ބައެއް އަންހެނުން ވިހާފައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ކުޑަކުދިން ހިޔާތަކާ ހަވާލު ކުރަން ބޭނުންވާ ކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވި އިރު، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި ތިބޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އަދި ފުރާޅުމައްޗާއި ދޮރު ފަދަ ތަންތަނުގައި ތަޅައި އަޑު ވެސް ބޭރަށް އިވެއެވެ. އެ މަންޒަރުތައް ބަލަން ގިނަ ބަޔަކު ފިޔަވަތި ކައިރިއަށް ޖަމާވެއެވެ. އެ ކުދިންގެ ފަރާތުން އަޑު އިވޭ ގޮތުން ނަމަ، އެ ތަނުގެ މުވައްޒަފުން އެ ކުދިންނަށް އަނިޔާ ކުރަނީއެވެ. ނަމަވެސް އެކަން ޖެންޑަ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

ކުޑަކުދިންތަކެއް ރޭ ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފައެވެ. އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. މިކަމާ ގުޅިގެން ރޭގައި ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ވެސް ބެލެހެއްޓިއެވެ.

ފިޔަވަތީ ބޭރުގައި ހުންނަވާ މީޑިއާތަކާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ހުޅުމާލެ ކައުންސިލަރުގެ ހައިސިއްޔަތުން އެތަނުގައި މަސައްކަތްކުރާ ބައެއް މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެ މީހުންނާ ހަވާލާދީ ޝުޖާއު ވިދާޅުވީ އުފަންވާ ތަނުން ބައެއް ކުދިން އެތަނަށް ހަވާލުކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

"ބަރާބަރަށް ވިހާ މީހުން އެބައުޅޭ މިތަންތަނަށް ކުދިން ހަވާލުކުރޭ" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ އެގޮތަށް އަމަލުކުރަންދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ފިޔަވަތީގައި ތިބޭ ކުދިންގެ އަހުލާގު ގޯސްވަނީ އެތަނުގެ ޖާގައަށްވުރެ ގިނައިން ކުދިން ބައިތިއްބަމުން ދާތިވެ ކަމަށެވެ. އެކަން އެހިސާބަކަށް ގޮސްފައިވަނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ އިހުމާލުން ކަމަށް ވިދާޅުވެ މިނިސްޓަރުގެ އިސްތިއުފާއަށް ޝުޖާއު ވަނީ ގޮވާލައްވައިފައެވެ.

އެއްވެސް ވިސްނުމެއްނެތި އާއިލާތަކުން ދައުލަތަށް ކުދިން ދޫކުރާއިރު އެ ކުދިން ބެލެހެއްޓުމުގައި އޮންނަނީ އުނދަގޫ މަރުހަލާތަކެއް ކަމަށާއި އަނބުރާ މުޖުތަމައުއަށް އައުމަށް އަންނަ ފުރުސަތު ހަނިކަމަށް ފިޔަވަތީގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ތޮއްޖެހެމުން ޖެހެމުން ގޮސްފައި މި ތަންތަނަށް ފުރެމުން މިދަނީ" ޝުޖާއު ވިދާޅުވިއެވެ.

މުޅި މައްސަލަ ހައްލުކުރަން އެއްވެސް ވަރަކަށް މަސައްކަތްކުރާތަން ނުފެންނަ ކަމަށާއި، ބައެއް ކުދިންނަކީ ނަފްސާނީ ބަލިތައް ހުންނަ ކުދިން ކަމަށްވާއިރު ސްކޫލުތަކުން އެ ކުދިންނާ މެދު އެންމެ ރަނގަޅަށް ކަންތައް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ފިޔަވަތީގެ ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ވޭދުވެދިޔަ ތިން ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުންފެންނަ ކަންތަކާ ގުޅިގެން އެ މިނިސްޓްރީ އާއި ފެމެލީ އެންޑް ސޯޝަލް ސާވިސަސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އަދި މިވަގުތު ވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެސަރަހައްދަށް އެއްވެ ކުދިން އުޅޭގޮތް ނުބެލުމަށާއި އެކަމުގެ ސަބަބުން ކުދިން އިތުރަށް ޓްރިގާ ވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިސްކުރަންވީ ކުދިންގެ މަސްލަހަތު.

    ތި މައިންނަކީ ގިނަ ފަހަރު އެކި ސަބަބު ތަކާ ހެދި (މިސާލަކަށް: ޑްރަގްސް، ސިއްހީ މައްސަލަ، މާލީ ފުދުންތެރިކަން ނެތުން) އެ ކުދިންނަށް ރަނގަޅު ކުރި މަގެއް ނުދެވޭނެ މީހުން. އެ ކުދިން އެހެން ބަޔަކު ބަލާނެ މަގު ތަނަވަސްކޮށްދީ، އެފަދަ ޢަންހެނުން ބަނޑުބޮޑު ވުމާ ދުރުހެލި ކުރުން މާ އައުލާކަން ބޮޑު

  2. ހުލުމާލޭ ކުޑަކަބުލޮ

    "ބަރާބަރަށް ވިހާ މީހުން އެބައުޅޭ މިތަންތަނަށް ކުދިން ހަވާލުކުރޭ" ޝުޖާއު ވިދާޅުވިއެވެ. ބަލަ އެމީހުން އެ ވިހަނީ ހަމަ އަމިއްލަޔަށްދޯ. ތިކަމުގަ ކޮބާތަ ފިރިހެނުންގެ އޮތް ބައިވެރިވުމަކީ. އަހަންނަށް އެނގޭ ކަމަކީ އަހަރެމެން އަންހެނުން ކިތަންމެ ވަރަކަށް ވިހަން ބޭނުންވިޔަސް ހަމަ ފިރިހެނަކުގެ ބައިވެރިވުމެއްނެތި ބަލިވެ ނުއިންނާނެކަން. މި ރާއްޖޭގެ ޞިއްޙީ ނިޒާމު އަދި އަންހެނުން ގޭގެ ސިޓީންރޫމްގަ ކަސޯޓީ ބަލަން އިންދަ ބަލިވެ ބައިންދާ ފެންވަރަކަށް ނުދޭ. އެހެންވީމަ ޝުޖާޢުމެންވެސް މާ ފާޓުފުޅާވެގެން ފާޑުފާދުގެ ވާހަކަނުދައްކާ. އަހަރެމެން އަދި މިތިބީ ހަމަހޭގަ. އަހަރެމެންވަކި ކިޔާނެ އެއްޗެހި ނެތީކީއެއްނޫން. ތިޔައުޅެ ގިނަ ފިރިހެނުން މާލޯބިވާކަމަށް ހެދިގެން އައިސް ބޮޑެތި ސަބްމެރީނާ އެއަރކްރާފްޓް ކެރިއަރާ ޖުޕިޓަރ އާ ނެޕްޗޫން ކަހަލަ ބޮޑެތި ތަންތަން ލޯބިން ބާލަދީފަ އޭތިމީތިދީގެން ހަމަ ބަލިވެ އިންނައިރަށް ދުރުދުރުންގޮސް ފިލާފަތިބެގެން އެކުދިންނަކީ ތިމާގެ ދަރިފަސްކޮޅުން އައިސްތިބި ކުދިންކަން އެނގޭއިރުވެސް ހަމަ އޭތިމިތި ތިޔަގޮވަނީ ހަމަ މޮޅުވަނެކަމަށް ހެދިގެންދޯ. ހަޔާތްކޮބާ ތީއްޗިހީގެ

    4
    5
  3. ނަން

    އަންހެނުން އެކަނި ކުރާ ކަމަކުން ތޯ ދަރިން އުފަންވަނީ؟ ފިރިމީހާ ނޫނީ ކުދިންގެ ބައްޕަގެ އިހުމާލު ކޮބައިތޯ؟

    6
    1
  4. ކޭ

    މައިންބަފައިން ބަލަންބޭނުން ނުވެގެން ހާވާލުކުރީމަ އެކުދިން ރަނގަޅު ތަރުބިއްޔަތެއްދީ ބަލާބޮޑުކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ތިމީހުން ނުބެލެންޏާ ތިތަން އުވާލަންވީ އޭރުން ދަރިން ހާވާލު ނުކުރާނެ.

    2
    2
  5. ލލ

    ދަރިން ހެޔުގޮތުގައި ތަޢުލީމުދީ ތަރުބިއްޔަތު ކުރުމުގައި ބޮޑެތި އިހުމާލުގެ ސަބަބުން ޤައުމުތަށް މިވަނީ ބޮޑުތަނުން ފެއިލްވެފައި !

  6. މިތުރާ

    ކޮންމެ ދަރިޔަކީވެސް ޒިންމާ އެއް، ދަރިން ދުނިޔެއަށް އަންނަނީ ދަރިން ބޭނުންވެގެންނޫން، ގިނަ ކުދިންގެ ބެލެނިވެެރިން ނަކީ އަމިއްލަ ހާލަތައްނޫޅެވޭ މީހުނާއި، މައިންބަފައިންގެ ފަރާތުނާ އާއިލާގެ ފަރާތުން އެކުދިންނަށް އަޅާލުމާ ރަށްކާތެރިކަން ނުލިބިފަ ތިބި ކުދީން، ސްކޫލް ތަކުން ނާ އެހެނިހެން މުއަށްސަސާތަކުން އެބަޖެހޭ މިކުދިން މުޖުތަމައަށް ނެރެން މަސައްކަތް ކުރަން ، 😣

  7. Anonymous

    ކުފޫ ހަމަނުވާ މީހުން ތަންތާ ބޮޑުންނައް ތިބުން މައްސަލަޔަކައް ނުވޭތޯ..؟؟

  8. މުހޭ7

    އަންހެނުން ބާރުވެރިކުރުން

  9. ހަގީގަތް

    އެ ކުދިންނަށް އަނިޔާ އެއީ ތެދެއް

  10. ފުޅު

    ޢަދި ވެސް ގިނައިން ދަރިން ހޯދާށޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ބުންޏެއް ނޫންތަ؟