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ހުސެއިން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކުރުމުންނެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ އިތުރުން އެންޑިއޭގެ ބޯޑު މެންބަރު ކަމުންނާއި، މަސްތުވާތަކެތި ކޮންޓްރޯލު ކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑުގެ ވައިސް ޗެއާގެ މަގާމުން ވެސް ހުސެއިން އިސްތިއުފާ ދެއްވިއެވެ.

އިސްތިއުފާގެ ސިޓީފުޅުގައި ހުސައިން ރަޝީދު ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ކަންތައްތައް ކުރެވެމުންދާ ގޮތަކީ އޭނާއަށް އެއްބަސްވާން ދަތި ކަންތައްތަކެއް ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އއޑ

    އޭނަ އަކީ ވަކި ކާކުތަ އެން ޑިީ ޕީ މަގުމަތީ މީހެއް އެއީވެސް

  2. ތުއްތަފާ

    ތިޔަ ފެނުނީ އިޚްލާސްތެރިކަން. މިހާރު އެނގިއްޖެ އިސްތިއުފާ ދިނީ ސިޔާސީ ވިސްނުމުގައި އެމަޅީގައި ޖެހި ސަލާމަތް ނުވެވިގެންކަން.

  3. މުޖާހިދު

    ކޮންމެ ޕާޓީއަކަށް ސޮއި ކުރިއަސް ތީނަގެ ހިތް އޮތީ އަދި އޮންނާނީ އެމްޑީޕީއަށް. ތީނަ ސަރުކާރުން ވަކިވި ކަމަށްޓަކައި ﷲއަށް ހަމްދާއި ޝުކުރުކުރަން