ދިވެހިންނަކީ ހިންދީ ލަވަތަކަށް ވަރަށް ލޯބި ކުރާ ބައެކެެވެ. އާއްމުކޮށް ގިނަ ދިވެހީންނަށް އެންމެ ކަމުދާ ލަވަތަކަކީ ވެސް ހިންދީ ލަވަތަކެވެ. ދިވެހި ލަވަތައް އެންމެ ގިނައިން ކިޔާފައި ވެސް ހުންނަނީ ހިންދީ ރާގުތަކަށެވެ. މިކަމުން ވެސް ދިވެހިން ހިންދީ ލަަވަތަކަށް ކުރާ ލޯބި އެނގެއެވެ. ގޭގޭގައި ހިންދީ ޑްރާމާތައް ވެސް އަޅުވާފައި ހުންނައިރު، މި ކަންކަމުގެ ސަބަބުން ވަރަށް ބޮޑަށް ހިންދީ އެނގޭ ދިވެހިން ވެސް އުޅެއެވެ. އަދި ހާއްސަކޮށް ގޭތެރޭގައި ބޮޑުވަމުން އަންނަ ކުއްޖާ ވެސް ހިންދީއަށް ފަރިތަވެއެވެ. މިއީ މިއުޒީޝަން އަހްމަދު އަދުހަމް، 33އ. އަށް ވެސް ހިންދީ ބަސް ދަސްވި ގޮތެވެ. ގޭތެރެއިން ހިންދީ އެނގުނު ގޮތަށް، އޭގެ ބޭނުން…