ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޮންނެވީ ނިރުބަވެރިން ތިބޭ ޖަލެއްގައި ކަން "ވަގުތަށް" އެނގިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ އިނގިރޭސި ވިލާތުގައި ހުއްޓައި މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރީ އޯވަސްޓޭ ވެގެން ކަމަށްވެއެވެ.

އަލީ ވަހީދުގެ ގާތް މީހަކު "ވަގުތަށް" ބުނީ އިނގިރޭސި ވިލާތުގެ ގެޓްވިކްގައި ހުރި އެ ޖަލަށް އަލީ ވަހީދު ގެންގޮސްފައި ވަނީ ދިވެހި ސަރުކާރުގެ ރޭވަމަކުން ކަމަށެވެ. އެއީ މީހަކު ލާން ހެޔޮވާ ވަރުގެ ޖަލެއް ވެސް ނޫން ކަމަށް އެމީހާ ބުންޏެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ އޭނާ ނިދާފައި އޮއްވައި ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ވަދެއެވެ.

"މިހާރު އަލީ ވަހީދުގެ ލޯޔަރުންގެ ޓީމުން އިނގިރޭސި ވިލާތުގައި ދަނީ ހަރަކާތްތެރިވަމުން،" މައުލޫމާތު އެނގޭ މީހާ ކިޔައި ދިނެވެ.

އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ކުށްތަކެއްގައި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ އަލީ ވަހީދު ޖަލުގައި ހުރި ކަމުގައި ވިޔަސް، ބައެއް ކަހަލަ ލުއިތައް އޭނާ އަށް ވަނީ ލިބިފައެވެ. އެގޮތުން ވަކި ވަގުތުތަކެއްގައި ފޯނު ބޭނުން ކުރުމުގެ ހުއްދަ އަލީ ވަހީދަށް ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް، ރާއްޖެ ވަޑައިނުގެން އެ ގައުމުގައި ހުންނަވަނިކޮށް، އަލީ ވަހީދު ހައްޔަރު ކުރުމުން ވަނީ ދައުލަތާ ދެކޮޅަށް ޓުވީޓު ކުރައްވަން ފައްޓަވައިފައެވެ. އޭނާ އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްއެވެ.

އަލީ ވަހީދު ދާދި ފަހުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއުގައި ވެސް ނުކުންނަވައިފައެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އިން ބޭރަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިިނަލް ކޯޓުން ބާތިލު ކުރުމުންނެވެ. އޭރު ދައުލަތުން ބުނަމުން ދިޔައީ އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކުރީ ޑޮކްޓަރުންގެ ލަފައަށް ބިނާކޮށް ކަމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރިޔަސް، އޭރު ހައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.

އަލީގެ ޕާސްޕޯޓްގެ މައްސަލައިގައި ހައި ކޯޓުން އެންމެ ފަހުން ނެރުނު ހުކުމުން ހާމަވި ގޮތުގައި ޕާސްޕޯޓް ކުރިން ހިފެހެއްޓި ކަމަށް ދައުލަތުން ބުނަމުން ދިޔަޔަސް، އޭރު ހިފެހެއްޓީ މާ ކުރިން ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެެކެވެ. އޭރު ހިފަހައްޓާފައި އޮތީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ހުންނެވިއިރު، އޭނާ އަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމަށާއި އެކަމަކު އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެއެވެ. އަދި އަލީ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ވާތީ އޭނާ އެއްވެސް އިރަކު ފުރުން މަނާކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެއެވެ.

އަލީ ވަހީދު ރާއްޖެ ދޫކޮށް ދިޔައީ އޭނާ އަށް ދޫކޮށްފައިވާ އޯޑިނަރީ ޕާސްޕޯޓްގައެވެ. މި އޯޑިނަރީ ޕާސްޕޯޓަކީ އެއްވެސް އިރެއްގައި ހިފަހައްޓާފައިވާ އަދި ހިފެހެއްޓުމަށް އެދިފައިވާ ޕާސްޕޯޓެއް ވެސް ނޫނެވެ. އެހެންވެ، އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން ކަމަށް ބުރަވާންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެއެވެ.

އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އަލީ ރާއްޖެ ވަޑައިގެންފައި ނުވާ އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުނުވި މައްސަލާގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން އެ ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޑޭވި ޑު

    ނިރުބަ ވެރިން ތިބެނީ އެ ޖަލުގެ އިރުމަތީ ފަރާތުގައި! ބޫން ބޫން އޮންނަނީ ޖަލުގެ ހުޅަގު ކޮޅުގައި ހަދާފައިވާ ގޮޅީ ނަމްބަރު 420 ގައި

  2. ޅަބޭ

    މިނިކާ ފުރޭތަތަކެއް ތިބި ޖަލަކައް އަލީ ވަހީދުލިޔަސް އެފުރޭތަތަކައް އަލީ ވަހީދައްވުރެ ނުލަފާލެއް ނުވެވޭނެ.

    14
    • ނިރުބަ

      ރަންނަމާރީގެ ވައްތަރެއްމިއީ، ނިރުބަވެރިންނަށްވުރެއް ނުރައްކާވާނެ..

  3. ހައްވާތަ

    ހައްހައް ހަހަހަ

  4. Anonymous

    އަލީ ވަހީދު ލާންވީ ޕްރިޒަން ބްރޭކްގަ ދައްކާ ކަހަލަ ޓަފް ޖަލަކަށް.އޭރުން އެނގޭނެ މީކިހާވަރެއްގެ ކަމެއްކަން

    11
    1
  5. ތިރިބެ

    އެފަދަ ޖަލުތަކަކު ޢަމިއްލަ ފޯނުބޭނުމެއް ނުކުރެވޭނެ އެމީހުންދޭ ފޯނު ބޭނުނުންކުރެވޭނީ

    12
  6. އަބުދުﷲ

    އޮންނެވީ އެއްނޫން ލާފައޮތީ ޕާޓީނީޒާމްގަ ފުރަތަމަ ރިސްވަތު ފެއްޓި ދެމީހުން އަލްހާނާ އަލީވާހީދު . އެރުނު ހިސާބަކައް އެރިފަ ވެއްޓުނީ .......ދެން އުމުރުގެ ބާކީ ބަޔަކު ސިޔާސީ ކުރި އެރުމެއް ނުލިބޭނެ.

  7. Anonymous

    ކީވެތަ އެމްއެމްޕީއާރުސީގެ މީހުން ހައްޔަރު ނުކުރެވޭނީ؟

  8. Anonymous

    އަލީއަކައްމައްސަލައެްނޫން ސަބަބަކީ އަލީއައްވުރެ ނުލަފާ އެހެންމީހަކު ހުރެދާނެހެން ހީނުވާތީ

  9. ިސަޅި

    އެއްކޮށް އުފާކުރަންވީ.

  10. ކަރާފެޅުން

    ތި ޖަލުގަ 2 ދޮރު ހުރޭތަ . މި ބުނީ އަނެއްހެން އެއް ދޮރުން ވައް ދާފަ އަނެއް ދޮރުން އައުޓް ވާ ގޮތަށް ހުރި ޖަލެއްހޭ ތީވެސް. ތި ޖަލުގަ ބޫން ބޫން އެޅޭނެނު . ދެން ކުޑަކޮށް ކެއްކޮށްލާ .ތީ އަނެއްހެން މާކަ ބޮޑު ކަމެއް ނޫނޭ. މާ ދަމާ ދޫކޮށްލާނެ. 5 ސްޓާރ ޖަލެއް ދޯ .

  11. ާއައިސް

    ޖަލުގަތިބޭމީހުންނަށް ނޫސްކޮންފަރެންސް ބޭވޭތަ.