އައްޑޫސިޓީ ހިތަދޫ ފްލެޓް ސަރަހައްދުގައި މިއަދު މެންދުރު ހިނގާދިޔަ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ގަޔަށް ވަޅި ޖަހާފައިވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދިޔަ މަގުމަތީގައި ކަމަށެވެ.

އައްޑޫ ހޮސްޕިޓަލުން މައުލޫމާތު ދިން މީހަކު ބުނީ، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާ އަށް މިހާރު ވާހަކަ ވެސް ދެއްކޭ ކަމަށެވެ.

އަނިޔާވި މީހާއަަށް ފަރުވާ ދިން ޑޮކްޓަރާއި ހަވާލާދީ އެމީހާ ބުނީ، ވަޅިން ހަމަލާ ދީފައިވަނީ އޭނާގެ ބޮލަށް ކަމަށެވެ. އެގޮތުން ބޮލުގެ ދެ ތަނަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށާއި އެހެން ނަމަވެސް ފުންކޮށް ކަފައިގެން ގޮސްފައި ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ވަރަށް ގިނައިން ލޭފައިބާފައި ހުރީ. އެހެންވެ މިހާރު ލޭ އެޅުމުގެ ކަންކަން ކުރަމުން ދަނީ" ހޮސްޕިޓަލުން މައުލޫމާތު ދިން މީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާއަށް ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު އަންނަނީ މާލެ ފުރުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވިދާޅުވީ، އައްޑޫ ފްލެޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:08 އެހާކަންހާއިރު ކަމަށާއި އެހަމަލާއާއި ގުޅިގެން ޒަހަމް ވެފައިވަނީ 29 އަހަރު ފިރިހެނެއް ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވީ ނަމަވެސް، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާރިފާ

    ހައްޔަރު ކުރެވޭނީ ފުލުންރާވައިގެން ކޮންމެވެސް މީހެއްގެ ބޮލުގައި އެޅުވުމައް ނިންމުނީމަ އޭރުންތާ ކަމެއް ކުރިކަމައްވާނީ މިތާ ތިޔަޕޮލިހައްވުރެ ސް ޓޭޓް ޕޮލިސް ބޭއްވިއްޔާ ރައްޔިތުންނައް މާ ރަނގަޅުވާނެ....ތިޔަ 8000 ޕޮލިހުން ނިދީމަ މާލޭ މަގުތައް ބަލަނީ ބަނގުލާދޭސް މީހުން ...މީލޮންގައުމެއްގަ ވާނެ ކަމެއް......އިސްލާހުނުވޭ...އެހެންވެގެން އަންނި ޕޮލިހުންނައްބަވަނީ....ވިސްނޭތަ