ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑީގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ސްޕުރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ އަންގާރަ ދުވަހުގެ 10:45 އަށް، އަދި 11:00 ޖަހާއިރަށް ތާވަލުކޮށްފަ އެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް އަމުރުކޮށްފައިވާ އިރު މިދިޔަ ހޯމަ ދުވަހު ސުޕުރީމް ކޯޓުން ވަނީ ކުރީގެ އަމުރުގައިވާ މަޖްލިސް މެމްބަރުންގެ ގޮޑީގެ މައްސަލަ މަޑު ޖައްސާލަން ވަގުތީ އަމުރެއް ނެރެފައެވެ.