އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، ޖިންސީ ފުރައްސާރައާއި ގޯނާގެ ދައުވާތައް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ހަތަރު މަހުގެ މުއްދަތަކަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. މިހާރު ކޯޓުން ހުއްދަ ދީގެން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ އޮންލައިންކޮށެވެ.

އެކަމަކު އޮންލައިންކޮށް ބައިވެރިނުވެވޭނެ ކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ. ސުޕްރީމް ކޯޓުން އަލީ ހާޒިރުވާން އެންގެވި ނަމަވެސް މިއަދާ ހަމައަށް ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ކޯޓަށް ހާޒިރުނުވުމުން ދެ މަހުގެ ހުކުމެއް ވެސް އިއްވިއެވެ. އަލީގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު ނަމަވެސް އިޖުރާއީ މައްސަލަތަކާ ހުރެ އެ އަމުރު ވެސް ނެރެނުދެވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ސީޕީ ހަމީދު ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ.

"އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް އަދި އެ މީހަކު ހައްޔަރުކޮށްގެން، އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

 

މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތައް ވަޑައިގެންނެވި ގޮތައް އަދިވެސް އަލީ ވަހީދު ހުންނެވީ އެގައުމުގައެވެ. އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށް ވިސާ ހަމަވެގެން ހައްޔަރުކޮށް އެ ގައުމުގެ ޖަލުގައި 14 ދުވަސްވަންދެން އޭނާ ބަންދުވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޮލް

    ތިވަރުގެ ބަޔަކަށް ރައްޔިތަކަށް ކޮއްދެވޭނެ ވެރިކަމެއް ނޯންނާނެ. އިސްތިއުފާދީފައި ރައްކާވޭ.

    13
  2. ކޮރަލް

    ރެޑް ނޯޓިސް ނެރުނީމަ ސީޕީ އާ ދިމާލަށް މީހަކަށް ބުނެވޭނެ ބަހެއް ނޯންނާނެ އެވެ.

    7
    1
  3. ޢަޖ

    ޔަގީން ކަން ނެތަސް ނޯޓިސް ނެރެވޭނެއެއްނުން.

  4. އުގުރި

    މާނައަކީ އަލީވަހީދު ދެކެ ބިރު ގަންނަނީ ބޫއުން ބޫއުން ލައްވަފާނެތީވެ

  5. ކޮއްޔާ

    ނުވާވަރުން ނޫޅެބަލަ / ނެތްފެންވަރެއް ނުދެއްކޭނެ /

  6. އަލީއަ

    ނުވަނީއެއް ނޫން. ކުރަން ބޭނުން ނުވަނީ. މިއީ ވަރަށް ވާހަކަ.