މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ބަންގްލަދޭޝަށް ނިސްބަތްވާ އާކާޝް ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި މާލެއިންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިސްކިތުގެ ހުރުމަތް ކަނޑާލާ، އާއްމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގި ކަމުގެ ތުހުމަތުގައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.

އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ މިސްކިތު ގޯތި ތެރެއަށް ކުޑަކަމުދިޔަ ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އޭނާ ކުށްވެރިވާ ކަމަށް ބެލެވޭނެ އެކަށީގެންވާ މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މިސްކިތުގެ ގޯތިތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި އޭނާ އިއްޔެ ހައްޔަރު ކޮށްފައިވާއިރު، މާލޭގެ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް މީގެ ކުރިން ކުޑަކަމުދިޔަ މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް އެ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ލޮނުމިރުސް އުނގުޅަންވީ

    18
    1
    • ދޯ

      މިސްކިތްތަކށް ގޯނާކުރުން .. ފޮރުވިފަ ވާ ކަމަކީ ކޮބާ؟؟

  2. ޒަފްރީނާ

    ހައްޔަރު ކުރުމާއެކު އަނެއް ދޮރުން ނެރި ދޫކޮށްލާ. ތިޔައީ މިޤަޢުމުގައި މާ ބޮޑުކަމަކަށް ނުވޭ މިހާރު. ކުރީދުވަހުވެސް ތިޔަހެން ކުޑަކަމުދިޔަ މީހާ ހަތިމްއަށް ކުޅުޖެހީވެސް ވީ ކޮންކަމެއް. ޤަޢުމޭ މިއީ ސައްތައިން ސައްތަ އިސްލާމީ....

    22
  3. ދ

    އާކާޝް ކިޔަނީ ކޮން ގައުމެއްގެ ބަޔަކަށްކަން އެންމެނަށްވެސް އެނގޭނެ.

    23
    2
  4. ދަރަނި ދަންތުރަ

    މިއީ މިގައުމުގައި ދީނީ މިނިވަންކަން ހޯދަން ބޭނުންވާ މީހުން ރާވައިގެން ކުރުވާ ކަމެއް ސަރުކާރުން ތާއީދުކުރޭ

    28
    1
  5. ޑައެލޯގް

    މިސަރުކާރު އައިފަހުން އިސްލާމްދީނާ ޚިލާފު ކަންކަން މިސަރުކާރުގަ ގިނަވާނެއެވެ. ތިޔަމީސްމީހުން ހައްޔަރެއްވެސްނުކުރާނެއެވެ.

    29
  6. ޖނޖޖ

    މިދެން މިހާރު އާްންމު އުނދަގުލަކަށް ވެއްޖެއްނު

    23
    2
  7. އަހުމަދު

    ވަރުގަދަ އަދަބު ދީ

    19
    2
  8. އަލީ

    މިސްކިތްތަކަށް އެޓޭކްކުރުން ގިނަވަމުން މިދަނީ ކީއްވެބާ؟ މިސްކިތްތައް ފަނާކުރުމުގެ ރޭވުމެއް އޮތީބާ؟

    23
    1
  9. އާނފަހެ

    ފަތްބޯމީހުންނަކީ މިހާރުގެ ނުކުޅެދޭމީހުން ދޯ....

    21
  10. އެއެންއެސް

    އެނގިފައިވާ ގޮތުގައި ބަންގްލަދޭޝަށް ނިސްބަތްވާ އާކާޝް ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި މާލެއިންނެވެ.
    ބަންގްލަދޭޝް މީހުންނަށް އާކާޝް ކިޔާތަ؟ އެއީ އިންޑިޔާ މީހުންނަށް ކިޔާނަމެއް.

    21
    5
  11. އަހްމަދު

    ބަލަތިޔަމީހާ ތީ ބޯހަމަޖެހޭމީހެއްތޯ ނުބަލަންތަ

    11
  12. ޔާސިރު

    ލާދީނީ މީހުނާ އިނޑިޔާ މީހުނާ ގުޅިގެން ކުރާ ކަމެއް ބާ؟؟؟

  13. ދިންގާ

    ތީ ހުއްޓުވަންޖެހިފައިވައިވާ ވަބާއެއް ޤައުމުގެ އަމާންކަން ގެއްލެނީ

    7
    1
  14. މުޙައްމަދު

    ތީ މޮޔައެއް ދޫކޮށްލާ

  15. ނަސީމާ

    ރަށަށް އަވަހަށް ފްރީ ޓިކެޓްގައި ދާންވެގެން ޖަހާ އުކުޅެއް ހެން ވަރަށް ބޮޑަށް ހީވޭ

  16. ހާސިމް

    ބިދޭސީ މީހާ ގެންދާ ގޮތާއި ދިވެހި މީހާ ގެންދާ ގޮތް ވަރަށް ތަފާތު، މިއީ ކިހިނެތް ވާކަމެއްތަ؟

  17. Anonymous

    މި ކޮންމެސް ބަޔަކު ފަންޑުކޮއްގެން ކުރާ ކަމެއްތޯ ފުލުހުން ތަހުގީގު ކުރަން ޖެހޭ ގައުމުގެ އަމާންކަން ގެއްލުމަށް ވުރެ މިސްކިތުގެ ހުރުމަތް ކެނޑުން ނުބައި

  18. މަޖްބޫރިއްޔާތް ބިން ޚަލީފާ

    މާދަމާ ދޫކޮއްލަންނާ ކީއްކުރަން ހައްޔަރު ކުރަނީ.