ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އިނާދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެެވެ.

ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ފެށިއެެވެ.

އެ އިންޒާރު ދީފައި ވަނީ "ރޯޔަލް ހުސެއިން ތަކުރު" ކިޔާ ޓްވިޓާ އެކައުންޓަކުންނެވެ.

އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަަމަލެއް ހިންގާނެ ކަމުގެ އިންޒާރުދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބެެއްގެ ގޮތުން އޭނާ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެެވެ.

ނިރުބަވެރި އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށެކެވެ.

ގާނޫނުގައި "އިންޒާރުދިނުން" ގެ މާނައިގައި މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ޒަރީޢާއެއް މެދުވެރިކޮށް، ލިޔުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނެއެވެ. އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ހަތަރު އަހަރާއި ހައަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

މީސް މީޑިއާ އާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުގެ މައްްސަލަ ފުލުހުން އަންނަނީ ސީރިއެސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު