މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ 14 ރަށަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ.

އެ ވަގުތު އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

ހުދު ސަމާލު ނެރުނު އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.